Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 30،000 ފަހަނައަޅައި އެކްޓިވް ކޭސްތަކުގެ އަދަދު 5000ން މައްޗަށް

މި 24 ގަޑި އިރު ތެރޭގައި 3854 ސާމްޕަލް ނަގާ ޓެސްޓް ކުރެވުނު އިރު 402 މީހަކު ޕޮޒިޓިވްވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 މެއި 2021 | ހޮނިހިރު 20:10
ކޮވިޑްގެ ވެކްސިން ޖަހަން ކިއު ހަދާފައި - ރާއްޖޭގެ އަދަދުތައް މައްޗަށް ދާތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައި

ކޮވިޑްގެ ވެކްސިން ޖަހަން ކިއު ހަދާފައި - ރާއްޖޭގެ އަދަދުތައް މައްޗަށް ދާތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައި

ކޮވިޑް-19ށް އިތުރު 402 މީހުން ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 5000ން މައްޗަށް އަރައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު 6:00ން ހޮނިހިރު ދުވަހުގެ ހަވީރު 6:00ށް ރާއްޖޭގެ ކޮވިޑްގެ ހާލަތު އާންމުކޮށް އެޗްޕީއެއިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މި 24 ގަޑި އިރު ތެރޭގައި 3854 ސާމްޕަލް ނަގާ ޓެސްޓް ކުރެވުނު އިރު 402 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ގިނައިން ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ. އެގޮތުން އަތޮޅު ތެރެއިން 179 މީހުން ޕޮޒިޓިވްވި އިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 174 މީހުންނެވެ. މީގެ އިތުރުން ސިނާއީ މަސައްކަތް ކުރާ 2 ރަށަކުން 43 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހޮނިހިރު ދުވަހު ޕޮޒިޓިވްވި 402 ކޭސްގެ ތެރެއިން އަތޮޅު ތެރޭގެ ރަށްރަށުގެ ތަފްސީލަށް ބަލާލާއިރު، އެންމެ ގިނައިން ހޮނިހިރު ދުވަހު ޕޮޒިޓިވްވީ ޅ. ނައިފަރުންނެވެ. އެރަށުން 47 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން އއ. މަތިވެރިން 25 މީހުން، އއ. އުކުޅަހުން 20 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ސިނާއީ މަސައްކަތްކުރާ ރަށްތަކުގެ ތެރެއިން ގުޅީފަޅުން 19 އަދި ތިލަފުށިން 24 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހޮނިހިރު ދުވަހު ޕޮޒިޓިވްވި 402 މީހުންނާއެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5221ށް އަރާފައެވެ. ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 30 ހާސް ފަހަނަ އަޅާފައެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 1 ވަނަ ދުވަހާ ހަމައަށް 30،237 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްގެ ތެރެއިން 161 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މިއީ ހުކުރު ދުވަހުގެ އަދަދަށްވުރެ 15 މީހުން އިތުރު އަދަދެކެވެ. ވޭތުވެދިޔަ 24 ގަޑި އިރު 160 މީހުން ބަލިން ރަނގަޅުވެ ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 24،934ށް އަރާފައެވެ. ރާއްޖޭގައި 73 މީހަކު މި ބަލީގައި ނިޔާވެފައިވާ އިރު، ނިމިގެން ދިޔަ އެޕްރީލް މަހުގައި އެކަނި ވެސް 6 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި އިންޑިއާ މީހެކެވެ.

މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް 300ން މަތީގައި ގުނަމުން އަންނަ އިރު، ފާއިތުވި ހަފްތާގައި 4 ފަހަރެއްގެ މަތިން 400ށް ވުރެ ގިނައިން ވަނީ ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު