Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

އަބަހާނީ ވަކިވެއްޖެ، އީގަލްސް ޕްލޭއޮފަށް

30 އެޕްރީލު 2021 | ހުކުރު 10:03

ޕްލޭއޮފުގައި އީގަލްސް ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 އެޕްރީލު 2021 | ހުކުރު 10:03
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ބޫޓާނުގެ ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ބޫޓާނުގެ ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީން މުބާރާތުން ވަކިވާން ނިންމުމުން، އީގަލްސްއަށް ޕްލޭއޮފުގެ ޖާގައެއް ލިބިއްޖެއެވެ.

ހުކުރު ދުވަހު އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މުބާރާތުން އަބަހާނީ ވަކިވާން ނިންމި ކަމަށް ގަބޫލުކުރެވެނީ ކޮވިޑް-19 އާ ހެދި ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ހުރިހާ ކަމަކަށް ރަނގަޅަށް ބެލުމަށްފަހު، ބަންގްލަދޭޝް ފުރަބަންދުގައި އޮތުމާއި، ދަތުރުފަތުރުކުރުމަށް އެ ގައުމުގައި ހުރި ދަތިތަކަށް ބަލާއިރު، ދެން މި މުބާރާތުގައި ކުރިއަށްދެވޭނެ ގޮތެއް އެ ޓީމަށް ނެތުން ކަމަށެވެ.

އެއާއެކު ޕްލޭއޮފަށް އީގަލްސް ދަތުރުކުރިއިރު، ޕްލޭއޮފުގައި އީގަލްސް ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ. އަންނަ މެއި މަހުގެ 11 ވަނަ ދުވަހު މާލޭގައި އެ މެޗު ކުޅޭއިރު، އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނެއެވެ.

މި ފަހަރުގެ ކޮލިފައިން ބުރުން އަބަހާނީ ވަކިވިއިރު، މީގެ ކުރިން އޭއެފްސީން ވަނީ އަބަހާނީ އާއި އީގަލްސްގެ މެޗު ދެ ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. އެގޮތުން މެޗު އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މި މަހު 14 ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅޭ ގޮތަށެވެ. އެކަމަކު ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، ބަންގްލަދޭޝް ލޮކްޑައުން ކޮށްފައި އޮތުމުން މި މެޗު އެ ގައުމުގައި ކުޅެވޭނެ ގޮތެއް ނުވިއެވެ. އެހެންކަމުން މި މަހުގެ 21 ވަނަ ދުވަހު ނޭޕާލުގައި މި މެޗު ކުޅެން އޭއެފްސީން ފަހުން ނިންމި ނަމަވެސް، ބަންގްލަދޭޝްއިން ވައިގެ ދަތުރުތައް ހުއްޓާލުމުން އަނެއްކާވެސް މެޗު ފަސްކުރިއެވެ.

ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ. އޭއެފްސީން ވަނީ ރާއްޖޭގެ ޓީމުތައް ހިމެނޭ ގްރޫޕް ޑީގެ މެޗުތައް އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސެންޓްރަލައިޒްކޮށްގެން ކުޅުމަށް ނިންމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
24 ފެބުރުއަރީ 2017

އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

24 ފެބުރުއަރީ 2017
އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި
24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
20 ފެބުރުއަރީ 2017

އީގަލްސް އަށް މިސްރުގެ ޑިފެންޑަރެއް ގުޅިއްޖެ

20 ފެބުރުއަރީ 2017
އީގަލްސް އަށް މިސްރުގެ ޑިފެންޑަރެއް ގުޅިއްޖެ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް