Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މައުމޫން

ނަމަކުން ބޯޑަކުން ރައީސް މައުމޫން ފަހަތަކަށް ނުޖެހޭނެ: ނާދިރާ

ޕީޕީއެމް ޔާމީން ފެކްޝަނުން މަސައްކަތް ކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ބޭރުން- ނާދިރާ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2017 | ހޮނިހިރު 21:41
އައިމިނަތު ނާދިރާ

އައިމިނަތު ނާދިރާ

އޮފީހުގައި ހުރި ދިދަ ނެގިޔަސް، ނަން ބޯޑު ނެގިޔަސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ފެކްޝަނުން ކުރައްވަމުން ގެންދަވާ ކަންތަކާ ގުޅޭ ގޮތުން، ރާއްޖެޓީވީގެ ފަސްދޮޅަސް މިނެޓްގައި ވާހަކަދައްކަވަމުން، ނާދިރާ ވިދާޅުވީ، ރައީސް މައުމޫން މަސައްކަތް ކުރައްވަނީ ނަން ބޯޑަކަށް ނޫން ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ ހައްގުގައި ކަމަށެވެ. ނާދިރާ ވިދާޅުވީ ރައީސް މައުމޫނަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަން ފެއްޓެވުން ކަމަށެވެ. ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ވެސް، ވަރުގަދައަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

"ދިވެހިރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތައް އެއްވެސް ލޮޅުމެއް ނުވަތަ ސިހުމެއް ނާންނާނެ." ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ ރައީސް ޔާމީން ފެކްޝަނުން މަސައްކަތް ކުރައްވަނީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށާއި ރައީސް މައުމޫން އެއްވެސް އިރެއްގައި އެއްވެސް ގާނޫނެއް މުގުރާލާފައެއް ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ ރައީސް އޮފީސް ބަންދުކުރުމުގައި އެއްވެސް ލިޔެކިޔުމެއް ރައީސް މައުމޫނާ ހިއްސާކޮށްފައިނުވާ ކަމަށާއި ސަރުކާރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރި ނަމަވެސް ރައީސް މައުމޫނުގެ މަސައްކަތައް ހުއްޓުމެއް ނުގެނެވޭނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ، މިއަދުގެ ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރަނީ އެ ޕާޓީއަށް ތާއީދު ނެތުމުން ކަމަށެވެ.

"ސިވިލް ކޯޓުގެ ހުކުމައި ވަނީ ޕާޓީގެ މުސްތަޝާރުގެ ބެލުމުގެ ދަށުން ބައްދަލުވުމެއް ބޭއްވުމަށް. އެކައުންސިލްގެ މެންބަރުންނަށް ލިޔެފައި އޮންނަ އެއްޗެއް ކިޔަން ނޭނގުމާއި ފަހުމް ނުވުމަކީ، ޕީޕީއެމްގެ ރައީސްގެ މައްސަލައެއް ނޫން. ޕީޕީއެމްގެ މުސްތަޝާރަކީ،ޕާޓީ ހިންގުމުގައި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގެ އެއްވެސް އަމަލީ ދައުރެއް އޮތް ފަރާތެއް ނޫން ކަމަށް." ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވަނީ ރައީސް މައުމޫން އެ ޕާޓީގެ ރައީސް ވަކި ކުރެއްވުމުގައި ވެސް ގައުމީ ޖަލްސާއެއް ބާއްވާ ގައުމީ ޖަލްސާގެ ތިން ބައި ކުޅަ އެއްބައި އެކަމަށް ތާއީދު ކުރައްވަން ޖެހޭނެ ކަމަށެވެ. ޕީޕީއެމްގެ ރައީސްކަމުން މައުމޫން ވަކި ކުރެއްވީވެސް ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއްޤައްޔޫމްގެ އޮފީސް ބަންދުކުރުމަށް، ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށް، ފުލުހުން އެ އޮފީސް ބަންދުކޮށްފައިވާ އިރު، ރައީސް މައުމޫން އަންނަނީ ފާޅުގައި، ދިވެހި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ އަމިއްލަ ނަންވެސް ބޭނުން ކުރެވޭނެ ކަމާ މެދު ސުވާލު އުފައްދާ، އެއްވެސް ކުށަކަށް އަރައިގަންނަން ބޭނުން ނުވާ ކަމަށް ބުނެ، ޓްވިޓާގައި ވަނީ އެކަމާމެދު އެމަނިކުފާނު ވަނީ ވާހަކަ ދައްކަވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު