Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގައި ފެންމަތިވަމުންދާ ރޭޕްގެ މައްސަލަތައް

ރޭޕް ފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ހައްގު އަދަބު ދެމުން ގެންދޭތޯ ބެލުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއް- ނަޝީދު

ރާއްޖޭގައި މިފަދަ މައްސަލަތައް ދޭތެރެދޭތެރެއިން އަންނަނީ ފެންމަތި ވަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 19 އެޕްރީލު 2021 | ހޯމަ 06:54
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރޭޕް ފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ހައްގު އަދަބު ދެމުން ގެންދޭތޯ ބެލުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދާދި ފަހުން މާލޭގައި އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހުންގެ މައްސަލައާއި އުމުރުން 14 އަހަރުގެ ކުޑަކުއްޖަކު ރޭޕް ކޮށްފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ ސަރުކާރުގެ އިތުރުން މަޖިލީހުން ވެސް ނުހަނު ކަންބޮޑު ވާ ކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އުމުރުން 14 އަހަރުގެ ކުޑަކުއްޖަކު ރޭޕްކޮށްފައިވާ މައްސަލަ ރައްޔިތުންގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުންދާ ކަމަށެވެ. އެގޮތުން އެ މައްސަލައިގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަނާ ކޮމިޓީން ބައްދަލު ކޮށްފައިވާ ކަމަށެވެ. އަދި މައުލޫމާތު ސާފު ކުރަމުން ދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކުޑަކުއްޖާގެ އިތުރުން އެ ކުއްޖާގެ އާއިލާގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލުންނާ ވެސް ބައްދަލު ކޮށްފައިވާ ކަމަށާއި މި މައްސަލައިގައި ފުލުހެއް ޝާމިލުވާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ބަލައި، އެ ކޮމިޝަނުން ވެސް މައްސަލަ ބަލަމުން ދާ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޖެންޑަރ މިނިސްޓްރީން ބުނީ އެ މައްސަލަ ހުށަހެޅުމުން އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ އެ ކުއްޖާގެ ރައްކާތެރި މާހައުލެއް ހޯދައިނުމަށް ކަމަށެވެ. އެގޮތުން ވަގުތުން ވަގުތަށް ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ. މީގެ އިތުރަށް މައްސަލައިގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނެސް، ކަމާބެހޭ މުއައްސަސާތަކާ އެކު މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.

ރާއްޖޭގައި މިފަދަ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތި ވަމުން އަންނައިރު ހޮނިހިރު ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި އުމުރުން 18 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ.  

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު