Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރެޑްސްއާ ދެކޮޅަށް ދައުވާކުރުން

ތުރެޑްސް އުފެއްދި މައްސަލާގައި މެޓާއާ ދެކޮޅަށް ދައުވާކުރާނެކަމަށް ޓްވިޓަރއިން ބުނެފި

8 ޖުލައި 2023 | ހޮނިހިރު 02:45

30 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ތުރެޑްސް ބޭނުންކުރަން ފަށާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖުލައި 2023 | ހޮނިހިރު 02:45
ޓްވިޓަރއާއި ތުރެޑްސް

ޓްވިޓަރއާއި ތުރެޑްސް

ތުރެޑްސް އުފެއްދި މައްސަލާގައި މެޓާ ކުންފުންޏާ ދެކޮޅަށް ދައުވާކުރާނެކަމަށް ޓްވިޓަރއިން ބުނެފިއެވެ.

ޓްވިޓަރގެ ވަކީލު އެލެކްސް ސްޕިރޯ، ފޭސްބުކްގެ ސީއީއޯ މަރކް ޒަކަބަރގްއަށް ފޮނުވި ސިޓީއެއްގައި ވަނީ، ޓްވިޓަރއާ ދާދި އެއްގޮތް ސިފަތަކެއް އެކުލެވޭގޮތަށް މެޓާ ކުންފުނިން ތުރެޑްސް އުފެއްދުމާ ގުޅިގެން ދައުވާކުރާނެކަމަށް ބުނެފައެވެ.

މެޓާ ކުންފުނިން ތުރެޑްސް ލޯންޗްކޮށްފައިވަނީ ބުދަ ދުވަހުއެވެ. މިހާތަނަށް އައިއިރު މުޅި ދުނިޔެއިން 30 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ތުރެޑްސް ބޭނުންކުރަން ފަށާފައެވެ. ސްޕިރޯ ފޮނުވި ސިޓީގައި ވަނީ، ޓްވިޓަރގެ ކުރީގެ މުވައްޒަފުން ހަޔަރ ކޮށްގެން މެޓާއިން އެއާ އެއްގޮތް ޕްލެޓްފޯމެއް ހެދިކަމަށެވެ. އެގޮތުން މި މުވައްޒަފުންނަކީ މިހާރުވެސް ޓްވިޓަރގެ ވިޔަފާރިއާ ގުޅުންހުރި މުހިންމު އަދި ސިއްރު މައުލޫމާތުތަކަކަށް ވާސިލުވުމުގެ ފުރުސަތު ފަހިވެފައިވާ މުވައްޒަފުންކަމަށް ބުނެފައިވެއެވެ.

މި ސިޓީގައި އިތުރަށް ބުނެފައިވަނީ މިއީ ޓްވިޓަރގެ އިންޓަރލެކްޗުއަލް މުދަލެއްކަމަށާއި، މެޓާއިން ޓްވިޓަރގެ ވިޔަފާރިއާ ގުޅުންހުރި ސިއްރު އަދި މުހިންމު މައުލޫމާތުތައް ބޭނުންކުރުން ވަގުތުން ހުއްޓާލުމަށެވެ. މި ސިޓީއާ ގުޅޭގޮތުން ސްޕިރޯ އަދި ވަކި އެއްޗެއް ނުބުނެއެވެ.

މިކަމާ ގުޅޭގޮތުން މެޓާގެ ސްޕޯކްސްޕަރސަން އެންޑީ ސްޓޯން ކުރި ތުރެޑްސް ޕޯސްޓެއްގައި ބުނެފައިވަނީ، ޓްވިޓަރގެ ކުރީގެ އެއްވެސް މުވައްޒަފަކު ތުރެޑްސްގެ އިންޖިނިއަރިންގ ޓީމުގައި ނުހިމެނޭކަމަށެވެ.

މީގެއިތުރުން، ރޮއިޓަރސްއަށް މައުލޫމާތު ދެމުން ޓްވިޓަރގެ ކުރީގެ މުވައްޒަފުން ބުނެފައިވަނީ، ތުރެޑްސްގައި ޓްވިޓަރގެ ކުރީގެ މުވައްޒަފަކު މަސައްކަތްކުރަމުން އަންނަކަން އެނގިފައިނުވާކަމަށެވެ.

ޓްވިޓަރގެ ވެރިޔާ، މަޝްހޫރު މަހުޖަނު އީލޯން މަސްކު ޓްވިޓަރގައި މިކަމާ ގުޅޭގޮތުން ޕޯސްޓްކޮށްފައިވާ ޚަބަރަކަށް ކުރި ރިޕްލައިގައި ބުނެފައިވަނީ، ވާދަކުރުން ރަނގަޅުކަމަށާއި ނަމަވެސް މަކަރުހެދުން ރަނގަޅު ނޫންކަމަށެވެ.

ޓްވިޓަރގައި ބޭނުންކުރެވޭ ބައެއް ފީޗަރތައް ތުރެޑްސްގައެއް ނުހިމެނެއެވެ. އެގޮތުން ކީވޯރޑްސް ބޭނުންކޮށްގެން ސަރޗްކުރުމާއި ޑައިރެކްޓް މެސެޖް ކުރުން އަދި ހިމަނާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް