Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

މައިންޒް އަތުން ބަލިވެ ބަޔާނަށް އިތުރު އިންތިޒާރެއް

24 އެޕްރީލު 2021 | ހޮނިހިރު 16:23

ލީގު ހޯދަން ބަޔާނަށް ދެން ބޭނުންވަނީ އެންމެ މޮޅެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 އެޕްރީލު 2021 | ހޮނިހިރު 16:23
މައިންޒާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މައިންޒް މޮޅުވީ 2-1 ން

މައިންޒާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މައިންޒް މޮޅުވީ 2-1 ން

މައިންޒް އަތުން ބަލިވުމާ ގުޅިގެން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ޖަރުމަން ލީގު ކާމިޔާބުކުރުމަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުން ބަޔާން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވެގެން ބަޔާނަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވެން އޮތް ނަމަވެސް، މިހާރު އެ ޓީމަށް ވަނީ އިންތިޒާރެއް ކުރަން ޖެހިފައެވެ. އެގޮތުން ލީގުގައި ބާކީ އޮތް ތިން މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެގެންވެސް ބަޔާނަށް ލީގު ޗެމްޕިއަންކަން ހޯދޭނެއެވެ.

މައިންޒުގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު މައިންޒުން ވަނީ ލީޑު ނެގިއިރު، މެޗު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޮނަތަން ބާކާޓެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި ރޮބިން ކުއައިސަން ވަނީ ލަނޑެއް ޖަހައި، މައިންޒުގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުން މި މެޗުގައި ބަޔާނުން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ޓީމަށް މެޗުގައި ލަނޑެއް ކާމިޔާބުކުރެވިފައިވަނީ އިތުރު ވަގުތުގައެވެ. މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އައި ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 36 ވަނަ ލަނޑެވެ.

މި ނަތީޖާއާއެކު ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު 31 މެޗުން ލިބުނު 71 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގަށް 30 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. އަދި ބަޔާން ބަލިކުރި މައިންޒް އޮތީ ތާވަލުގެ 12 ވަނައިގައި 30 މެޗުން 34 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން ވުލްފްސްބާގް ބަލިކޮށް ބޮރޫޝިއާ ޑޯޓްމުންޑުން ވަނީ ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފައެވެ. މި މޮޅާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު 31 މެޗުން ލިބުނު 55 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް އެއިންޓްރެކްޓް ފްރެންކްފަޓަށް 30 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ޑޯޓްމުންޑް އަތުން ބަލިވި ވުލްފްސްބާގް އޮތީ ތާވަލުގެ ތިންވަނައިގައި 31 މެޗުން ލިބުނު 57 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް