Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އައި އޭމް ވެކްސިނޭޓެޑް ކެމްޕެއިން

ރާއްކާތެރި ފަތުރުވެރިކަމަކަށް "އައި އޭމް ވެކްސިނޭޓެޑް" ކެމްޕެއިން ފަށައިފި

ކެމްޕެއިން ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 28 އެޕްރީލު 2021 | ބުދަ 14:54
އައި އޭމް ވެކްސިނޭޓެޑް ކެމްޕެއިން ލޯންޗުކުރުން

އައި އޭމް ވެކްސިނޭޓެޑް ކެމްޕެއިން ލޯންޗުކުރުން

ކޮވިޑް-19 ބަލިމަޑުކަމާއި އެކު ވެސް ރާއްޖޭގެ ފަތުރުވެރިކަމަކީ ރައްކާތެރި ފަތުރުވެރިކަމަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ގައި މަސައްކަތްކުރާ އެންމެންނަކީ ކޮވިޑް-19ން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ބަޔަކަށް ހެދުމަށް "އައި އޭމް ވެކްސިނޭޓެޑް" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

އައި އޭމް ވެކްސިނޭޓެޑް ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްދެއްވީ ބުދަ ދުވަހު އެކަމައްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ.

Advertisement - businessAdvertisement

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފެށި މި ކެމްޕެއިންގެ މަގުސަދަކީ ދުނިޔޭގެ އެންމެ ފުރަތަމަ ފުލީ ވެކްސިނޭޓެޑް ޓޫރިޒަމެއް ގާއިމް ކުރާ ގައުމަށް ރާއްޖެ ހެދުމެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ކޮވިޑް-19 ވެކްސިން ޖަހައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހަރަކާތްތެރިވާ މުވައްޒަފުންނަކީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅައިގެން ތިބި ބަޔަކަށް ހެދުމަކީ މި ކެމްޕެއިންގެ އެންމެ ބޮޑު އަމާޒެވެ. މި ކެމްޕެއިނުގެ ދަށުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ހާއްސަ ބެޖެއް ދޭން ވަނީ ނިންމާފައެވެ.

ކެމްޕެއިން ލޯންޗުކޮށްދެއްވާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ގާއިމް ކުރި ޓޫރިޒަމް ޕްރޮޓޮކޯލް އަކީ މުޅި ދުނިޔެއިން ބަލައިގަނެފައިވާ ޕްރޮޓޮކޯލެއް ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ގައުމުތަކުގެ އިތުބާރު ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2020 ވަނަ އަހަރު ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއިން ކާމިޔާބު ކުރި ކުރުމާއި ސީއެންއެން އިން 2020 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ އިންޓަނެޝަނަލް ސަކްސެސް ސްޓޯރީ އަކީ ރާއްޖެ ކަމަށް ލޭބަލް ކުރިކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް އިތުބާރު ދައްކައިދޭ މިސާލުތައް ކަމަށެވެ.

މި ހިސާބަށް ރާއްޖެއަށް އާދެވިފައި މިވަނީ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރޭވުންތައް ރާވައި އެ ރޭވުންތައް ތަންފީޒު ކުރުމުގައި ސަރުކާރާއި ސިއްހީ ދާއިރާއާއި ކަމާގުޅޭ އެހެން ފަރާތްތަކާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވަނީ ކޮވިޑް-19 ބަލިމަޑުކަމާއި އެކު ފަތުރުވެރިން ގައުމުތަކަށް ދަތުރުކުރާއިރު އެންމެ ބޮޑަށް ބަލާ ކަމަކީ ގައުމުތަކުގެ ސިއްހީ ރައްކާތެރިކަން ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ ފުރަތަމަ ފުލީ ވެކްސިނޭޓެޑް ފަތުރުވެރިކަމަށް ވުމުން ފަތުރުވެރިންގެ މެދުގައި ރާއްޖެއާމެދު އޮންނަ އިތުބާރު މިހާރަށް ވުރެ އިތުރުވެ، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޔަގީންވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ދުވަސްތަކެއް ކަމަށާއި އެހެން ނަމަވެސް އެ ގޮންޖެހުންތަކާއި އެކުވެސް ރާއްޖެ ޓްރެވަލް ރާޑަރުން އްލުނަ ނުދީ ހިފެހެއްޓުމަށް އެމްއެމްޕީއާރުސީ އިން ހާލަތާ ގުޅޭ ގިނަ މަސައްކަތްތައް ކުރިކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ފެބްރުއަރީ ހަތަރު ވަނަ ދުވަހު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާ އިރު، ޓޫރިސްޓު ރިސޯޓުތަކުގައި މަސައްކަތްކުރާ 99 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 8،000 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި

އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި

04 އޮކްޓޯބަރު 2017
އެޕަލް އައިފޯން 10 އަކުން ވެސް އެންމެ ބޮޑު ފައިދާއެއް ވާދަވެރި ސެމްސަންގްއަށް

އެޕަލް އައިފޯން 10 އަކުން ވެސް އެންމެ ބޮޑު ފައިދާއެއް ވާދަވެރި ސެމްސަންގްއަށް

03 އޮކްޓޯބަރު 2017
 ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި

ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި

20 ޖުލައި 2017
އައިޕީއޯގެ ކާމިޔާބީން ދައްކައިދެނީ އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާ މެދު އިންވެސްޓަރުންނަށް އިތުބާރު އޮތުން: ސީއީއޯ

އައިޕީއޯގެ ކާމިޔާބީން ދައްކައިދެނީ އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާ މެދު އިންވެސްޓަރުންނަށް އިތުބާރު އޮތުން: ސީއީއޯ

24 ޖޫން 2017
އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

02 ޖޫން 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު