Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރުން

ޗެމްޕިއަންސް ލީގުގެ އައު ފޯމެޓަށް ކްލޮޕާއި ގާޑިއޯލާގެ ފާޑުކިއުން

24 އެޕްރީލު 2021 | ހޮނިހިރު 09:46

އައު ފޯމެޓުގެ ޗެމްޕިއަންސް ލީގު ފަށާނީ 2024 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 އެޕްރީލު 2021 | ހޮނިހިރު 09:46
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރުމާ ގުޅިގެން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ޔުއެފާއިން ޗެމްޕިއަންސް ލީގުގެ އައު ފޯމެޓް ފާސްކުރީ ދާދި ފަހުން ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބު ހިމެނޭ ގޮތަށް "ޔޫރަޕިއަން ސުޕަ ލީގު" ވުޖޫދުކުރުމާއެކުއެވެ. ޔުއެފާއިން އިއުލާންކުރި ޗެމްޕިއަންސް ލީގުގެ އައު ފޯމެޓުގައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި 32 ޓީމުގެ ބަދަލުގައި 36 ޓީމު ވާދަކުރާނެއެވެ. އަދި ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް 10 މެޗު ކުޅެން ލިބޭއިރު، އެ 10 މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދާ ގަދަ އަށް ޓީމު ދެވަނަ ބުރަށް ދަތުރުކުރާނެއެވެ.

ދެން ލީގުގެ ނުވަވަނައިން ފެށިގެން 24 ވަނައާ ދެމެދު ނިންމާ ޓީމުތައް ދެ ލެގުގެ ޕްލޭއޮފް ބުރެއް ކުޅޭއިރު، އެ ބުރުން ކުރި ހޯދާ އަށް ޓީމު ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. އެހެންކަމުން ދެވަނަ ބުރު ކުރިއަށްދާނީ މިހާރުވެސް މުބާރާތް ކުރިއަށްދާ އުސޫލުން ގަދަ 16 ޓީމުގެ މެދުގައެވެ. ދެން ލީގުގެ 17 ވަނައިން ފެށިގެން 24 ވަނައާ ދެމެދު ނިންމާ ކުލަބުތަކަށް ޔުއެފާ ޔޫރޮޕާ ލީގުގެ ޖާގަ ލިބޭއިރު، އޭގެ ފުލުން ނިންމާ އަށް ޓީމު މުބާރާތުން ކަޓާނެއެވެ.

އެކަމަކު ފޯމެޓަށް ގެނައި ބަދަލާއެކު ކުޅެން ޖެހޭ މެޗުތަކުގެ އަދަދު އިތުރުވުމާއެކު ކްލޮޕާއި ގާޑިއޯލާ ވަނީ ފާޑުކިޔާފައެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ ސުޕަ ލީގު ހުއްޓުމަކަށް އައުމުން ހިތްހަމަޖެހޭ ކަމަށާއި، އެކަމަކު ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރުމުމް އެކަމާ ހިތްހަމަނުޖެހޭ ކަމަށެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ހަ މެޗުގެ ބަދަލުގައި 10 މެޗު ކުޅެން ނިންމުމުން، އޭގެ އަސަރުކުރާނީ ކުލަބުތަކާއި ކުޅުންތެރިންނަށް ކަމަށާއި، އަދި ފުޓްބޯޅައިގައި ނިންމުމެއް ނިންމާއިރު، ކޯޗުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުންގެ ކިބައިން އަހާލުމެއް ނޯންނަ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މިފަދަ ނިންމުމެއް ނިންމާއިރު، ކުޅުންތެރިންނަށް ވިސްނާލުން ރަނގަޅު ކަމަށެވެ. އެކަމަކު ލަފާ ދިނަސް އެއާ މެދު ވިސްނާތަނެއް ނުފެންނަ ކަމަށާއި، ކުޅުންތެރިންގެ އަޑުއަހާނެ ބައެއް ނެތް ކަމަށްވެސް ބުންޏެވެ. އަދި ފުޓްބޯޅައިގެ ޝޯ ކުރިއަށްދަނީ އިދާރާތަކުން ބޭނުންވާ ގޮތަކަށް ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގެ އައު ފޯމެޓާ ގުޅިގެން ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޔުއެފާއިން ނިންމާފައިވަނީ އައު ފޯމެޓުގެ ޗެމްޕިއަންސް ލީގު 2024-2025 ވަނަ އަހަރުގެ ސީޒަނުގައި ފެށުމަށެވެ. އަދި މި ފޯމެޓަށް 2033 ވަނަ އަހަރުގެ ނިޔަލަށް މުބާރާތް ކުރިއަށްގެންދަންވެސް ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް