Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިންސް ޗާލްސްގެ ދަރިއެއް ކަމަށް ބުނުން

ޕްރިންސް ޗާލްސްގެ ދޮށީ ފިރިހެންދަރި ކަމަށް ބުނާ މީހަކު ފާޅުވެއްޖެ

3 މެއި 2021 | ހޯމަ 14:53

އުމުރުން 55 އަހަރުވީ ސައިމަން ބުނާ ގޮތުގައި އޭނާއަކީ ޕްރިންސް ޗާލްސް އާއި ކަމީލާގެ ދަރިއެއް

| 3 މެއި 2021 | ހޯމަ 14:53
ޕްރިންސް ޗާލްސް (ކ) އާއި ސައިމަން: ސައިމަން ބުނަނީ އޭނާގެ ބައްޕަޔަކީ ޗާލްސް ކަމަށް

ޕްރިންސް ޗާލްސް (ކ) އާއި ސައިމަން: ސައިމަން ބުނަނީ އޭނާގެ ބައްޕަޔަކީ ޗާލްސް ކަމަށް

އޮސްޓްރޭލިޔާގެ ސައިމަން ޗާލްސް ޑޮރާންޓޭ އޭ ކިޔުނު މީހަކު އޭނާއަކީ އިގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ޗާލްސްގެ ދަރިއެެއް ކަމަށް ކުރާ ދައުވާ މި ހަފުތާގައި އަނެއްކާވެސް އައު ކޮށްފިއެވެ.

އުމުރުން 55 އަހަރުވީ ސައިމަން ބުނާ ގޮތުގައި އޭނާގެ ހަގީގީ ބައްޕަޔަކީ ޕްރިންސް ޗާލްސްއެވެ. މަންމަޔަކީ ޗާލްސްގެ މިހާރުގެ އަނބިކަނބަލުން ކަމީލާއެވެ. އޭނާއަކީ ޗާލްސް އާއި ކަމީލާގެ ލޯބީގެ ކަންތައް ފެށިގަތް ދުވަސްވަރު ކައިވެނިން ބޭރުގައި ލިބުނު ދަރިއެކެވެ.

މި ސިއްރު ފޮރުވުމަށްޓަކައި ޝާހީ އާއިލާގެ ފަރާތުން ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި އޭނާ ކުޑައިރު ކާކުގެ ދަރިއެއްކަން ނޭގޭ ގޮތަށް ޔަތީމު ޚާނާއަކަށް ފޮނުވައިލުމާއި ބަޔަކާއި ހަވާލުކޮށް އެޑަޕްޓު ކުރުވައި އިނގިރޭސިވިލާތުން ވެސް ބޭރުކޮށްލުމުގެ ފަހަތުގައި އޮތީ ޝާހީ އާއިލާ ކަމުގައި ސައިމަން ބުނެއެވެ.

ޕްރިންސް ޗާލްސް އާއި ވައްތަރު ކަމުން ސިފަ ބަދަލުކުރުމަށްޓަކައި އޭނާ ކުޑައިރު ލޮލާއި ދަތުގެ އޮޕަރޭޝަނެއް ކުރެވި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި މިނޫންވެސް އެތައް ކަމެއް ޝާހީ އާއިލާއިން ކޮށްފައިވާ ކަމަށް ސައިމަން ބުންޏެވެ.

ސައިމަން ބުނާގޮތުގައި އޭނާއަކީ ޕްރިންސް ޗާލްސް އާއި ކަމީލާގެ ދަރިއެއްކަން ސާބިތުކޮށްދެވޭނެ ގިނަގުނަ ހެކިވެސް އެބަހުއްޓެވެ. ޕްރިންސެސް ޑަޔާނާއަށް ވެސް މި ހަގީގަތް އެނގިވަޑައިގެންނެވި ކަމަށް ސައިމަން ބުނެއެވެ.

ސައިމަން އެޑަޕްޓް ކޮށްގެން ބަޔަކު އޭނާ އޮސްޓްރޭލިޔާއަށް ގެންދިޔުމާ ހަމައަށް ސައިމަން އުޅުނީ އިގިރޭސިވިލާތުގައެވެ. އޭނާ ކުޑައިރު ވާނުވާ ބަލަން ދޭތެރެޔަކުން ކަމީލާ ވަޑައިގަންނަވާ ހަނދާން ހުންނަ ކަމަށް ވެސް ބުންޏެވެ. ފަހުން އޭނާ ބެލެނިވެރިންގެ ގޮތުގައި ބަލައިގަތް ދެމަފިރިންގެ ތެރެއިން މަންމަ ފަރާތު މާމަ ވަނީ ވަރަށް ޔަގީންކަމާއެކު އޭނާއަކީ ކަމީލާގެ ދަރިއެއްކަމަށް ތަކުރާރުކޮށް ކިޔާދީފައި ކަމަށް ވެސް ސަައިމަން ބުންޏެވެ.

ސައިމަންގެ މި ބުނުމަކީ ތެދަކަށްވާނަމަ މި ވިހެއުމެއް ކަމީލާ ވިހާފައިވަނީ 1965 ވަނަ އަހަރު އެކަމަނާގެ އުމުރުން 18 އަހަރުގައެވެ. ޗާލްސްގެ އުމުރަކަށް ވާނީ އޭރު އެންމެ 17 އަހަރެވެ.

ކަމީލާގެ ބަލިވެއިނުން ސިއްރު ކުރުމަށް ކުރެވުނު ކަންކަމާމެދު ސައިމަން ބުނީ ޕްރިންސް ޗާލްސް ދިގު މުއްދަތަކަށް ފޮނުވައިލެވުނީ އޮސްޓްރޭލިޔާއަށް ކަމަށާއި ކަމީލާވެސް އަހަރެއްހާ ދުވަހަށް ކޮންމެވެސް ގޮތަކުން ފޮރުވައިލީ ކަމުގައެވެ.

ސައިމަންގެ މި ދައުވާއަކީ ކޮންމެވެސް ވަރެއްގެ ފުށުއެރުންތަކެެއް ހުރި ދައުވާއެކެވެ. އެތަނުން އެއްކަމަކީ ޕްރިންސް ޗާލްސް އާއި ކަމީލާ އެންމެ ފުރަތަމަ ބައްދަލުވީވެސް ޗާލްސްގެ ރަސްމީ ބަޔޮގްރަފީ ބުނާ ގޮތުން ސައިމަން އުފަންވިތާ ވެސް ފަސް އަހަރު ފަހުން 1970 ގައެވެ. ކަމީލާ ގެއްލުވާލީ ކަމަށް އެބުނާ 1965 ވަނަ އަހަރު އިޖުތިމާއީ އެކި ހަރަކާތްތަކުން ކަމީލާ ފެންނަ ފޮޓޯތަކެއް އެބަހުއްޓެވެ.

ތިމަންނާއަކީ އިގިރޭސިވިލާތުގެ މުސްތަގުބަލުގެ ރަސްގެފާނު ޕްރިންސް ޗާލްސްގެ ދޮށީ ފިރިހެން ދަރިއޭ ބުނާ ސައިމަނަކީ ނުވަ ކުދިންގެ ބައްޕައެކެވެ. އޭނާގެ މި ދައުވާތައް މާގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. މީހުން ގަބޫލު ކުރަނީ ޗާލްސްގެ ތިއްބެވީ ދެ ފިރިހެން ބޭފުޅުން ކަމަށެވެ. އެއީ ޕްރިންސް ވިލިއަމާއި ޕްރިންސް ހެރީއެވެ. އެ ދެބޭފުޅުންގެ މައިކަނބަލަކީ ޕްރިންސެސް ޑަޔާނާއެވެ. ޗާލްސް އާއި ކަމީލާގެ ކައިވެނިން ބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

20 މެއި 2018

ރަންބީރާ ކެމިސްޓްރީ ދިމާވެއޭ ބުނާތީ ވަރަށް އުފާވޭ: އާލިއާ

20 މެއި 2018
ރަންބީރާ ކެމިސްޓްރީ ދިމާވެއޭ ބުނާތީ ވަރަށް އުފާވޭ: އާލިއާ
04 މެއި 2018

"ކީކޭ ދެން ބުނާނީ" ގެ ޝޫޓިން އަށް ފުރައިފި

04 މެއި 2018
"ކީކޭ ދެން ބުނާނީ" ގެ ޝޫޓިން އަށް ފުރައިފި
28 އެޕްރީލު 2018

ޕްރިންސް ހެރީއާއި މެގަންގެ ކައިވެނީގެ ހަފްލާއަށް އޮބާމާއަށް ވެސް ދައުވަތެއް ނުދޭ!

28 އެޕްރީލު 2018
ޕްރިންސް ހެރީއާއި މެގަންގެ ކައިވެނީގެ ހަފްލާއަށް އޮބާމާއަށް ވެސް ދައުވަތެއް ނުދޭ!
27 އެޕްރީލު 2018

ޕްރިންސް ލުއީ: ޝާހީ ބޭފުޅަކަށް ދެއްވި ތަފާތު ނަންފުޅެއް

27 އެޕްރީލު 2018
ޕްރިންސް ލުއީ: ޝާހީ ބޭފުޅަކަށް ދެއްވި ތަފާތު ނަންފުޅެއް
28 މާރިޗު 2018

ޓްރަމްޕާ ގުޅުން ހިންގި ކަމަށް ބުނާ ސްޓޯމީ ޑެނިއަލްސްއާ ދަރިފުޅު 'ސްޓޯމީ'އާ އަޅުވާ ކިޔާތީ ކައިލީ ޖެނަރ ރުޅި އައިސްފި!

28 މާރިޗު 2018
ޓްރަމްޕާ ގުޅުން ހިންގި ކަމަށް ބުނާ ސްޓޯމީ ޑެނިއަލްސްއާ ދަރިފުޅު 'ސްޓޯމީ'އާ އަޅުވާ ކިޔާތީ ކައިލީ ޖެނަރ ރުޅި އައިސްފި!
11 ޑިސެމްބަރު 2017

ޕްރިންސް ހެރީއާއި މޭގަންގެ ކައިވެންޏަށް 1.5 މިލިއަން ޕައުންޑް

11 ޑިސެމްބަރު 2017
ޕްރިންސް ހެރީއާއި މޭގަންގެ ކައިވެންޏަށް 1.5 މިލިއަން ޕައުންޑް
28 ނޮވެމްބަރު 2017

ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!

28 ނޮވެމްބަރު 2017
ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!
20 އޮކްޓޯބަރު 2017

އަހަރެން އަޖޭއާ އެއްކޮށް ފިލްމެއް ކުޅެން ނޫނެކޭ ނުބުނާނަން: ތައްބޫ

20 އޮކްޓޯބަރު 2017
އަހަރެން އަޖޭއާ އެއްކޮށް ފިލްމެއް ކުޅެން ނޫނެކޭ ނުބުނާނަން: ތައްބޫ
23 ފެބުރުއަރީ 2017

"ލޯބިވާކަން" ކޮޕީ އެއް ކަމަށް ބުނާ މީހުންނަށް ކުޑަ އިއްބެ ރައްދު ދީފި

23 ފެބުރުއަރީ 2017
"ލޯބިވާކަން" ކޮޕީ އެއް ކަމަށް ބުނާ މީހުންނަށް ކުޑަ އިއްބެ ރައްދު ދީފި
06 ފެބުރުއަރީ 2017

އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

06 ފެބުރުއަރީ 2017
އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް