Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަމަޟާން މަހާއެކު ރެސިޕީތައް ހިއްސާކުރުން

ރަމަޟާން މަހާއެކު ތަފާތު ރެސިޕީތަކުން މީސްމީޑިއާ ފުރާލައިފި

19 އެޕްރީލު 2021 | ހޯމަ 07:53

ކާތަކެތީގެ އިތުރުން އެކި ވައްތަރުވައްތަރުގެ ބުއިންތައް ތައްޔާރު ކުރާނެ ގޮތް ވެސް ހިއްސާކުރާ މިންވަރު ވެސް ވަކި މަދެއް ނޫން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 އެޕްރީލު 2021 | ހޯމަ 07:53
ސުފުރާއެކޭ އެއްފަދައިން މޮޅެތި އަދި ތަފާތު އެކިއެކި ރެސިޕީތަކުން މީސްމީޑިއާ ދަނީ ފުރެމުން

ސުފުރާއެކޭ އެއްފަދައިން މޮޅެތި އަދި ތަފާތު އެކިއެކި ރެސިޕީތަކުން މީސްމީޑިއާ ދަނީ ފުރެމުން

ގިނަބަޔަކު އެންމެ އިންތިޒާރު ކުރާ އެއް މަހަކީ ރަމަޟާން މަހެވެ. މި މައްސަރަކީ ހުރިހާ ގޮތަކުން ވެސް މުސްލިމުންނަށް ޚާއްސަ ވެގެންވާ މައްސަރެކެވެ. މިއީ އަދި އެހެން މައްސަރުތަކާ ތަފާތު މަހެކެވެ. އެންމެ ބޮޑު ތަފާތެއް ފެނިގެން ދަނީ ކެއުމުންނެވެ. ރޯދަވިއްލާ ގަޑިއަށް އެކިއެކި ބާވަތްބާވަތުގެ ކާބޯތަކެތިން ސުފުރާތައް ފުރާލައެވެ. މިހާރު އެންމެ އާއްމު އެއް މަންޒަރަކީ ސުފުރާއެކޭ އެއްފަދައިން ތަފާތު އެކިއެކި ރެސިޕީތަކުން މީސްމީޑިއާ ފުރެމުންދާ މަންޒަރެވެ.

މޮޅެތި ނަންނަމުގައި އެންމެ އާދައިގެ ސޭންޑްވިޗަށްް ވެސް މިހާރުވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ތަރުކާރީގެ ބާވަތްތަކުން ފެށިގެން މަހުގެ ބާވަތްތަކުން ތައްޔާރު ކޮށްލެވޭ ފަސޭހަ އަދި ރަހަމީރު ރެސިޕީތައް ހިއްސާ ކުރެވެމުންދާއިރު ގިނަ ބައެއްގެ ޝައުގުވެރިކަން އަތުލަނީ ރެސިޕީތަކާއެކު ހިއްސާ ކޮށްލާ ފޮޓޯ އަދި ވީޑިއޯތަކުންނެވެ. ބައެއް ވީޑިއޯތަކުން އެތަކެތި ތައްޔާރު ކުރާނެ ގޮތް ދައްކައިދޭއިރު ފޮޓޯއާއެކު ހިއްސާ ކުރާ ރެސިޕީތަކުގައި ލިޔުމުން ވަރަށް ތަފްސީލީގޮތެއްގައި ތައްޔާރު ކުރާނެގޮތާއި ބޭނުން ކުރާނެ ބާވަތްތަކާ އޭގެ މިންތައް ކިޔައިދީފައިވެއެވެ.

ކާތަކެތީގެ އިތުރުން އެކި ވައްތަރުވައްތަރުގެ ބުއިންތައް ތައްޔާރު ކުރާނެ ގޮތްތައް ވެސް ހިއްސާކުރާ މިންވަރު ވެސް މަދެއް ނޫނެވެ.

މި ރެސިޕީތަކުގެ ސަބަބުން ގިނަ ބަޔަކަށް އޭގެ މަންފާ ކުރެއެވެ. އޮފީސްތަކުގައި ބުރަކޮށް އުޅޭ މީހުންނަށް ވެސް ކުޑަ ވަގުތުކޮޅެއްގައި ތައްޔާރު ކޮށްލެވޭ ތަކެތި ދެނެގަނެވި، އެ ތަކެތި ފަސޭހަކަމާއެކު ތައްޔާރު ކުރެވި އިތުރު ބުރައެއް ނުއުފުލާ ފަރުޖައްސާލެވެއެވެ. މީގެ އިތުރުން އައު ތަކެތީގެ އަޖުމަ ބަލާލަން ބޭނުންވާ މީހުންނަށް މިފަދަ ރެސިޕީތަކުގެ އެހީގައި ކޮންމެ ދުވަހަކު ވެސް މުޅިން އައު އަދި ކުރިން ތައްޔާރު ނުކުރާ ކާބޯތަކެތި ތައްޔާރު ކުރުމަށް އެހީވެދެއެވެ. އަދި ހިއްސާ ކުރެވޭ ގިނަ ރެސިޕީތަކަކީ ހަށިގަނޑަށް ފައިދާ ހުރި ތަކެތި ކަމަށް ވާއިރު އޭގެ ސަބަބުން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ މީހުންނަށް ވެސް ފައިދާކުރެއެވެ.

ކޮންމެއަކަސް މި ރެސިޕީތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާއިރު އޭގެ ސަބަބުން ދުވަހަކު ކެއްކުމަށް ޝައުގުވެރިނުވާ މީހުން ވެސް ކެއްކުމަށް ލޯބި ޖައްސައިފިއެވެ. މިކަން ވެސް މީސްމީޑިއާއަށް ބަލާލުމުން ދޭހަވެއެވެ. އެގޮތުން އެ ދުވަހަކު އެމީހަކު ތައްޔާރު ކުރި ކާތަކެތީގެ ފޮޓޯއާއެކު ހިއްސާ ކުރާއިރު އެއީ ކާކުގެ ރެސިޕީއެއް ކަން ވެސް ބައެއް މީހުން ހިއްސާ ކުރެއެވެ. އަދި އެކަކު އަނެކަކަށް އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަން ވެސް ކިޔައިދެއެވެ. މީގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައިވާ ގުޅުންތައް އިތުރަށް ވަރުގަދަވެ، އެކުވެރިކަމާއި އުފާވެރިކަމުގެ ރޫހެއް އާލާވެގެންދެއެވެ.

މިހުރިހާ ކަމަކާއެކު ވެސް ވިސްނާލަންވީ ކަމެއް އެބައޮތެވެ. އެއީ ކިތަންމެ މޮޅު ރެސިޕީއަކަށް ބަލައިގެން ކާތަކެތި ތައްޔާރު ކުރި ނަމަވެސް އިސްރާފު ނުކުރުމަށް ސަމާލުކަން ދިނުމެވެ. އެކަމުން ދުރުހެލިވުމަށް ގަދައަޅާ މަސައްކަތް ކުރަން އެބަޖެހެއެވެ. އިސްރާފު ނުކޮށް ވެސް މޮޅެތި ރެސިޕީތައް ތައްޔާރު ކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2018

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
07 ސެޕްޓެމްބަރު 2017

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟
30 އޯގަސްޓު 2017

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް
25 ޖޫން 2017

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!
20 ޖޫން 2017

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
25 މެއި 2017

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން
24 މެއި 2017

ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟

24 މެއި 2017
ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް