Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާގެ ރިޔާސީ އިންތިޚާބު

ބައްޝާރާއި ވާދަކުރައްވާނެ ކެންޑިޑޭޓުންވެސް ނިންމަވަނީ ހަމަ ބައްޝާރު

ވޯޓުލުން އޮންނާނީ މިމަހުގެ ފަންސަވީސް ވަނަ ދުވަހު

| 4 މެއި 2021 | އަންގާރަ 09:00
ސީރިޔާގެ ހަޔަރ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް ޖިހާދު އައްލަހަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ސީރިޔާގެ ހަޔަރ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް ޖިހާދު އައްލަހަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މިމަހު ފަންސަވީސް ވަނަ ދުވަހު ސީރިޔާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ބައްޝާރުލް އަސަދާއި ވާދަކުރެއްވުމުގެ ހުއްދަ އެގައުމުގެ ހަޔަރ ކޮންސްޓިޓިއުޝަނަލް ކޯޓުން ދެ ކެންޑިޑޭޓަކަށް ދީފިއެވެ.

މި ކޯޓަކީ ރައީސް ބައްޝާރު އަމިއްލަފުޅަށް އައްޔަން ކުރައްވައި އަދި ވަކިކުރައްވާ ފަނޑިޔާރުންގެ މަޖިލީހެއްގެ މައްޗަށް އެކުލެވޭ ކޯޓެކެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ބައްޝާރުލް އަސަދާ ވާދަކުރައްވަން ބޭނުންފުޅުވެގެން އެކަމަށް ހުށައެޅުއްވި ޖުމްލަ 51 ބޭފުޅުންގެ ތެރެއިން ހުރިހާ ޝަރުތެއް ހަމަވާ ކަމަށް ކޯޓުން ދިރާސާކޮށް ބަލައި ސްކްރީން ކުރުމަށްފަހު އިއްޔެ ހުއްދަދިނީ އެންމެ ތިން ބޭފުޅުންނެވެ.

އެ ތިން ބޭފުޅުންނަކީ ރައީސް ބައްޝާރުގެ އިތުރުން ކުރީގެ ވަޒީރެއް ކަމަށްވާ އަބްދު ﷲ ސައްލޫމާއި ސަރުކާރުން ހުއްދަދީފައިވާ އަދި ހަޖަމުކުރާ އިދިކޮޅު ޕާޓީތަކުން މަހުމޫދު މަރާއީއެވެ. ސައްލޫމާއި މަރާއީއަކީ މާގިނަ ބަޔަކު ދަންނަ ބޭފުޅުންނެއް ނޫނެވެ. މި ދެބޭފުޅުން މިއަދާ ހަމައަށް ވެސް ތިއްބެވީ ރައީސް ބައްޝާރުގެ ސަޕޯޓަރުންގެ ގޮތުގައެވެ.

ބައްޝާރުގެ ސަރުކާރުން ގަބޫލުކުރާ އިދިކޮޅު ޕާޓީތަކަކީ ހަގީގަތުގައި ބައްޝާރުގެ ސަޕޯޓަރުންނެވެ. ފޮރުވިގެން ތިބެ ޑިމޮރަސީގެ ނަމުގައި އެހީވަނީ ބައްޝާރަށެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިމަހު ބާއްވާ ރިޔާސީ އިންތިޚާބަކީ ދާޚިލީ ހަގުރާމައެއް ހިނގަމުން ދިޔަޔަސް ގައުމުގެ ކަންކަން އާދައިގެ މަތިން ކުރިއަށްދާކަން ހާމަވާނެ އިންތިޚާބެކެވެ. އިދިކޮޅު ޖަމާއަތްތަކުންނާއި ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި މިއީ ހަތަރުވަނަ ދައުރެއް ކަށަވަރު ކުރުމުގެ ގޮތުން ބައްޝާރު ކުޅުއްވާ ހުތުރު ޗަރުކޭހެކެވެ.

ހަޔަރ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް ޖިހާދު އައްލަހަމް އިއްޔެ ވިދާޅުވީ ގާނޫނުތަކުގައި ބަޔާންކުރާ ހުރިހާ ޝަރުތެއް ފުރިހަމަ ނުވެގެން 48 ބޭފުޅުން ޑިސްކޮލިފައި ކުރެވުނަސް މިމަހުގެ ހަތްވަނަ ދުވަހާ ހަމަޔަށް އެބޭފުޅުންނަށް މި ނިންމުން އިސްތިއުނާފު ކުރެވޭނެ ކަމުގައެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން ކެންޑިޑޭޓަކަށް ވުމަށްޓަކައި ގާނޫނު ހަދާ މަޖިލީހުގެ 250 މެންބަރުންގެ ތެރެއިން މަދުވެގެން 35 މެންބަރުންގެ ތާއީދު އޮންނަން ޖެހެއެވެ. މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް ތާއީދު ކުރެވޭނީ އެއްބޭފުޅަކަށެވެ. މީގެ އިތުރުން ކެންޑިޑޭޓަކަށް ވެވޭނީ ފާއިތުވި ދިހަ އަހަރު މެދުނުކެނޑި ސީރިޔާގައި ދިރިއުޅެފައިވާ މީހުންނަށެވެ. މި މާއްދާގެ ބޭނުމަކީ ހަގީގީ އިދިކޮޅު ލީޑަރުން ޑިސްކޮލިފައި ކުރުމެވެ. ބައްޝާރުގެ އަނިޔާތަކާހެދި އިދިކޮޅު ބޭފުޅުން ވަނީ ގައުމު ދޫކުރައްވައިފައެވެ.

އުމުރުފުޅުން 55 އަހަރުވީ ބައްޝާރު ވެރިކަން ކުރައްވާތާ މިހާރުވެސް 21 އަހަރު ވެއްޖެއެވެ. މިހާތަނަށް ވިދިވިދިގެން ތިންފަހަރު އޭނާ ވަނީ މިޒާތަކުން ރިޔާސަތަށް އިންތިޚާބުވެފައެވެ. ބައްޝާރު ބޭނުންފުޅުވާ ގޮތަށް އިންތިޚާބު އޮބްޒާރވް ކުރުމަށް މިފަހަރު ދައުވަތު ދީފައިވަނީ ރަޝިޔާ، ޗައިނާ، ވެނެޒުއެލާ އަދި ކިއުބާއަށެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭ ގޮތުން ހުޅަގުގެ ހުރިހާ ގައުމަކުން ވަނީ އެޑްވާންސްކޮށް މިއިންތިޚާބު ބަލައިނުގަންނާނެކަން އިއުލާން ކޮށްފައެވެ.  

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު