Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: ދަގަނޑޭގެ ލަނޑުން ގްރީންގެ މައްޗަށް ނިއު ކުރިހޯދައިފި

ގްރީން އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 18 އޯގަސްޓު 2017 | ހުކުރު 14:06
އަލީ އަޝްފާގް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އަލީ އަޝްފާގް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ލަނޑުން ގްރީން ސްޓްރީޓްގެ މައްޗަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުރިހޯދައިފި އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗު ގްރީންއާ ވާދަކޮށް ނިއު އިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ނިއު އެވެ. އެޓީމުން ވަނީ ގްރީންގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަކޮށްފައެވެ.

އެގޮތުން 13 ވަނަ މިނެޓުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެޑްރިއަން ގަލާޑޯ ބާރު ހަމަލާއެއް ގޯލަށް ފޮނުވާލާފައިވާއިރު، އެ ބޯޅަ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

ނިއު އިން މެޗުގެ ލީޑު ނެގީ 42 ވަނަ މިނެޓުގައި ދަގަނޑޭ ކާމިޔާބުކުރި ލަނޑަކުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ގްރީންގެ އިފާސް އަށް ބައިކޮޅަށް ފޮނުވާލި ޕާހަކުންނެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ގްރީންގެ މައްޗަށް ނިއު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ނިއު އެވެ. އެޓީމުންދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން 71 ވަނަ މިނެޓުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ތަނަވަސްކޮށްދިން ފުރުސަތަކުން ދަގަނޑޭ އަށް ވަނީ އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް އޮއްޕޮ ޕެނެލްޓީ އޭރިޔާ ތެރެއަށް ތިރިތިރިން ފޮނުވާލި ބޯޅަ ދަގަނޑޭ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވިއެވެ.

މެޗުގެ ފަހު 10 މިނެޓު ތެރޭގައި ގްރީން އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ވަނީ ނިއުގެ ހާފަށް ބާރުބޮޑުކޮށް ފުލުފުލުގައި ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ ފަހުކޮޅު ގްރީން އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ގްރީންގެ ސުބޮލް އިލިއާ ފޮނުވާލި ޕެނަލްޓީ ގޯލަށް ވަތް ނަމަވެސް ބޯޅަ ޖެހުމުގެ ކުރިން އެޓީމުގެ ވިލިއަމް ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމުން ރެފްރީ ވަނީ ޕެނަލްޓީ އަލުން ޖެހުމަށް ނިންމާފައެވެ. އެގޮތުން ދެވަނަ ފަހަރަށް އިލިއާ ޖެހި ޕެނަލްޓީ ގޯލު ދަނޑިއަށް އަމާޒުވެފައިވާއިރު، އޭނާ ވަނީ ރީބައުންސްގައި އައި ބޯޅަ ގޯލުތެރެއަށް ފޮނުވާލާފައެވެ. އެހެންނަމަވެސް ރެފްރީ ނިންމީ އެއީ އޮފް ސައިޑް ގޯލެއް ކަމަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނިއުގެ އާދަމް އަބްދުލްލަތީފް (ލައްޗެ) ބުނީ މެޗަށް ނިއު ނިކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، އެކަން ކުޅުންތެރިންގެ ބުރަ މަސައްކަތުން ހާސިލްކުރެވިފައިވާ ކަމަށެވެ. އެގޮތުން ލައްޗެ ބުނީ ނިއުގެ ހުރިހާ ކުޅުންތެރިންވެސް އެ ކުޅުންތެރިންގެ ކޮލެޓީ ދައްކައިފިނަމަ ހުރިހާ މެޗެއްވެސް ކާމިޔާބުކުރެވޭނެ ކަމަށާއި، ގްރީންއާ ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅަށް އޯގަނައިޒްކޮށްގެން ކުޅެވުނު ކަމަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން ގްރީންގެ ކޯޗު މުހައްމަދު ސޮބާ ބުނީ ފެށުންދިޔައީ ދަށްކޮށް ކަމަށާއި، އެހެންނަމަވެސް ކުޅުންތެރިންގެ ބުރަ މަސައްކަތާއެކު ދެވަނަ ހާފްގައި ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވާ ކަމަށެވެ. އޭނާ ބުނީ މެޗުގައި ބައިކޮޅަށް ވަތް ލަނޑަކީ ގްރީން އިން ދަގަނޑޭ އަށް ދިން ހަދިޔާއެއް ކަމަށެވެ.

މެޗުގައި ގްރީން އިން ބޭކާރުކޮށްލި ޕެނަލްޓީއާ ބެހޭގޮތުން ސޮބާ ބުނީ ޕެނަލްޓީއާ މެދު އޭނާއަށް އެއްޗެއް ބުނަން އެގޭނީ ރިޕްލައި ބަލާލުމަށްފަހު ކަމަށާއި، ގަވައިދުވެސް އޮތްގޮތް ބަލަންޖެހޭ ކަމަށެވެ.

މި ނަތީޖާއާއެކު ނިއު އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހަމަކޮށްފައެވެ. ގްރީންވެސް ވަނީ އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައެވެ. އެގޮތުން ނިއު އޮތީ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ތިންވަނައިގައި އޮތް އިރު، ގްރީން އޮތީ ލަނޑުގެ ތަފާތުން ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު