Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެކްސިން ޖެހުން

ހުކުރު ދުވަހު އަތޮޅުތެރެއިން 1،243 މީހުން ވެކްސިންުގެ ދެވަނަ ޑޯޒް ޖަހައިފި

އޭޕްރިލް 30 ވަނަ ދުވަހު އަތޮޅުތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް 432 މީހަކު ވަނީ ޖަހާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 މެއި 2021 | ހޮނިހިރު 18:06
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ހުކުރު ދުވަހު އަތޮޅުތެރެއިން 1،243 މީހުން ވެކްސިންުގެ ދެވަނަ ޑޯޒް ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތަށް ބަލާއިރު އޭޕްރިލް 30 ވަނަ ދުވަހު އަތޮޅުތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް 432 މީހަކު ވަނީ ޖަހާފައެވެ. މިއާއެކު ރާއްޖެއިން ޖުމްލަ 296،961 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 102،589 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އޭޕްރިލް 30 ވަނަ ދުވަހަކީ ހުކުރު ދުވަހަކަށް ވުމުން ގްރޭޓަރ މާލެ ސަރަހައްދުގައި ވެކްސިން ޖަހާފައެއް ނުވެއެވެ. އަދި މޭ އެއްވަނަ ދުވަހަކީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަށް ވުމުން ހޮނިހިރު ދުވަހުވެސް ވެކްސިންގެ ޖެހުމުގެ ކަންތައް މާލެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

Advertisement - newsAdvertisement

އެޗްޕީއޭ އިން މި މައުލޫމާތު އާންމުކޮށްފައިވާއިރު އެއްވެސް ރަށެއްގައި ވެކްސިންގެ ދެވަނަ ޑޯޒްގެ 60 އިންސައްތަ ހަމަވެފައެއް ނުވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ދާދިފަހުން ހާމަކޮށްފައެވެ. އެޗްއީއޯސީ އިން ބުނީ އެއްވެސް ރަށެއްގައި ވެކްސިންގެ ދެވަނަ ޑޯޒްގެ 60 އިންސައްތަ ހަމަވެފައި ނުވާ ކަމަށެވެ. އަދި ރަށްރަށަށް ދިއުމަށް ޕީސީއާރް ޓެސްޓު ބޭނުންވާ މީހުންނަށް ފްލޫ ކްލިނިކްތަކުން ހިލޭ ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްއީއޯސީން މިހެން ބުނެފައިވާއިރު ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުން ކޮވިޑް-19 ވެކްސިން ގެ ދެ ޑޯޒް ފުރިހަމަކުރުމުން ކަރަންޓީނު ވުމަކާ ނުލައި އެ ރަށަކަށް ދަތުރު ކުރެވޭނެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އާންމުކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިނުގެ ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ މީހުންނަށް ކަރަންޓީންވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. އެ ރަށެއްގައި ބަލި އުޅޭ ނިސްބަތް ފަސް އިންސައްތައަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށާއި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ ޕީ.ސީ.އާރު ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު