Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރު މައްސަލަ

ވެންޓިލޭޓަރު ކަންތަކުގައި ދައުލަތަށް ގެއްލުން ލިބޭ ގޮތަށް މާއްދާތައް އިތުރުކުރި މައްސަލާގައި ދައުވާކުރަން ޕީޖީއަށް ފޮނުވުމަށް އެދިއްޖެ

29 އެޕްރީލު 2021 | ބުރާސްފަތި 13:38

ބައެއް ކަންކަމަކީ ބަންޑާރަނާއިބު ލަފާދެއްވި ދެލިކޮޕީގައި ނުހިމެނޭ ކަންކަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އެޕްރީލު 2021 | ބުރާސްފަތި 13:38
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ވެންޓިލޭޓަރު ކަންތަކުގައި ދައުލަތަށް ގެއްލުން ލިބޭ ގޮތަށް މާއްދާތައް އިތުރުކުރި މައްސަލާގައި ދައުވާކުރަން ޕީޖީއަށް ފޮނުވުމަށް އެދިއްޖެއެވެ.

ވެންޓިލޭޓަރު މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ޕީޖީގައި އެދުމުން އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލައަކީ އާންމު މަސްލަހަތު ބޮޑު މައްސަލައަކަށްވާތީ ތަހުގީގީ ނަޒަރަކުން ވެސް މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރު އެއްބަސްވުމުގައި ބަންޑާރަނާއިބު ލަފާ ދެއްވި ދެލި ކޮޕީ އާއި ސޮއިކުރި ދެލިކޮޕީގައި 18 ތަފާތެއް ހުރި ކަމަށް ފާހަގަކުރެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަންޑާރަނާއިބުގެ ލަފާ މިނިސްޓްރީ އޮފް ހެލްތުން ހޯދާފައިވެއެވެ. ޕީޖީ އޮފީހަށް ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައި ބަންޑާރަނާއިބު ލަފާ ދެއްވުމުގައި ބެއްލެވި އެއްބަސްވުމުގެ ދެލިކޮޕީ އާއި ސޮއިކުރި އެއްބަސްވުމުގެ ދެލިކޮޕީ ވެސް ހިމެނެއެވެ. މި ދެ ލިޔުން ތަހުގީގުގައި އަޅައި ކިޔައިފައި އޮތް ކަމަށް ނުފެންނާތީ އެ މަސައްކަތް ޕީޖީ އޮފީހުން ކުރިއިރު ބަންޑާރަނާއިބު ލަފާ ދެއްވި ދެލިކޮޕީއާއި ސޮއިކުރި ދެލިކޮޕީގައި 18 ތަފާތެއް އެބަހުރި ކަމަށް ޝަމީމު ވިދާޅުވިއެވެ.

ތަފާތުތަކުގެ ތެރޭގައި ދައުލަތަަށް ކަނޑައެޅިގެން ގެއްލުން ލިބޭނެ، ކަންކަން އެގޮތަށް ހިމެނުމަށް ގާނޫނީ ގޮތުން މަގުބޫލު އެއްވެސް ސަބަބެއް އޮތް ކަމަށް ނުފެންނަ މާއްދާތައް ވެސް ހިމެނެއެވެެ. މީގެ ތެރެއިން ބައެއް ކަންކަމަކީ ބަންޑާރަނާއިބު ލަފާދެއްވި ދެލިކޮޕީގައި ނުވެސް ނެތް ކަންކަން ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަންޑާރަނާއިބުގެ ލަފާ ހޯއްދެވި ދެލިކޮޕީ އާއި ސޮއިކުރި ދެލިކޮޕީއާ އަޅައި ކިޔުމަށްފަހު ޕީޖީ އޮފީހަށް ފާހަގަކުރެވުނު ކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއްސާކޮށްފައިވާ ކަމަށް ވެސް ސިޓީގައިވެއެވެ.

ބަދަލުތައް ގެނެވިފައިވާ ގޮތް ދިރާސާކޮށް އެކަން އެގޮތަށް މެދުވެރިވެފައިވާ ސަބަބާއި އެކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރި މީހުންނާއި އެކަންކުރުމަށް އިރުޝާދުދިން މީހުން ހޯދުމަށްޓަކައި ތަހުގީގު ފުރިހަމަކޮށް އެއްބަސްވުމުގައި ސޮއިކުރުމުގައި ދައުލަތަށް ކަނޑައެޅިގެން ގެއްލުން ލިބޭ ގޮތަށް މާއްދާތައް އިތުރުކުރުވެފައިވާ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް އެ އޮފީހަށް ފޮނުވައި ދިނުމަށާއި އެ މައްސަލައާ ގުޅިގެން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ފޮނުވި ފައިސާ ދައުރުވި ގޮތް ބަލައި ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެދިފައިވާ ކަމަށާއި އެކޮމިޝަނުން ލިޔުމުން އަދި ޖަވާބު ދީފައިނުވާ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތް މިނިސްޓްރީން ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ފާހަގަވީ ކޮވިޑާ ގުޅިގެން ހިންގާފައިވާ ޚަރަދުތައް، ރައްޔިތުންގެ މަޖިލީހުގެ އެންގުމަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓަށް ފަހުއެވެ. އެ ހޯދުންތަކާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަކަށް ފަހު، 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވިއެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ފުރަތަމަ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެސް ހިމެނިވަޑައިގަންނަވައެވެ.

ނަމަވެސް މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުކުރެވޭ މިންވަރަށް ހެކި ހުށައަޅާފައި ނުވާ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މި ދައުވާތައް އަނބުރާ ފޮނުވާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް