Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސީރިއާ ގުޅުން

ސީރިއާ އާއި އެމެރިކާގެ ގުޅުން ބަދަހިވެ، އެމެރިކާގެ ދިދަ އެމްބަސީ ގައި ނަގައިފި

އެމެރިކާއިން ދިމިޝްގު ގައި ހުރި އެމްބަސީ ބަންދުކުރީ 2012 ގެ ފެބްރުއަރީ މަހުގައެވެ. މިއީ އޭރުގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަމާ ދެކޮޅަށް ފެށުނު އިހުތިޖާޖުތައް ވަރުގަދަ ދާޚިލީ ހަނގުރާމައަކަށް ބަދަލުވިތާ ގާތްގަނޑަކަށް އަހަރެއް ފަހުންނެވެ.

ރާއްޖެ އެމްވީ | 29 މެއި 2025 | ބުރާސްފަތި 10:51
ސީރިއާ އަށް ކަނޑައަޅާފައިވާ އެމެރިކާގެ މަންދޫބު ޓޮމް ބާރަކް ގިނަ ދުވަސް ތަކަކަށް ފަހު އެެމެރިކާގެ ދިދަ އެމެރިގެ ޑިޕްލޮމެޓިކް މިޝަން ގައި ނަގަނީ

ސީރިއާ އަށް ކަނޑައަޅާފައިވާ އެމެރިކާގެ މަންދޫބު ޓޮމް ބާރަކް ގިނަ ދުވަސް ތަކަކަށް ފަހު އެެމެރިކާގެ ދިދަ އެމެރިގެ ޑިޕްލޮމެޓިކް މިޝަން ގައި ނަގަނީ

އެމެރިކާ އިން ސީރިއާ އަށް ކަނޑައެޅި ޚާއްޞަ މަންދޫބު، ތޯމަސް ބެރެކް، ބުރާސްފަތި ދުވަހު ދިމިޝްގުގައި ހުންނަ ސަފީރުގެ ރަސްމީ އޮފީހުގައި އެމެރިކާގެ ދިދަ ނަންގަވައިފިއެވެ.

މިއީ 2012 ގައި އެމްބަސީ ބަންދުކުރި ފަހުން، ފުރަތަމަ ފަހަރަށް އެތަނުގައި އެމެރިކާގެ ދިދަ ނެގެމެވެ.

އެމްބަސީ ބަންދު ކުރެވުނީ ސީރިއާގައި ހަނގުރާމަ ފެށުނުތާ އަހަރެއް ފަހުންނެވެ.

ސީރިއާގެ ވެރިކަމުން ބައްޝާރު އަލް-އަސަދު ވެއްޓުމާ އެކު އެމެރިކާ އިން ސީރިއާ އާ އެކު ގޮތް ގުޅުމަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް ގެންނަ ތަން ފެނިފައިވަނިކޮށް، ފާއިތުވި ހަފްތާތަކުގައި އެމެރިކާ އިން ވަނީ އަވަސް ބާރުމިނެއްގައި ގުޅުން ބަދަހިކުރަން ފަށާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެއި މަހުގެ މެދުތެރޭގައި ރިޔާޟް ގައި ސީރިއާގެ އައު ރައީސް އަޙްމަދު އަލް-ޝަރާއާ ބައްދަލު ކުރެއްވިއެވެ. އަދި ޓްރަމްޕްގެ ސަރުކާރުން ސީރިއާގެ މައްޗަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދީފައިވެއެވެ.

ބެރެކް އަކީ ތުރުކީ އަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ އެމްބަސަޑަރު ވެސް މެއެވެ. އޭނާ ސީރިއާ އަށް އެމެރިކާ އިން ކަނޑައަޅާ ސްޕެޝަލް އެންވޯއީ ގެ ގޮތުގައި ޢައްޔަން ކުރެވުނީ މެއި 23 ވަނަ ދުވަހުއެވެ. އަދި މިހާރު އޭނާ ވަނީ ސީރިއާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފައެވެ.

އެމެރިކާ އިން ދިމިޝްގު ގައި ހުރި އެމްބަސީ ބަންދުކުރީ 2012 ގެ ފެބްރުއަރީ މަހުގައެވެ. މިއީ އޭރުގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަމާ ދެކޮޅަށް ފެށުނު އިހުތިޖާޖުތައް ވަރުގަދަ ދާޚިލީ ހަނގުރާމައަކަށް ބަދަލުވިތާ ގާތްގަނޑަކަށް އަހަރެއް ފަހުންނެވެ.

ސީރިއާ ގައި ހުރި އެމްބަސީ ބަންދު ކުރުމަށްފަހު ސީރިއާ އަށް ޢައްޔަނު ކުރެވުނު އެމެރިކާގެ ޚާއްޞަ މަންދޫބުން މަސައްކަތްކުރެއްވީ ސީރިއާ އިން ބޭރުގައި ތިއްބަވައިގެންނެވެ. އަދި އެއިން އެއްވެސް ބޭފުޅަކު ސީރިއާ އަށް ޒިޔާރަތެއް ނުކުރައްވައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު