Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަގަނޑޭއަށް ސާންތި ތާރީފުކުރުން

"ދަނޑުމަތީގައި ގޮނޑިއަކު ދަގަނޑޭ ބޭންދިޔަސް އެއީ އިދިކޮޅު ޓީމަށް ޕްރެޝަރު"

މި ސީޒަނުގައި ދަގަނޑޭ ވަނީ ވެލެންސިއާއަށް ފަސް ލަނޑު ކާމިޔާބުކޮށްދީފައި

އަތޫފް އާތިފް
އަތޫފް އާތިފް | 22 އެޕްރީލު 2021 | ބުރާސްފަތި 16:44
ސަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)

ސަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)

ކުލަބު ވެލެންސިއާގެ މުޅި ޓީމު ބިނާވެފައި އޮތީ ރާއްޖޭގެ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ.

މި ސީޒަނުގައި މިހާތަނަށް ދަގަނޑޭއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ފަސް ލަނޑު ވެލެންސިއާއަށް ކާމިޔާބުކޮށްދީފައެވެ. އަދި ވެލެންސިއާއިން ޖެހި ގިނަ ލަނޑުތަކެއްގައި ދަގަނޑޭގެ ހިއްސާ ބޮޑެވެ.

މިހާތަނަށް ދަގަނޑޭއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު އެއް ސަބަބަކީ މި ފަހުން އޭނާއަށް ކުރިމަތިވި އަނިޔާގެ ގިނަ މައްސަލަތަކެވެ. މީގެ ކުރިން ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ވަނީ ދަގަނޑޭ އަނިޔާގައި ހުރި ނަމެވެސް، ވެލެންސިއާއަށް އެހީތެރިވަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ބޭނުންވަނީ ދަގަނޑޭ އެއްކޮށް ރަނގަޅުވެގެން މެޗުތަކުގައި ކުޅުން ކަމުގައިވެސް އާތީ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރާ މެޗުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާންތި ބުނީ ވެލެންސިއާގެ މުޅި ޓީމު ބިނާވެފައި އޮތީ ދަގަނޑޭއަށް ކަމަށާއި، އެގޮތުން މި ސީޒަނުގައި ވެލެންސިއާ މިހާރު އޮތް ހިސާބަށް އައުމުގައި ދަގަނޑޭގެ ހިއްސާ ބޮޑު ކަމަށެވެ. އަދި ވެލެންސިއާގެ ސްކޮޑަށް ބަލާނަމަ ކޮންމެ ފަދަ މެޗެއްގައިވެސް ނަތީޖާ ނެރެވޭނެ ތިބީ ދެ ކުޅުންތެރިން ކަމަށާއި، އެއީ ދަގަނޑޭގެ އިތުރުން އަލީ ފާސިރު (ސެންޓޭ) ކަމަށްވެސް ބުންޏެވެ.

ސާންތި ބުނީ ދަނޑުމަތީގައި ދަގަނޑޭ ގޮނޑިއެއްގައި ބޭންދިޔަސް އިދިކޮޅު ޓީމުގެ ގޯލާ ކައިރީއްޖެނަމަ އަދިވެސް ނުރައްކާކުރާނެ ކަމަށެވެ. އަދި މި ވަގުތު ދަގަނޑޭ ފޯމުން ކަޓާފައި ހުރި ނަމަވެސް، އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ފަހު ލަނޑަކީވެސް ދަގަނޑޭގެ ކުޅަދާނަކަމުން ވެލެންސިއާއިން ކާމިޔާބުކުރި ލަނޑެއް ކަމަށްވެސް ބުންޏެވެ.

މި ސީޒަނުގައި ދަގަނޑޭގެ ކެޕްޓަންކަމުގެ ދަށުން ވެލެންސިއާއިން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާއިރު، ލީގުގައި އެ ޓީމު މިހާތަނަށް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެއާއެކު ވެލެންސިއާ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 12 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑަކާއެކު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތްއިރު، ބުރާސްފަތި ދުވަހުގެރޭ ޔޫވީ ބަލިކޮށް، ވެލެންސިއާއަށް މާޒިޔާގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

ދިވެހި ޕްރިމިއާ ލީގު: ދަގަނޑޭގެ ލަނޑުން ގްރީންގެ މައްޗަށް ނިއު ކުރިހޯދައިފި

18 އޯގަސްޓު 2017
ދިވެހި ޕްރިމިއާ ލީގު: ދަގަނޑޭގެ ލަނޑުން ގްރީންގެ މައްޗަށް ނިއު ކުރިހޯދައިފި
05 އޯގަސްޓު 2017

ދިވެހި ޕްރިމިއާ ލީގު: ދަގަނޑޭ އެނބުރި އައިސް ޖެހި ހިތްގައިމު ލަނޑުން ނިއު މޮޅުވެއްޖެ

05 އޯގަސްޓު 2017
ދިވެހި ޕްރިމިއާ ލީގު: ދަގަނޑޭ އެނބުރި އައިސް ޖެހި ހިތްގައިމު ލަނޑުން ނިއު މޮޅުވެއްޖެ
16 ޖުލައި 2017

ސާޖަރީ އަށްފަހު ނިއުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާން ފަށައިފި

16 ޖުލައި 2017
 ސާޖަރީ އަށްފަހު ނިއުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާން ފަށައިފި
30 މެއި 2017

އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

30 މެއި 2017
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް
28 މެއި 2017

އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި

28 މެއި 2017
އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި
21 މެއި 2017

ދަގަނޑޭ އަނެއްކާވެސް ނިއުރޭޑިއަންޓާ ގުޅިއްޖެ

21 މެއި 2017
ދަގަނޑޭ އަނެއްކާވެސް ނިއުރޭޑިއަންޓާ ގުޅިއްޖެ
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު