Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރަށް ގެންނަ ބަދަލު

ކެބިނެޓުގެ އިތުރުން އިސް އެހެން ބައެއް މަގާމުތަކަށް ވެސް ބަދަލު އަންނާނެ - ސަރުކާރު

ކެބިނެޓުގެ އިތުރުން ސަރުކާރުގެ އިސް އެހެން ބައެއް މަގާމުތަކަށް ވެސް ބަދަލު އަންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 މެއި 2021 | އާދީއްތަ 18:51
ކެބިނެޓުގައި ހިމެނޭ ވަޒީރުންނާއި ރައީސް ސާލިހު ބައްދަލުކުރައްވަނީ

ކެބިނެޓުގައި ހިމެނޭ ވަޒީރުންނާއި ރައީސް ސާލިހު ބައްދަލުކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓްގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކަށް ވެސް ބައެއް ބަދަލުތަކެއް ގެންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި މިނިސްޓްރީތަކާއި ކެބިނެޓަށް އެކި ބަދަލުތައް ގެންނަވާނެ ވާހަކަ ރައީސް ސާލިހު ކުރިން ވެސް ވިދާޅުވެފައިވާ ކަމަށެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށާއި އެކަމަށް ރިއާޔަތްކޮށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ސާލިހު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކޯލިޝަނުގެ ޕާޓަނަރުންނާއެކު މަޝްވަރާ ކުރެއްވުމެވެ. ސަރުކާރުގެ ހިންގަން ތިބޭނެ ބަޔަކާއި ކެބިނެޓާއި ގުޅޭގޮތުން ކޯލިޝަނުގައި ހިމެނޭ ބައިވެރިންނާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މަބްރޫކް ވެސް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވިދާޅުވީ މި މަޝްވަރާއަކީ ކުރިއަަށްދާ މަޝްވަރާއެއް ކަމުން އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ. ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވަނީ އެކަން ފަށައިގެން ކުރިއަށްދާ ކަމަށާއި އެގޮތުގެ މަތިން މިހާރު މަޝްވަރާ ކުރުމަށް ކޯލިޝަނުގެ ލީޑަރުންނަށް ސިޓީ ފޮނުވައި އަންގާފައިވާނެ ކަމަށެވެ.

އެނގިފައިވާގޮތުގައި އެ ސިޓީގައި ބުނެފައިވަނީ ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދައި ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

ސީދާ ބައެއް ވަޒީރުން ވަކިކުރަން އުޅޭ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުން ބުނީ އަދި މަޝްވަރާތައް އެހިސާބަށް ނުދާ ކަމަށެވެ. އެއްވެސް ވަޒީރަކަށް ޓާގެޓުކޮށްފައިނުވާ ކަމަށާއި އަދި މަޝްވަރާތައް ކިރިޔާ ފެށުނީ ކަމަށެވެ.

މިހާތަނަށް ހާމަވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު ހަަތަރު މަގާމަކަށް ބަދަލު ގެނައުމަށް ވަނީ ނިންމަވާފައެވެ. އެއީ އެންވަޔަރަންމަންޓް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާއި ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު