Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕިއާރްސީ މައްސަލަ

އެމްއެމްޕިއާރްސީ މައްސަލާގައި ސާފުކުރަން ބޭނުންވާ މައުލޫމާތު ސިޓީގައި ބަޔާންކޮށްފައި އޮންނާނެ - ހަސަން ލަތީފް

26 އެޕްރީލު 2021 | ހޯމަ 09:52

މައްސަލަ މިހާރު އޮތް ހިސާބެއް ބެލުމަށް ފޮނުއްވި ސިޓީއަށް އެކަށީގެންވާ ޖަވާބެއް ކޮމިޓީން ނުދެއްވާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 އެޕްރީލު 2021 | ހޯމަ 09:52
ހަސަން ލަތީފް - އޭނާ ވިދާޅުވީ ބޭނުންވާ މައުލޫމާތު ވަރަށް ސާފުކޮށް ސިޓީގައި ބަޔާންކޮށްފައި އޮންނާނެ

ހަސަން ލަތީފް - އޭނާ ވިދާޅުވީ ބޭނުންވާ މައުލޫމާތު ވަރަށް ސާފުކޮށް ސިޓީގައި ބަޔާންކޮށްފައި އޮންނާނެ

އެމްއެމްޕިއާރްސީ މައްސަލާގައި ސާފުކުރަން ބޭނުންވާ މައުލޫމާތު ވަރަށް ސާފުކޮށް ސިޓީގައި ބަޔާންކޮށްފައި އޮންނާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވެފައިމިވަނީ، އެމްއެމްޕީއާރްސީ މައްސަލަ މިހާރު އޮތް ހިސާބެއް ބެލުމަށް ފޮނުއްވި ސިޓީއަށް އެކަށީގެންވާ ޖަވާބެއް ކޮމިޓީން ނުދެއްވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުރީ ސަރުކާރާއި މިސަރުކާރުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އެހާރާއި މިހާރުގެ މަޖިލިސް މެންބަރުން ވެސް ހިމެނޭކަމަށާއި، ނަމަވެސް އެ މައްސަލަ ނުބެލި ދިގުލައިގެންދާތީ، އަވަސްކޮށްދެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ މަޖިލީހުގެ ރައީސްއަށް މާރިޗު މަހުގެ 21 ވަނަ ދުވަހު ވަނީ ސިޓީއެއް ފޮނުވާފައެވެ.

އެމްއެމްޕީއާރުސީގެ ވައްކަމާ ޚިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި، ސަލާމަތީ ޚިދުމަތްތަކުގައި ކުރީގައިމަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި، ޝަރުޢީ ދާއިރާގައި ކުރީގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި، މިނިވަން މުއައްސަސާތަކުގައި ކުރީގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތްތަކާއި އަދި މިހާރު ވެސް މެމްބަރު ކަމުގައި ތިއްބެވި ފަރާތްތަކާއި، ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅުން ހިމެނޭކަމަށެވެ. މިކަން ދައުލަތުން ހާމަކޮށްފައިވާތީވެ މިހާރު އެމައްސަލަ ގޮސްފައިވާ ހިސާބު ބެލުމަށާއި މިހާރު ސަރުކާރުން އެ މައްސަލާގައި އަމަލުކުރަމުން އަންނަގޮތް ސާފުކޮށްދިނުމަށް ސިޓީގައި އެދިފައިވެއެވެ.

އެސިޓީއާއި ގުޅިގެން މިއަދުގެ ޖަލްސާގައި ސިޓީ އިއްވެވުމަށްފަހު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނި އެސިޓީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުއްވި ކަމަށެވެ. އެހެންނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް ކޮމިޓީގެ މުގައްރިރުގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން މިކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަޒަރު ހުއްޓިފައިވާ މައްސަލައަކަށް ވާތީވެ، އެ މައްސަލާގައި މެމްބަރު ހަސަން ލަތީފު އެދިވަޑައިގެންނެވި މައުލޫމާތު ސާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އަދި ފުލުހުންނަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ އިދާރާތަކުން ޖަވާބު ލިބުމުން އެކަން މެމްބަރުންނާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުން ވެސް އެމަނިކުފާނާ މި މައްސަލައާއި ގުޅިގެން ސުވާލު ކުރައްވާކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް