Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސައްކަތްތެރިންގެ ދުވަސް 2021

މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން ގާނޫނީ ގިނަ ހައްލުތަކެއް ގެނައި

ވިހެއުމާ ގުޅިގެން މައިންނަށް 6 މަސްދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 މެއި 2021 | ހޮނިހިރު 10:28
ރިޔާސީ ބަޔާން 2021- ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރިޔާސީ ބަޔާން 2021- ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މަސައްކަތްތެރިންގެ ހައްގުގައި ފާއިތުވި ދެ އަހަރު ގާނޫނީ ގޮތުން ގެންނަން ޖެހޭ މުހިއްމު ބަދަލުތައް ގެނެސްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ގާނޫނުތަކަށް ގެނެވުނު ހެޔޮ ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއްބަދަލަކީ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއަށް ގެނެވުނު ބަދަލު ކަމަށެވެ. ވިހެއުމާ ގުޅިގެން މައިންނަށް 6 މަސްދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ވަނީ ބަދަލު ކޮށްފައެވެ. އަދި ބައްޕައިންނަށް 1 މަހުގެ ޗުއްޓީ ލިބޭ ބަދަލު ވެސް ސަރުކާރުން ވަނީ ގެނެސްފައެވެ.

މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ލުއިތަކެއް ލިބިގެން ދިޔަކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. ގާނޫނުތަކަށް ގެނައި އިތުރު ބަދަލުތަކަށް ބަލާއިރު ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނެއްގެ އެއް ބޭނުމަކީ ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ ގުޅުމުގެ ސަބަބުން ދާއިރާގެ ވާދަވެރިކަމަށް ހުރަސްއެޅިގެންދާ ދިޔުން ކޮންޓްރޯލު ކުރުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ވެސް މާކެޓްގައި ކުރިއަރައި ގޮސް، އިތުރަށް ވަޒީފާ އުފެދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ސަރުކާރުން ވަނީ ވަޒީފާއާއި ބެހޭ ގާނޫނަށް ވެސް މުހިއްމު އިސްލާހުތަކެއް ގެނަސްފައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ގާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅާ ބަޔާންކޮށްފައިވެއެވެ. މި އިސްލާހުގެ ބޭނުމަކީ ހައްގު ނޫން މިންވަރުގެ ދަށް މުސާރަތަކުން މަސައްކަތްތެރިން ސަލާމަތްކޮށްދިނުން ކަމަށް މަބްރޫކް ފާހަގަ ކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ ވަޒީފާގެ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާއި ހަވާލުކުރުމަށް ލާޒިމުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށްދިއުމުގެ ހައްގު މި އިސްލާހުގައި މުވައްޒަފުންނަށް ލިބިދީފައިވާ ކަމަށެެވެ.

ވަޒީފާއާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއެކު "ސަރވިސް ޗާޖާ ބެހޭ ގަވައިދަށް" އަމަލުކުރަން ފެށުމުން ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހައްގުވާ މިންވަރު ކަށަވަރު ވެގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ދަށުން ޚިދުމަތެއް ދިނުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ހަމަހަމައަށް ސަރވިސް ޗާޖު ހައްގުވެގެން ދެއެވެ. ސަރވިސް ޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ 9 އިންސައްތަ ޗުއްޓީގެ ދުވަސްތަކަށް ވެސް ލިބޭނެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު