Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ވަރުގަދަ ވެލެންސިއާ ބަލިކޮށް ޔޫވީ ކުރިއަށް

22 އެޕްރީލު 2021 | ބުރާސްފަތި 19:46

ތާވަލުގެ ހަތްވަނައަށް ޔޫވީ ޖެހިލީ 12 ޕޮއިންޓާއެކު

އަތޫފް އާތިފް
އަތޫފް އާތިފް | 22 އެޕްރީލު 2021 | ބުރާސްފަތި 19:46
ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫވީ މޮޅުވީ 3-1 ން

ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫވީ މޮޅުވީ 3-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ވަރުގަދަ ކުލަބު ވެލެންސިއާ ބަލިކޮށް، ތާވަލުގެ ހަތްވަނައަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ޔޫވީ މޮޅުވީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޔޫވީން ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 29 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހައި، ލީޑު ނަގައިފައެވެ. އަލީ އަޝްފާގު (ދަގަނޑޭ) ގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ފޯވާޑް ބޯހަސް މާޓިންނެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޔުވީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް އީސަ (މެސީ) އެވެ. މިއީ އޭރިއާ ތެރެއިން ވެލެންސިއާގެ ޑިފެންޑަރު މެހެރުދާރު ޕޫލާދީ ޔޫވީގެ އަލީ ހައިސަމް (ޗުމްޕު) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ޔޫވީގެ އަނަޓޯލީ ވްލަސީޗޭވަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ހުހަށްހުރެ ފޮނުވާލި ބޯޅަ ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އަލުން ލީޑު ނަގަން ވެލެންސިއާއަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމުގެ އަކުރަމް އަބްދުލް ޣަނީ (އަކޫ) އަށެވެ. އެކަމަކު އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ޔޫވީގެ ގޯލްކީޕަރު ނާޖިހް އަލީ ވަނީ ދިފާއުކޮށްފައެވެ. އެއާއެކު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތު ޔޫވީން ވަނީ ލީޑު ނަގައިފައެވެ. މެސީ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އާރިފް (ބަކާ) އެވެ.

މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާއިން މެޗު ކޮންޓްރޯލް ނަގައި ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 70 ވަނަ މިނެޓުގައި ދަގަނޑޭއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ބޮލުން ދަގަނޑޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔޫވީގެ ގޯލްކީޕަރު ނާޖިހެވެ. އަދި އޭގެ ދެ މިނެޓު ފަހުންވެސް ދަގަނޑޭއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ 83 ވަނަ މިނެޓުގައި ޔޫވީން ވަނީ ލީޑު ފުޅާކޮށްފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެނަޓޯލީއެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މެޗުން މޮޅުވީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށާއި، މި މޮޅާއެކު ޔޫވީން މި ބުރުގައި ހާސިލުކުރަން ބޭނުންވި ކަންތައް ހާސިލުވެއްޖެ ކަމަށެވެ. އަދި އިތުބާރުކޮށް އަލަށް ފުރަތަމަ އެގާރައިން ޖާގަ ހޯދި ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަޚުރުވެރިވާ ކަމަށްވެސް ސާންތި ބުންޏެވެ.

ވެލެންސިއާގެ ކޯޗު މުޙައްމަދު އާތީފް (އާތީ) ބުނީ މެޗުން ބަލިވުމުން އެކަމާ ހިތްހަމަނުޖެހޭ ކަމަށާއި، އެކަމަކު މިއީ މި ބުރުގައި ވެލެންސިއާއިން އެންމެ ރަނގަޅަށް ކުޅުނު މެޗު ކަމަށެވެ. އާތީ ބުނީ މެޗުން ބަލިވުމަކީ ފުޓުބޯޅައިގެ އާދަ ކަމަށާއި، އެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

މި ނަތީޖާއާއެކު ތާވަލުގެ ހަތްވަނައަށް ޔޫވީ ޖެހިލިއިރު، އެ ޓީމަށް ކުޅުނު 14 މެޗުން ވަނީ 12 ޕޮއިންޓް ލިބިފައެވެ. އެއާއެކު ތާވަލުގެ ފުލަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް( ސަސް) ވެއްޓުނުއިރު، އެ ޓީމަށް ވަނީ 13 މެޗުން 12 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ޔޫވީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ޔޫވީ އަތުން ބަލިވި ވެލެންސިއާ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 13 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 13 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ބަލިވުމުން މާޒިޔާގެ ލީޑު ވަނީ ހަތް ޕޮއިންޓަށް ފުޅާވެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް