Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯޖެހި އަހުމަދު މަނިކު އަވަހާރަވުން

މަޝްހޫރު ވިޔަފާރިވެރިޔާ ލޯޖެހި އަހުމަދު މަނިކު އަވަހާރަވެއްޖެ

އަހުމަދު މަނިކު އަވަހާރަވީ އިންޑިއާގެ ބެންގަލޯރުގެ މަނިޕާލަ ހޮސްޕިޓަލުގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 20 އެޕްރީލު 2021 | އަންގާރަ 17:35
ލޯޖެހި އަހުމަދު މަނިކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވަނީ

ލޯޖެހި އަހުމަދު މަނިކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވަނީ

މަޝްހޫރު ވިޔަފާރިވެރިޔާ ލޯޖެހި އަހުމަދު މަނިކު އަވަހާރަވެއްޖެއެވެ.

އާއިލާ އިން ބުނި ގޮތުގައި އަހުމަދު މަނިކު އަވަހާރަވީ އިންޑިއާގެ ބެންގަލޯރުގެ މަނިޕާލަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަންގާރަދުވަހު އިރުއޮއްސުނު ވަގުތުއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ލޯޖެހި އަހުމަދު މަނިކަކީ ވަރަށް ކުރީ ސަފުގައި ގުނާލެވުނު ބޭފުޅެކެވެ. އޭނާގެ ޚިދްމަތް މި ދާއިރާއިން ފެށިފައިވަނީ މީގެ 50 އަހަރު ކުރިންނެވެ. އެގޮތުން 1982 ވަނަ އަހަރު އަމިއްލަ ވިޔަފާރިއެއް ފައްޓަވައި އަމިއްލަ ފޯމިއުލާއެއް ބޭނުންކުރައްވައިގެން "ޑޮން ޑޮން"ގެ ނަމުގައި އަމިއްލަ ބުއިމެއް އުފައްދަވަން ފެއްޓެވިއެވެ. އެ ފޯމިއުލާ ވެގެންދިޔައީ ހަމައެކަނި އަހުމަދު މަނިކު ފިޔަވައި އެހެން ފަރާތަކަށް ނޭނގޭ ސިއްރު ފޯމިއުލާއަކަށެވެ. 

މިއަދު "ތްރީ ޗޮއިސް“ގެ ނަމުގައި ދިވެހިންގެ ތެރެއަށް މަޝްހޫރުވެފައިވާ ފިނިބުއިންތައް ތައްޔާރު ކުރުމުގެ މަސައްކަތް 14 އޯގަސްޓް 1989ން ފެށިގެން އޭނާ ކުރައްވަމުން ގެންދެވީ ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެންނެވެ. އަހުމަދު މަނިކުގެ މި ވިޔަފާރި ފުޅާކުރައްވައި ހަރުދަނާ ގޮތެއްގައި ހިންގެވުމަށް 2005 ވަނަ އަހަރު އޭނާ ފެއްޓެވި މަޝްރޫޢުގެ ދަށުން ހޯއްދެވި ކުރިއެރުމަކީވެސް ވަރަށް މުހިންމު ކުރިއެރުމެކެވެ. "ތްރީޗޮއިސް"ގެ ބުއިންތައް އެޅުމަށް އެއްފަހަރަށްވުރެ ގިނަފަހަރު ބިއްލޫރިފުޅި ބޭނުން ކުރެއްވުން ހުއްޓަވާލައްވައި ޒަމާނީ މެޝިނަރީ ބޭނުން ކުރައްވައިގެން އަމިއްލައަށް ތައްޔާރުކުރައްވައި ޕެޓް ފުޅީގައި "ތްރީ ޗޮއިސް“ ބަންދުކުރެއްވުމުގެ މަސައްކަތް 2007 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ކުރައްވަމުންނެވެ.

ލޯޖެހި އަހުމަދު މަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން ގަލޮޅު އަވަށުގެވެސް ވަރަށް އިސް ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވޭ ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ހިލޭސާބަހަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދެވި ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި "ތްރީ ޗޮއިސް“ގެ ބުއިންތައް ހިލޭ ބައްސަވާފައިވެއެވެ. ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަހުމަދު މަނިކަކީ ވަރަށް އިސް ދައުރެއް އަދާކުރެއްވި އަދި އެކްލަބަށް ބޮޑެތި ގުރްބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ވިޔަފާރީގެ ދާއިރާއިން ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް 1997 ވަނަ އަހަރު ސަރުކާރުން އޭނާ އަށް އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އެރުވިއެވެ. އަދި 2009 ވަނަ އަހަރު އޭނާއަށް ދިވެހި ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ އުފެއްދުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް އަރުވާފައެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު

13 އެޕްރީލު 2017
ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު
29 މާރިޗު 2017

ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ

29 މާރިޗު 2017
ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ
26 މާރިޗު 2017

ރައީސް މައުމޫން އުފެއްދެވި ޕާޓީން އެމަނިކުފާނު ވަކިކުރަން ފާސްކޮށްފި

26 މާރިޗު 2017
ރައީސް މައުމޫން އުފެއްދެވި ޕާޓީން އެމަނިކުފާނު ވަކިކުރަން ފާސްކޮށްފި
25 މާރިޗު 2017

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

25 މާރިޗު 2017
ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ
06 މާރިޗު 2017

މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ

06 މާރިޗު 2017
މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު