Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަޒީރުން ވަކިކުރުމުގައި މަޝްވަރާ ނުކުރާ މައްސަލަ

ވަޒީރުން ވަކިކުރާ އިރު ޕާޓީތަކާއި މަޝްވަރާ ނުކުރާކަމުގެ ވާހަކަތަކެއް!

ރައީސް އޮފީހުން ފޮނުވި ސިޓީގައި ވަކިކުރަން ނިންމާފައިވަނީ ކޮން ވަޒީރުންތަކެއް ކަމެއް އަދި މައްސަލަ ޖެހިގެން އުޅެނީ ކޮން މަގާމުތަކެއްގައި ތިއްބެވި ފަރާތްތަކެއް ކަމެއް ލިޔެފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 މެއި 2021 | އަންގާރަ 03:05
ސަރުކާރުގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންނާއެކު ރައީސް ސޯލިހު (މ) ގައި

ސަރުކާރުގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންނާއެކު ރައީސް ސޯލިހު (މ) ގައި

ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވަކިކުރުމާއި ބަދަލު ކުރުމުގެ މަޝްވަރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއިއެކު ނުކުރާކަން ހާމަވެއްޖެއެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެ އެމްވީއަށް މައުލޫމާތުދެމުން ބުނީ ހޯމަ ދުވަހުގެރޭ އެމްއާރުއެމްގެ ސްލޮޓްގައި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރުކަމުގައި ހުންނެވި ޒަހާ ވަހީދު މަގާމުން ވަކިކުރެއްވި އިރު އެކަމާއި ގުޅިގެން އެމްއާރުއެމްއާއި ވާހަކަދައްކާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި މިނިސްޓަރ ވަކި ކުރެއްވިކަން އެނގިވަޑައިގަތީ މިނިސްޓަރު އެކަމުގެ މައުލޫމާތު އެމްއާރުއެމާއި ހިއްސާ ކުރެއްވުމުން ކަމަށާއި، މިކަމާއި ގުޅޭ މަޝްވަރާއެއް ވެސް ވާހަކައެއް ވެސް ދެކެވިފައި ނުވާ ކަމަށެވެ.

ނަމަވެސް ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުން ރައީސް އޮފީހުން ވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައިވަނީ ސަރުކާރު ހިންގުމުގައި ކޯލިޝަންގެ ބައެއް ވަޒީރުންނާއި އިސްމަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެއްބާރުލުން ނުލިބޭ ކަމަށާއި، އެފަދަ ފަރާތްތައް ބަދަލު ކުރުމާއި ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ސިޓީގައި ވަކިކުރަން ނިންމާފައިވަނީ ކޮން ވަޒީރުންތަކެއް ކަމެއް އަދި މައްސަލަ ޖެހިގެން އުޅެނީ ކޮން މަގާމުތަކެއްގައި ތިއްބެވި ފަރާތްތަކެއް ކަމެއް ލިޔެފައި ނުވެއެވެ. އަދި ޕާޓީތަކަށް އެ ޕާޓީތަކުގެ ސްލޮޓުގައި ތިބި ވަޒީރުންނާއި މަގާމުތަކުގައި ތިބި ފަރާތްތައް ވަކިކުރުމާއި ބަދަލު ކުރުމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދެކެވިފައި ނުވެއެވެ.

މިހާތަނަށް އާންމުވެފައިވާ މައުލޫމާތުތައް ދައްކާގޮތުން ފިޝަރީޒް މިނިސްޓަރ މަގާމުން ވަކިކޮށްފައިވާ އިރު، އެ މަގާމަށް ގެންނަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި އެންވަޔަރަމަންޓް މިނިސްޓަރުކަމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނެވެ. މީގެ އިތުރުން ވެސް ޖޭޕީގެ ސްލޮޓްގައި ތިއްބެވި ބައެއް ވަޒީރުންނާއި ދައުލަތުގެ ވުޒާރާތަކުގެ ތެރެއިން އިގްތިސާދާއި ގުޅުންހުރި މުއައްސަސާތަކަށް ޖޭޕީގެ މެންބަރުން ގެނައުމަށް މަސައްކަތް ކުރެވެމުންދާ ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ވަނީ އިތުބާރު ހުރި މަސްދަރަކުން އެނގިފައެވެ. ސަރުކާރުން މިކަމާއި ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައި ނުވާ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޕާޓީ އަދި ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖޭޕީއަށް މަންފާވަނެ ގޮތަށް ސަރުކާރުން އިގްތިސާދާއި ގުޅުން ހުރި މިނިސްޓްރީތަކާއި ވުޒާރާތައް ދިނުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި މިނިސްޓްރީތަކާއި ކެބިނެޓަށް އެކި ބަދަލުތައް ގެންނަވާނެ ވާހަކަ ރައީސް ސާލިހު ކުރިން ވެސް ވިދާޅުވެފައިވާ ކަމަށެވެ. ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުންތަކެއް ހުރުމުން ކަމަށާއި އެކަމަށް ރިއާޔަތްކޮށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުން ބުނީ މިހާރު އެކަން ފަށައިގެން ކުރިއަށްދާ ކަމަށާއި އެގޮތުގެ މަތިން މިހާރު މަޝްވަރާ ކުރުމަށް ކޯލިޝަނުގެ ލީޑަރުންނަށް ސިޓީ ފޮނުވައި އަންގާފައިވާނެ ކަމަށެވެ. އެނގިފައިވާގޮތުގައި އެ ސިޓީގައި ބުނެފައިވަނީ ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދައި ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު