Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔޫރޮޕާ ލީގު

ޔުނައިޓެޑް ފައިނަލާ ގާތަށް، އާސެނަލަށް ނާކާމިޔާބު

ވިޔަރެއާލް އަތުން އާސެނަލް ބަލިވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 އެޕްރީލު 2021 | ބުރާސްފަތި 23:42
ޔުނައިޓެޑާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 6-2 ން

ޔުނައިޓެޑާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 6-2 ން

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޯމާ އަތުން ފަސޭހަކަމާއެކު މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ވިޔަރެއާލުން އާސެނަލް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ރޯމާ އަތުން 6-2 ގެ ނަތީޖާއަކުންނެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ލޮރެންޒޯ ޕެލެގްރީނީ ރޯމާއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މެޗުގެ 34 ވަނަ މިނެޓުގައި އެޑިން ޒެކޯ ވަނީ ރޯމާއަށް ލީޑު ނަގައިދީފައެވެ.

އެކަމަކު ދެވަނަ ހާފުގައި ޔުނައިޓެޑުން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އެޑިންސަން ކަވާނީ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 64 ވަނަ މިނެޓުގައި ކަވާނީ ވަނީ އިތުރު ލަނޑެއް ޖަހައި، ޔުނައިޓެޑަށް އަލުން ލީޑު ނަގައިދީފައެވެ. ދެން މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި އަނެއް ލަނޑުތައް ޖަހައިދިނީ ފެނާންޑޭޒް އާއި، ޕައުލް ޕޮގްބާގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މޭސަން ގްރީންވުޑެވެ.

މި މޮޅާއެކު ޔޫރޮޕާ ލީގުގެ ފައިނަލާ ގާތަށް ޔުނައިޓެޑް ޖެހިލިއިރު، އެ ޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2017 ވަނަ އަހަރެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގުން އާސެނަލް ބަލިވީ ވިޔަރެއާލް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ވިޔަރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މަނޫ ޓްރިގޭރޯސް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ވިޔަރެއާލަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ރައުލް އަލްބިއޯލެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެވަނަ ރީނދޫ ކާޑާއެކު އާސެނަލުގެ ޑެނީ ސެބާޔޯސްއަށް ރަތް ކާޑެއް ދެއްކި ނަމަވެސް، މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. އަދި އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ވިޔަރެއާލުގެ އެޓިއެން ކަޕޫއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

ޔޫރޮޕާ ލީގުގެ ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް ބުރާސްފަތި ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެރެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު