Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ އިންތޚާބު ފަސްކުރުން

ފަލަސްތީނުގެ އިންތިޚާބު ފަސްކޮށްފި

30 އެޕްރީލު 2021 | ހުކުރު 11:35

އިސްރާއީލުން ބުނެފައިވަނީ ވޯޓުލާން ހުއްދަ ދިނުމާދޭތެރޭ ވަކި ގޮތެއް ނުނިންމާ ކަމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 30 އެޕްރީލު 2021 | ހުކުރު 11:35
ފަލަސްތީނުގައި އިންތިޚާބު އިއުލާން ކޮށްފައިވަނީވެސް އިންތިޚާބެއް ނުބާއްވާތާ 15 އަހަރު ފަހުން

ފަލަސްތީނުގައި އިންތިޚާބު އިއުލާން ކޮށްފައިވަނީވެސް އިންތިޚާބެއް ނުބާއްވާތާ 15 އަހަރު ފަހުން

ފަލަސްތީނުގައި އަންނަ މަހު ބާއްވާނެކަމަށް އިއުލާންކޮށްފައިވާ ގާނޫނުހަދާ މަޖިލީސް އިންތިޚާބު ފަސްކޮށްފިއެވެ.

މެއި މަހުގެ 22 ވަނަ ދުވަހު ބާއްވާގޮތަށް އޮތް އިންތިޚާބު ފަސްކުރިކަން އިއުލާންކޮށްފައި ވަނީ އިންތިޚާބު ބާއްވާނެކަން ރައީސް މަހްމޫދު އައްބާސް އިއުލާން ކުރެއްވިތާ ތިން މަސްފަހުންނެވެ. ފަލަސްތީނުގައި އާއްމު އިންތިޚާބެއް ބާއްވަން އިއުލާން ކޮށްފައިމިވަނީވެސް އެ އާންމު އިންތިޚާބެއް ނުބާއްވާތާ 15 އަހަރު ފަހުންނެވެ.

އިންތިޚާބު ފަސްކުރިކަން އިއުލާން ކުރައްވަމުން މަހްމޫދު އައްބާސް ވިދާޅުވީ، އެގޮތަށް ނިންމެވީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްތީނުގެ އިރުމަތީ ގުދުސްގައި ވޯޓުލުން ބޭއްވުމުގެ ހުއްދަ އިސްރާއީލުން ދޭނެކަން މިހާތަނަށް ސާފުނުވާތީއާއި ހުޅަނގު އައްސޭރިއާއި ގާޒާގައި ވޯޓުލުން ބޭއްވޭނެކަން ޔަގީން ނުވާތީކަމަށެވެ. އެހެންކަމުން ގުދުސްގައި ދިރިއުޅޭ މީހުންނަށް ވޯޓުލެވެންދެން އިންތިޚާބު ފަސްކުރީ ކަމަށް އައްބާސް ވިދާޅުވިއެވެ.

އިސްރާއީލުން ބުނެފައިވަނީ، ވޯޓުލާން ހުއްދަ ދިނުމާދޭތެރޭ އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެހެން އިންތިޚާބުތަކުގައިވެސް ފަލަސްތީނުގެ ރައްޔިތުންނަށް ވޯޓުލުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ.

ގާޒާގައި ވެރިކަންކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނީ ރައީސް އައްބާސަށް އިންތިޚާބު ކާމިޔާބު ނުކުރެވިދާނެތީ ހުއްޖަތެއް ދެއްކެވީކަމަށެވެ. އިންތިޚާބު އިއުލާން ކުރެއްވުމާއެކު ރައީސް އައްބާސްގެ ފަތަހަ ޖަމާއަތުގެ ތެރޭގައި ބައިބައިވުންތަކެއް އުފެދި އިންތިޚާބު ކާމިޔާބު ނުވެދާނެ ކަމުގެ ބިރު އޮތްކަމަށް ވަނީ ބެލެވެން ފަށާފައެވެ.

ޖުލައި މަހު ބޭއްވުމަށް ތާވަލް ކޮށްފައި އޮތް ރިޔާސީ އިންތިޚާބު ބޭއްވުމާމެދު އަދިވެސް ވަކި ގޮތެއް ނުނިމެއެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް