Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައުދީގެ އިފްތާރު ޕެކޭޗްތައް ބެހުން

ސައުދީގެ އިފްތާރު ޕެކޭޖުތައް ބަހަން ފަށައިފި

ސަޢުދީ ސަރުކާރުން ރާއްޖެއަށް ފޮނުވާފައިވަނީ 290 އިފްތާރް ޕެކޭޖް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 20 އެޕްރީލު 2021 | އަންގާރަ 13:15
ސަޢުދީން ހަދިޔާކުރި އިފްތާރު ޕެކޭޖްތަކާއި އިސްލާމިކް މިނިސްޓަރ ހަވާލުވެވަޑައިގަންނަވަނީ

ސަޢުދީން ހަދިޔާކުރި އިފްތާރު ޕެކޭޖްތަކާއި އިސްލާމިކް މިނިސްޓަރ ހަވާލުވެވަޑައިގަންނަވަނީ

ސަޢުދީ އަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ އިފްތާރް ޕެކޭޖްތައް ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

ސަޢުދީން ހަދިޔާކުރި އިފްތާރު ޕެކޭޖްތަކާއި ރާއްޖޭގެ ފަރާތުން ޙަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގައި ތިބި ފަޤީރުންނަށް ހަދިޔާކުރުމަށް ސަޢުދީ ސަރުކާރުން ރާއްޖެއަށް ފޮނުވާފައިވާ 290 އިފްތާރް ޕެކޭޖް ބެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ސައުދީގެ އިފްތާރް ޕެކޭޖްގައި ހިމެނެނީ، ކުކިން އޮއިލް، މަސްދަޅު، ޓޮމާޓޯ، ޕާސްތާ، ޖޫސް، ހަނޑޫ، ހަކުރު އަދި ފުށް ފަދަ ކާބޯތަކެތިކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ފަޤީރުންގެ ދަފްތަރުގައި މީހުން ތިބި ނިސްބަތަށްވުރެ މަދުން ޕެކޭޖްތައް ލިބުމުގެ ސަބަބުން މިޕެކޭޖްތައް ބެހުމުގައި ބަލަނީ މީހުން މަދުން ތިބި ޢާއިލާތަކަށްކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެގޮތުން 4 މީހުން ނުވަތަ 5 މީހުން ތިބި ޢާއިލާތަކަށް އިފްތާރު ޕެކޭޖްތައް ބެހުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީންވަނީ މިކަމުގައި މިނިސްޓްރީއަށް އެހީތެރިވަމުން އަންނަނީ ޢާއްމުންނަށް އެހީވުމަށް އެކުލަވާލާފައިވާ އެކި ޖަމިއްޔާތަކުން ކަމުގައިވާއިރު، މިހަފްތާގެ ނިޔަލަށް ހުރިހާ އިފްތާރް ޕެކޭޖްތައް ބަހާ ނިމޭނެކަމަށް ބުނެފައެވެ.

ރަމަޟާންމަހާ ދިމާކޮށް ސަޢުދީންވަނީ ރާއްޖެއަށް 25 ޓަނުގެ ކަދުރުވެސް ހަދިޔާކޮށްފައެވެ. މިކަދުރު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ 10944 މީހުންގެ ތެރެއިން ކޮންމެ މީހަކަށް ޕެކެޓެއް ބެހުމަށްވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު