Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑާއި ލިވަޕޫލުގެ މެޗު

ޔުނައިޓެޑުގެ ސަޕޯޓަރުން ހަޅުތާލުކުރުމުން މެޗު ފަސްކޮށްފި

2 މެއި 2021 | އާދީއްތަ 22:40

މި މެޗު އަލުން ބާއްވާނެ ތާރީޚެއް އިއުލާންކޮށްފައެއް ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 2 މެއި 2021 | އާދީއްތަ 22:40
ދަނޑަށް ވަދެ ހަޅުތާލުކުރި މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުން

ދަނޑަށް ވަދެ ހަޅުތާލުކުރި މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުން

މެންޗެސްޓާ ޔުނައިޓެޑުގެ ވެރިންނާއި ދެކޮޅަށް އެ ކުލަބުގެ ސަޕޯޓަރުން ކުރިއަށްގެންދިޔަ ހަޅުތާލާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފިއެވެ.

މެޗު ފަށަން ކުޑަތަން ވެފައިވަނިކޮށް ޔުނައިޓެޑުގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ އެ ކުލަބުގެ ދަނޑަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ. އެގޮތުން މި ހަޅުތާލުގައި ކޮމެންޓޭޓަރުން ތިބޭ ސަރަހައްދަށް އަލިފާން ބޯޅަ އުކި ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެކަމަކު ދަނޑުގެ ސަލާމަތީ ކަންކަން ބަލަހައްތާ ފަރާތްތަކުން ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި ސަޕޯޓަރުން ދަނޑުން ނެރެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުގެ ސަޕޯޓަރުން ހަޅުތާލު ކުރަމުން އަންނަނީ ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ނިންމުމަށްފަހު، ފަހުން އެ ނިންމުން ބަދަލުކުރި ނަމަވެސް، ކުލަބު ވިއްކާލަން އެ ކުލަބުގެ ވެރިން ދެކޮޅު ހަދަމުންދާތީއެވެ. އަދި ޔުނައިޓެޑުގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާއިން، އެ ކުލަބަށް ލިބޭ ފައިސާއިން އެކަށީގެންވާ މިންވަރަށް އިންވެސްޓްނުކޮށް އަމިއްލަ ވިޔަފާރިތައް ކުރަމުން އަންނަ ކަމުގެ ތުހުމަތު ޔުނައިޓެޑުގެ ސަޕޯޓަރުން އަންނަނީ ކުރަމުންނެވެ.

އާދީއްތަ ދުވަހުގެރޭ ކުރިއަށްގެންދިޔަ ހަޅުތާލުތަކާ ގުޅިގެން ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރަން އޮތް މެޗު ހުއްޓާލަން ޖެހުނީ މެންޗެސްޓާގެ ފުލުހުންނާއި، ޕްރިމިއާ ލީގުގެ އޮފިޝަލުންނަށް މެޗު ކުޅެން އެއް ގަޑިއިރު ފަހުންވެސް މެޗު ކުޅެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ނުލިބުމުންނެވެ. އެއާއެކު މެޗު ފަސްކުރިއިރު، މި މެޗު އަލުން ބާއްވާނެ ތާރީޚެއް ޕްރިމިއާ ލީގުން މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.

ޔުނައިޓެޑުގެ ވެރިޔާ އެމެރިކާގެ މަހުޖަނު މެލްކަމް ގްލޭޒާއާ ދެކޮޅަށް ޔުނައިޓެޑުގެ ސަޕޯޓަރުން އަޑުއުފުލަމުން އަންނައިރު، އެ ކުލަބުގެ އެގްޒެކްޓިވް ވައިސް ޗެއާމަނުގެ މަގާމުން ވަކިވާން ދާދި ފަހުން އެޑް ވުޑްވާޑް ވަނީ ނިންމަވާފައެވެ.

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް