Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ ތައުލީމު ލޯނު އަނބުރާ ނުދެއްކުން

މަތީ ތައުލީމަށް ދޫކުރާ ލޯން ފައިސާއިން 173 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ނުލިބި

4 މެއި 2021 | އަންގާރަ 07:36

ފައިސާ ދުވަހުން ދުވަހަށް ޕަބްލިކް އެކައުންޓަށް ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ލަފާ ދީފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 މެއި 2021 | އަންގާރަ 07:36
2004 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެކި ސްކީމްތައް މެދުވެރިކޮށް މަތީ ތައުލީމު ހާސިލުކުރުމަށް ޖުމްލަ 1.88 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވޭ

2004 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެކި ސްކީމްތައް މެދުވެރިކޮށް މަތީ ތައުލީމު ހާސިލުކުރުމަށް ޖުމްލަ 1.88 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވޭ

މަތީ ތައުލީމަށް ދޫކުރާ ލޯނު ފައިސާ އިން 173 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ނުލިބި އެބަހުރިކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މަތީ ތައުލީމު ހާސިލުކުރުމަށް އެކިއެކި ސްކީމްތަކުން ދޫކޮށްފައިވާ ލޯނުތަކުން 2019 ވަނަ އަހަރުގެ ނިޔަލަށް އެއް ސަތޭކަ ހަތްދިހަ ތިން މިލިއަން އެއް ސަތޭކަ ތިރީސް ދެ ހާސް ދުއިސައްތަ ނުވަދިހަ ފަސް (173،132،295) ރުފިޔާ ހުރިކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ މާލީ ބަޔާނުގައި ވެއެވެ. މިއީ 2004 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ ލޯނުން އަނބުރާ ލިބެންޖެހޭ ފައިސާއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި، 2004 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެކި ސްކީމްތައް މެދުވެރިކޮށް މަތީ ތައުލީމު ހާސިލުކުރުމަށް ޖުމްލަ 1.88 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.

2004 ވަނަ އަހަރުން ފެށިގެން 2019ގެ ނިޔަލަށް ދޫކޮށްފައިވާ ލޯނުތަކުން 909.6 މިލިއަން ރުފިޔާގެ އަނބުރާ ދައްކަން ފަށަން ނުޖެހެއެވެ. އަނބުރާ ނުލިބިހުރި އަދަދުތަކަށް ބަލާއިރު ބޮޑު އަދަދެއް ނުލިބިވަނީ، ސީދާ މިނިސްޓްރީން މެނޭޖްކުރާ ލޯނުތަކުގެއެވެ. އެއީ، 101.8 މިލިއަން ރުފިޔާއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެހާ ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހި އަނބުރާ ދައްކާފައިނުވާއިރުވެސް އެ ފައިސާ ހޯދުމަށް މިނިސްޓްރީން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެއީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުތަކުގައި ވެސް ފާހަގަކޮށްފައިވާ މައްސަލައެއް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

މިގޮތުން، ގަވައިދުން ލޯނުު ނުދައްކާ ބައެއް ފަރާތްތަކަށް 2019 ވަނަ އަހަރު ސިޓީ ފޮނުވައިގެން ފައިސާ ދެއްކުމަށް އެންގި ނަމަވެސް، މާލިއްޔަތު ގަވައިދުގައިވާ ގޮތަށް އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅާފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްފަހު، އެކަށީގެންވާ މުއްދަތެއްގައި ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އެ ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކަށް ބަލާއިރު، ލޯނު ސްކީމްތައް މެނޭޖްކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ ފަސް އެކައުންޓެއްގައި 76 މިލިއަން ރުފިޔާ ބަހައްޓާފައިވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން ހަތަރު އެކައުންޓެއް މެދުވެރިކޮށް ލޯނުދޫކުރުން ހުއްޓާލާފައިވީ ނަމަވެސް އެ އެކައުންޓްތަކުގައިވާ 29.48 މިލިއަން ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާއިރު، އެ ފައިސާ ދައުލަތުގެ އެކައުންޓިން ސިސްޓަމަށް ޕޯސްޓްކޮށްފައިނުވާކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓަކަށް ކޮންމެ ދުވަހަކު ޖަމާވާ ފައިސާ ބޭންކުތަކާ މަޝްވަރާ ކުރުމަށްފަހު ދުވަހުން ދުވަހަށް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރިޕޯޓުގައި ލަފާދީފައިވެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް