Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޖީބުގެ މަރުގެ މައްސަލަ

މަރަށް މަރު ހިފަން އިއްވާފައިވާ ހުކުމް "ޑިޒަރވް" އެއް ނޫން - ހަނާ

18 އެޕްރީލު 2021 | އާދީއްތަ 10:43

ދެން ބޭއްވޭނީ މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވޭ އަޑުއެހުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 18 އެޕްރީލު 2021 | އާދީއްތަ 10:43
ނަޖީބުގެ މަރުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގެ ތެރެއިން

ނަޖީބުގެ މަރުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގެ ތެރެއިން

ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލުމާ ގުޅިގެން ށ.ގޮއިދޫ، ރިހާބު، ފާތިމަތު ހަނާ މެރުމަށް ކޮށްފައިވާ ހުކުމަކީ ލިބެންޖެހޭ ހައްގު އަދަބު ކަމަށް ގަބޫލު ނުކުރާކަމަށް އޭނާ ބުނެފިއެވެ.

ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2012 ޖުލައި 19 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. އަދި އިސްތިއުނާފު މަރުހަލާގައި، ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކޮށްފައި ނުވާތީ، އެ ހުކުމް ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައެޅުމަށް ދައުލަތުގެ ފަރާތުންވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ނަޖީބު މަރާލުމުގައި ބައިވެރިވިކަމަށް ޝަރީއަތުގެ މަރުހަލާގައި ހަނާ ވަނީ އިއުތިރާފު ވެފައެވެ. އެކަމާ ގުޅިގެން ހަނާ ބުނީ، އެގޮތަށް އޭނާ އިއުތިރާފްވީ، އޭރު ކަންތައްތައް ދިމާވި ގޮތުން، ނަޖީބް މަރުވީ އޭނާގެ ސަބަބުން ކަމަށް ކުރިން ގަބޫލުކުރެވުމުން ކަމަށާއި، އެކަމަކު މިހާރު ވިސްނާލުމުން ހަގީގަތަކަކީ އެއީ ނޫންކަން އެނގޭ ކަމަށެވެ. އަދި މިހާރު އޭނާގެ މައްޗަށް އައިސްފައިވާ ހުކުމަކީ ހައްގު އަދަބެއް ކަމަށް ގަބޫލު ނުކުރާކަމަށް ހަނާ ބުންޏެވެ.

ސުޕްރީމް ކޯޓުން އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ނަޖީބު މަރާލި ދުވަހު ކަންކުރި ގޮތް ހަނާ ވަނީ ކިޔައިދީފައެވެ. ހަނާގެ ފަރާތުން ވަކާލާތުކުރެއްވި ދިފާއީ ވަކީލް އަހްމަދު ޝިފާޢު އެންމެ ފުރަތަމަ ވިދާޅުވީ، އާންމުކޮށް ހުޅުވާލައިގެން ދުރައްދައްކާ އަޑުއެހުމެއްގައި އެވާހަކަތައް ކިޔައިދޭން ހަނާ ބޭނުން ނުވާކަމަށެވެ. އަދި އެއީ މައްސަލައިގައި ނިޔާވެފައިވާ މީހާގެ ހުރުމަތަށް ގެއްލުމެއް ލިބިދާނެ ކަންތައްތަކެއް ބަޔާނުގައި ހުރުމުން ކަމަށާއި، މި މައްސަލައިގައި މީގެ ކުރިން ދެއްކި ވާހަކަތަކުގައި ވެސް އެފަދަ ކަންތައްތަކެއް ހުރުމުގެ ސަބަބުން، ހަނާއަށް އިންޒާރުތައް ލިބިފައި ވާތީކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އެހެން ނަމަވެސް، މައްސަލަ ކުރިއަށް ގެންދެވޭނީ ލައިވްކޮށް ކަމަށާއި، ލައިވް ކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ކަނޑާލާނެކަމަށް، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހްމަދު މުއްތަސިމް އަދްނާން، ވިދާޅުވުމުން، ހަނާ ވަނީ އެވާހަކަތައް ޝަރީއަތުގެ މަޖިލީހަށް ކިޔައިދީފައެވެ.

އެދުވަހުގެ ވާހަކަތައް ޝަރީއަތުގެ މަޖިލީހަށް ކިޔައިދެމުން، ހަނާ ބުނީ، މި މައްސަލައިގައި ކުށް ސާބިތުވެފައިވާ އޭނާގެ ލޯބިވެރިޔާ މުއްރަތުގެ މަންމަގެ ގޭގެ މައްސަލައިގައި، ގާނޫނީ ލަފައެއް ހޯދުމަށް ނަޖީބުއަށް ގުޅުމަށް އޭނާގެ ގާތުގައި މުއްރަތު އެދުނު ކަމަށެވެ. އަދި ނަޖީބުއަށް ގުޅުމުން އެރޭ ނަޖީބު މުއްރަތުގެ ގެއަށް އައި ކަމަށާއި، ނަޖީބު އާއި އެއްކޮށް ހަނާ އަދި މުއްރަތު ކޮޓަރިއަށް ވަނީ ވާހަކަ ދައްކާލުމަށް ކަމަށެވެ. އެވަގުތު މަޝްވަރާ ކުރެވުނީ، މުއްރަތުގެ މަންމަގެ ގެޔާއި ގުޅޭ ގޮތުން ކަމަށް ހަނާ ބުންޏެވެ. އަދި ވާހަކަތަކުގެ ތެރެއިން މުއްރަތުގެ މަންމަ ކޮބައިތޯ ނަޖީބް ސުވާލު ކުރިކަމަށާއި، މަންމަ ކޮބައިތޯ ބެލުމަށް މުއްރަތު ކޮޓަރީން ބޭރަށް ނިކުތް ކަމަށެވެ.

ހަނާ ބުނީ، މުއްރަތު ދިޔުމުން ނަޖީބުގެ ފަރާތުން އުނދަގޫވާ ކަންތައްތަކެއް ދިމާވި ކަމަށާއި، ނަޖީބުގެ އިންޓެންޝަން( ނިޔަތް) ރަނަގަޅު ނޫންކަމަށް ގަބޫލު ކުރެވުނު ކަމަށެވެ. އަދި ވާހަކަ ދައްކަމުން ދަނިކޮށް ނަޖީބު ހަނާގެ ފައިގައި ކޮއްޓާ ހެދިކަމަށް އޭނާ ބުންޏެވެ. އަދި ހަނާއަށް ހުންނަނީ ފަންޑިތަ ހަދާފައި ކަމަށާއި، މުއްރަތުއާއި ހަނާއަށް އެކުގައި ނޫޅެވޭނެކަމަށާއި، އެވާހަކަ ހަނާއާ ވަކިން ދައްކާލަން ބޭނުންވާ ކަމަށް ނަޖީބު ބުނި ކަމަށެވެ. އެގޮތަށް ނަޖީބުގެ ވާހަކަތައް ހުރުމުން، އެތަނުގައި ހުންނަން ބޭނުން ނުވެގެން މުއްރަތު ކޮބައިތޯ ބަލައިލުމަށް ދިޔައީ ކަމަށް ހަނާ ބުންޏެވެ.

ހަނާ ބުނީ، ނަޖީބު ކަންތައް ކުރި ގޮތުގެ ވާހަކަ މުއްރަތުއަށް އެވަގުތު ތިރިއަށް ގޮސް ކިޔައިދިން ކަމަށެވެ.އަދި އެވާހަކަތައް ކިޔައިދިނުމުން، މައްޗަށް ދިއުމަށް މުއްރަތު ހަނާ ގާތު ބުނިކަމަށާއި، އޭގެ އިރުކޮޅެއްފަހުން މުއްރަތު އައިއިރު އޭނާ ހުރީ ވަޅިއެއް ހިފައިގެން ކަމަށް ހަނާ ބުންޏެވެ. އަދި އެވަޅި ނަޖީބުގެ ކަރުގައި ޖެއްސުމަށްފަހު ހާނާއާ ދޭތެރޭ ކަންތައް ކުރި ގޮތާމެދު ސުވާލުކޮށް ހަޑިހުތުރު ބަހުން ވާހަކަދެއްކި ކަމަށެވެ. އަދި ނަޖީބުގެ އަނގައިގައި ޓޭޕް އެޅުމަށް ހަނާއަށް އެންގި ކަމަށް ނަޖީބު ބުންޏެވެ.

ހަނާ ބުނީ، މުއްރަތުގެ އެދުމަށް، ނަޖީބުގެ އަނގަޔާއި ލޮލާއި މޫނު ނިވާވާނެހެން ޓޭޕް އެޅިކަމަށާއި، ނޭފަތުގައި ޓޭޕްއަޅާފައި ނުވާނެ ކަމަށެވެ. އަދި ޓޭޕް އެޅުމުން، މުއްރަތު ނަޖީބުގެ ވޮލެޓް ނަގައި، ކޭޝްކާޑުގެ ޕިން ކޯޑު ހޯދިކަމަށެވެ. އަދި ހަނާއާއި އެކުގައި ބޭރަށް ގޮސް އައިޖީއެމްއެޗް ކައިރި ހުރި އޭޓީއެމްއިން ފައިސާ ނަގައިގެން އެ ފައިސާއަށް ކާއެއްޗިއްސާއި ބަނގުރާ ގަނެގެން ގެއަށް އައި ކަމަށް ހަނާ ބުންޏެވެ. ހަނާ ބުނީ، ގެއަށް އައިސް ރާ ބުއިމުގެ ސަބަބުން އޭނާއަށް ނިދުނީ ކަމަށެވެ. އަދި އޭނާއަށް ހޭލެވުނީ މުއްރަތުގެ ހަޅޭކުގެ އަޑަށް ކަމަށް ހަނާ ބުންޏެވެ.

ޝަރީއަތުގެ މަޖިލީހަށް ހަނާ ކިޔައިދިން ގޮތުގައި، ނަޖީބު މަރުވިކަން ހަނާއަށް އެނގުނީ މުއްރަތު އެވާހަކަ ބުނުމުންނެވެ. ހަނާ ބުނީ މުއްރަތު ނަޖީބު މަރާލީ، ނަޖީބު އަޑުގަދަކޮށް ހަޅޭއްލަވާ ހެދުމުން ކަން މުއްރަތުގެ ވާހަކައިން އެނގުނު ކަމަށާއި، ނަޖީބު މަރާލުމުން ވަރަށް ހާސްވި ކަމަށެވެ. ހާއްސަކޮށް ގިނަ ދުވަސްތަކެއް ވަންދެން މުއްރަތުއާ ގުޅިގެން އުޅެފައިވުމުން، އޭނާ ހާސްވެގެން ރޯންފެށުމުން ކަންބޮޑުވި ކަމަށް ހަނާ ބުންޏެވެ. އަދި އެ ހިސާބުން ހަށިގަނޑު ޑިސްޕޯސް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ހަނާ ބުންޏެވެ.

ސްޕްރީމް ކޯޓުގެ އަޑުއެހުމުގައި، ދައުލަތާއި ދިފާއަށް ވެސް ފަނޑިޔާރުން ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައިވެއެވެ. އެގޮތުން، ހުކުމް ކަށަވަރު ކުރުމުގެ މަރުހަލާގައި މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ނުވަތަ ދަށުކޯޓަށް ތަހުވީލު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ވޭތޯ ފަނޑިޔާރު ހުސްނުއްސުއޫދު އައްސަވާފައިވެއެވެ. މި ސުވާލާ ގުޅިގެން ދިފާއުން ބުނީ، ތަހުވީލު ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ބުނީ މައްސަލައިގައި ހައިކޯޓުން ދަށުކޯޓުގެ ހުކުމަށް ތާއީދު ކޮށްފައި ވުމުން،  އާންމު އުސޫލެއްގެ ގޮތުން މި މައްސަލައިގައި ތަހުވީލު ކުރެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.  ދައުލަތުގެ މި ޖަވާބާއި ގުޅިގެން، ފަނޑިޔާރު ވަނީ ގުޅުންހުރި އިތުރު ސުވާލުތައް ކުރައްވާ، ގިނަ ވަގުތު ތަކެއް ވަންދެން، ނިހާއީ ހުކުމް ކަނޑައެޅުމުގެ މަރުހަލާގައި ކުރެވޭނެ ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން އާދީއްތަ ދުވަހު ބާއްވާފައި ވަނީ އެންމެ ފަހުގެ އަޑުއެހުމެވެ. އެހެން ކަމުން، މި އަޑުއެހުމުގައި ދައުލަތާއި ދިފާއުން ވެސް ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. ޝަރީއަތަށް އިތުރު ކަމެއް ސާފު ކުރުމަށް ބޭނުން ނުވާނަމަ، ދެން ބޭއްވޭނީ މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވޭ އަޑުއެހުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް