Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަރަންޓީން ނުވެ ދަތުރުކުރެވުން

ދެވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ތެރޭގައި ރިސޯޓް މުވައްޒަފުންނަށް ވެސް ރަށްރަށަށް ދަތުރުކުރެވޭނެ: ޓޫރިޒަމް މިނިސްޓްރީ

ކަރަންޓީންވުމަކާ ނުލައި ދަތުރުކުރެވޭނެ އުސޫލު އެޗްޕީއޭ އިން ވަނީ އާންމުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 އެޕްރީލު 2021 | ހުކުރު 10:25
ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ކުރިއަށްދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ކުރިއަށްދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން

ކޮވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން ރިސޯޓް މުވައްޒަފުންނަށް ވެސް ރާއްޖޭގެ ރަށްރަށަަށް ދަތުރުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ހުކުރު ދުވަހު ކުރި ޓުވީޓެއްގައި މިހެން ބުނެފައިވަނީ އެކަމާ ގުޅިގެން ރިސޯޓް މުވައްޒަފުން ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓް މުވައްޒަފުންނަށް ވެސް ކޮވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ގައިޑްލައިނާ އެއްގޮތަށް ރާއްޖޭގެ ރަށްރަށަަށް ދަތުރުކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީން މިހެން ބުނެފައިވާއިރު ކަރަންޓީންވުމަކާ ނުލައި ދަތުރުކުރެވޭނެ އުސޫލު އެޗްޕީއޭ އިން ވަނީ އާންމުކޮށްފައެވެ. އެގޮތުން މި އުސޫލު ބުނާ ގޮތުން ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުން ކޮވިޑް-19 ވެކްސިން ގެ ދެ ޑޯޒް ފުރިހަމަކުރުމުން، ކަރަންޓީނުވުމަކާ ނުލައި އެ ރަށަކަށް ދަތުރުކުރެވޭނެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީންވުމަކާ ނުލައި އެ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. އެގޮތުން އެ ރަށެއްގައި ބަލި އުޅޭ ނިސްބަތް ފަސް އިންސައްތައަށްވުރެ މަތި ރަށަކުން، އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށާއި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ފަތުރުވެރިން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓް އޮންނަން ނުޖެހޭނެ ކަމަށާއި ކަރަންޓީންވާން ނުޖެހެނޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެހެން ނަމަވެސް ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަންޖެހެއެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓް ހަދަންޖެހެއެވެ.

އެޗްޕީއޭ އިން ބުނީ މި އެންގުމަށް ޢަމަލުކުރަން ފެށުމާއެކު، ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ވެކްސިން ޖެހިފައިވާ ރަށްރަށާއި، ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް އިންސައްތައަށްވުރެ ދަށް ރަށްރަށާއި، ސާމްޕަލްގެ ޕޮޒިޓިވް ރޭޓް ފަސް އިންސައްތައަށްވުރެ މަތި ރަށްރަށް، އެ އެޖެންސީން އާންމު ކުރަމުން ގެންދާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
15 ނޮވެމްބަރު 2023

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

15 ނޮވެމްބަރު 2023
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު