Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުން

"އަމާޒަކީ ރޯދަމަހު ކަރަންޓު ކެނޑުމުގެ ރިސްކު އެންމެ ސިކުންތަކުވެސް ނުނެގުން"

24 އެޕްރީލު 2021 | ހޮނިހިރު 09:52

ފެބުރުއަރީން މެއިމަހުގެ ނިޔަލަށް ކަރަންޓު ބޭނުންކުރާ ނިސްބަތް 11.5 އިންސައްތަ އުފުލޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 އެޕްރީލު 2021 | ހޮނިހިރު 09:52
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ

އަމާޒަކީ ރޯދަމަހު ކަރަންޓު ކެނޑުމުގެ ރިސްކު އެންމެ ސިކުންތަކުވެސް ނުނެގުންކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުޣުނީ ވިދާޅުވީީ ރޯދަމަސް މި ފަހަރު ކުރިމަތިލާފައި މިވަނީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރާ ކަމަށްވާތީ ކަރަންޓު ބޭނުން ކުރުން އިތުރުވާނެކަމަށް ބަލައި ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ނެޓްވޯކްތައް އަޕްގްރޭޑް ކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މި ދުވަސްވަރު ކަރަންޓުގެ މައްސަލަ ކުޑަކުރުމަށް ރައްޔިތުންވެސް ހަކަތަ ސަލާމަތްކުރުމަށް އާދަކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކަރަންޓު ބިލު ބޮޑުވަނީ ޖައްވު ހޫނުވުމުގެ ސަބަބުން ގޭގައި ބޭނުންކުރާ ފިނިކުރާ އާލާތްތަކުން އިސްރާފުވާ ހަކަތަ އިތުރުވެ، ގޭގައި ބޭނުންކުރެވޭ ހަކަތައިގެ ނިސްބަތް މައްޗަށް ދިއުމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ. ކޮންމެ އަހަރެއްގެވެސް ފެބުރުއަރީން ފެށިގެން މެއިމަހުގެ ނިޔަލަށް ކަރަންޓު ބޭނުންކުރާ ނިސްބަތް 11.5 އިންސައްތަ އުފުލޭ ކަމަށާއި، ސްޓެލްކޯއިން ކުރި ދިރާސާތަކުން މާހައުލުގެ ފިނިހޫނުމިނާއި ހަކަތަ ބޭނުންކުރެވޭ ނިސްބަތާ ސީދާ ގުޅުންވާކަން ހާމަވެފައިވާއިރު، މިއަހަރު މީގެ ކުރީ އަހަރުތަކަށް ވުރެ ވެސް ހަކަތަ ބޭނުންކުރާ ނިސްބަތް މަތިވެފައިވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.

އެއްވެސް ކަސްޓަމަރަކަށް ކަރަންޓު ބިލާމެދު ޝައްކު އުފެދޭނަމަ ސްޓެލްކޯއަށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި، ކަރަންޓު މީޓަރާއި މެދު ޝައްކުވާނަމަވެސް އެކަމަށް ޚާއްސަ ފޯމުން ކަންބޮޑުވުން ހުށަހަޅައި ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުގެ ހޫނު މޫސުމުގައި 56 މެގަވޮޓުގެ ހަކަތަ ބޭނުންކުރެވުނު ކަމަށް ރެކޯޑްތަކުން ދައްކާއިރު، މިއަހަރުގެ މިހާތަނަށްވެސް 58 މެގަވޮޓުގެ ހަކަތަ އުފައްދައި ރެކޯޑް އަދަދަކަށް އަރާފައިވާއިރު، މަތީ ވޯލްޓޭޖްގެ ކަރަންޓު ބޭނުންކުރާ ސާމާނު ޕީކް ގަޑިތަކުގައި ބޭނުން ނުކުރުމަށާއި، އެސީ އާއި އައިސްއަލަމާރި ފަދަ ތަކެތި ބޭނުންކުރައްވާއިރު ވީހާވެސް އިސްރާފް ކުޑަވާނެ ގޮތަތްކަށް ބޭނުންކުރެއްވުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެއެވެ.

ރޯދައަށް ވެފައިވާ ތައްޔާރީތަކަށް އަލިއަޅުއްވާލައްވަމުން މުޣުނީ ވަނީ އަމާޒަކީ ރޯދަމަހު ކަރަންޓު ކެނޑުމުގެ ރިސްކު އެންމެ ސިކުންތަކުވެސް ނުނެގުންކަމަށެވެ. ޕީކް ގަޑިތަކުގައި ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ކޮންމެ ދެ އަހަރަކުން އެއް އަހަރު ނެޓްވޯކް އަޕްގްރޭޑްކުރަމުންދާކަމަށް މުޣުނީ ވިދާޅުވިއެވެ. މީގެ އިތުރުން މި މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ފެށި "ގްރޭޓާރ މާލެ އިންޓަރ ކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" ބޮޑު އެހީއެއް ވެދޭނެކަމަށް ވިދާޅުވިއެވެ. މި ގްރިޑްގެ މަސައްކަތް ޖުލައި މަހަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު  ޕްރޮޖެކްޓްގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

26 މެއި 2017

ރޯދަމަހު މޯލްޑިވް ގޭސް ވިއްކާނި ގަޑިތައް ކަނޑައަޅައިފި

26 މެއި 2017
ރޯދަމަހު މޯލްޑިވް ގޭސް ވިއްކާނި ގަޑިތައް ކަނޑައަޅައިފި
18 މެއި 2017

ފަޅު ރަށްރަށުން ކުރުނބަ އާއި ކާށި އަޅައިގެން، ރޯދަމަހު މާރުކޭޓްގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި

18 މެއި 2017
ފަޅު ރަށްރަށުން ކުރުނބަ އާއި ކާށި އަޅައިގެން، ރޯދަމަހު މާރުކޭޓްގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި
13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
23 އެޕްރީލު 2017

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް