Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤުރުއާން އުގަންނައިދިނުމުގެ ޕްރޮގްރާމް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި

މެލޭޝިޔާ އިން 66 ބައިވެރިން، ސްރީލަންކާއިން 25 ބައިވެރިން އަދި އިންޑިޔާ އިން 8 ބައިވެރިން މި ޕްރޮގްރާމްގައި ރަޖިސްޓަރީ ކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 އެޕްރީލު 2021 | ހޯމަ 10:12
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ހަފްލާގެ ތެރެއިން

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ހަފްލާގެ ތެރެއިން

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް އިފްތިތާޙުކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އަދި، މިގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މިފަދަ މަސައްކަތްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން ޝާމިލުކުރުމަށް މަސައްކަތްކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި އެމަނިކުފާނުގެ އުންމީދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރީންނަށް ޤުރުއާން އުނގަންނައިދިނުމަށް ހުރި ދަތިކަން ފިލުވައިލުމަށް ފަހިވެގެން މި ދިޔަ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ގިނަ ޢަދަދެއްގެ ދިވެހިން މި ޕްރޮގްރާމްގައި ބައިވެރިވެ އޭގެ ފައިދާ ލިބިގަތުމެވެ. އަދި، އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓްރީއާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކުރައްވަމުންގެންދާ މިފަދަ މަސައްކަތްތައް ފާހަގަކޮށް، މިއަދު މި ފެށި ޕްރޮގްރާމް މެދުކެނޑުމެއްނެތި ރަނގަޅަށް ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ގޮވައިލައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ޤުރުއާން ކިޔަވައިދީ އެ އުނގަންނައިދިނުމަކީ އެންމެ މާތް އެއް އަޅުކަންކަމަށާއި، ޤުރުއާން ކިޔަވާ މީހާއަށް ލިބޭ ޘަވާބާއި ދަރުމަ އެ ޤުރުއާން އުނގަންނައިދޭ ފަރާތަށް ވެސް އެއްވެސް އުނިކަމެއް ނެތި ލިބިގެންދާނެ ކަމަށެވެ. ހަމައެހެންމެ ބެލެނިވެރިންނަށް ވެސް މި ޕްރޮގްރާމް ކުރިއަށްއޮތް ދުވަސްތަކުގައި ފެށިގެން ދިއުމަކީ މިނިސްޓަރުގެ ވަރަށް ބޮޑު އުއްމީދެއްކަމުގައި ވިދާޅުވަމުން، މިފަދަ ކަންކަމަށް ސަރުކާރުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ނައިބު ފައިޞަލް ނަސީމަށް ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އާއި ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން މި ޕްރޮގްރާމްގައި މިހާރު ބައިވެރިވެފައިވާ ޤައުމުތަކުގެ އެމްބެސެޑަރުން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ފުރަތަމަ ފެށިގެން މި ދަނީ މެލޭޝިޔާ، ސްރީލަންކާ އަދި އިންޑިޔާ އަށް މި ޕްރޮގަރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައި ބައިވެރިންނާއި އެކުގައެވެ. އެގޮތުން މެލޭޝިޔާ އިން 66 ބައިވެރިން، ސްރީލަންކާއިން 25 ބައިވެރިން އަދި އިންޑިޔާ އިން 8 ބައިވެރިން މި ޕްރޮގްރާމްގައި ރަޖިސްޓަރީ ކޮށްފައިވެއެވެ. އެހެންނަމަވެސް މި ކްލާސްތަކުގައި މިހާރު ކިޔަވަމުންދަނީ މެލޭޝިޔާ އިން 25 ބައިވެރިން، ސްރީލަންކާއިން 14 ބައިވެރިން އަދި އިންޑިޔާ އިން 8 ބައިވެރިންނެވެ. ބައިވެރިންނަށް ފަސޭހަ ވަގުތުތައް ބަލައި އިތުރު ކްލާސްތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު