Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާދިއްފުށްޓާއި، މާވަށުގައި އަލުން ވޯޓުލުން

ގާދިއްފުށްޓާއި، މާވަށުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވާކަށް ނުޖެހޭ - ޝަރީފު

މި 2 ރަށުގައިވެސް ވޯޓުލުން އަލުން ކުރިއަށްގެންދަން ނިންމާފަައިވަނީ ދާއިރާ ނޫން ބަޔަކު އެ 2 ރަށުގެ ކައުންސިލަށް ވޯޓުލާފައިވާތީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 އެޕްރީލު 2021 | އަންގާރަ 05:52
އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރޭ

އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރޭ

ތ. ގާދިއްފުއްޓާއި ލ. މާވަށުގައި ވޯޓަށް ރީ-ރަޖިސްޓްރީވާކަށް ނުޖެހޭކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި އިއުލާން ނުކުރިނަމަވެސް އިލެކްޝަނަށް އަންނަ ޝަކުވާތަކާ ގުޅިގެން ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދެރަށުގައި އިންތިޚާބު ބޭއްވި ކަމުގައި ވީނަމަވެސް އަލުން ރީ-ރަޖިސްޓްރީވާކަށް ނުޖެހޭނެކަމަށެވެ. އަދި ވޯޓުލުން ކުރިއަށް ގެންދާނީ ހަމައެކަނި މައްސަލަ ޖެހުނު ފޮށީގައި އެކަނި ކަމަށެވެ. އެހެންކަމަށްވުމުން އެފޮއްޓަށް ކުރިންވެސް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެއެވެ.

Advertisement - newsAdvertisement

މިމަހުގެ 10 ވަނަ ދުވަހު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލާން ނިންމާފައިވާއިރު، މި 2 ރަށުގައި ވެސް ވޯޓުލުން އަލުން ކުރިއަށްގެންދަން ނިންމާފަައިވަނީ ދާއިރާ ނޫން ބަޔަކު އެ 2 ރަށުގެ ކައުންސިލަށް ވޯޓުލާފައިވާތީކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.

ޝަރީފު ވިދާޅުވެފައިވަނީ ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ހަސަނާއި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ ޢަބްދުލްޙާދީއާ ދެމެދުކަމަށެވެ. އަދި މާވަށުގައި ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓު އެކަނިކަމަށް އީސީން ބުނެއެވެ. މި 2 ރަށުގައި ވޯޓުލުން އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަން ކޮމިޝަނުން ފަހުން އިޢުލާން ކުރައްވާނެކަމަށާއި، 2 ރަށުގައި ވެސް ވޯޓުލެވޭނީ، ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނިކަމަށް ވެސް އީސީގެ ރައީސް ވިދާޅުވެފައިވެއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3،814 ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރި 2،234 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރެއްވި 1،580 ކެންޑިޑޭޓުންނެވެ. އިންތިޚާބުގައި އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ނަމަކުން ބޯޑަކުން ރައީސް މައުމޫން ފަހަތަކަށް ނުޖެހޭނެ: ނާދިރާ

01 އެޕްރީލު 2017
ނަމަކުން ބޯޑަކުން ރައީސް މައުމޫން ފަހަތަކަށް ނުޖެހޭނެ: ނާދިރާ
30 މާރިޗު 2017

ބިރެއް ނުދެއްކޭނެ، ފަހަތަށްކަށް ނުޖެހޭނަން، ވަރަށް އަވަހަށް ކާމިޔާބު ހޯދާނަން: ޤާސިމް

30 މާރިޗު 2017
ބިރެއް ނުދެއްކޭނެ، ފަހަތަށްކަށް ނުޖެހޭނަން، ވަރަށް އަވަހަށް ކާމިޔާބު ހޯދާނަން: ޤާސިމް
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު