Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

މާލޭގެ ވޯޓުލެވޭ އާބާދީ ނުވަތަ ކަންކަން ނިންމުމުގައި ބަސް ބުނަން ތިބި ރައްޔިތުންގެ އެންމެ 24.07 އިންސައްތަ ވޯޓު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އެޕްރީލު 2021 | ހުކުރު 12:21
ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބަކީ މިހާތަނަށް މާލޭގައި އެންމެ މަދުން ވޯޓުލާން މީހުން ނުކުތް އިންތިޚާބެވެ. ވާދަވެރި އިންތިޚާބެއް ކަމަށް ގިނަ ބަޔަކަށް ފެނުނު ނަމަވެސް، އިންތިޚާބު ނިމިގެން ދިޔަ އިރު އުއްމީދުކުރިވަރާ ގާތަށް ވެސް ވޯޓުލާން މީހުން ނުނުކުމެއެވެ. ގިނަ ސަބަބުތަކެއް ހުރެގެންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިރު، މާލެ ސިޓީގެ މޭޔަރުކަން ކަށަވަރު ކުރި ކެންޑިޑޭޓް، އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒަށް މާލެ ރައްޔިތުންގެ އަޣުލަބިއްޔަތުން އާނއެކޭ ނުބުނެއެވެ.

އަޅުގަނޑު މިހެން މި ދަންނަވަނީ ސަބަބުތަކެއް ހުރެގެންނެވެ. މިފަހަރު މާލެ ސިޓީން ވޯޓުލުމުގެ ހައްގު 51،702 މީހަކަށް ލިބެއެވެ. ނަމަވެސް ވޯޓުލާފައިވަނީ 21125 މީހުންނެވެ. އެއީ މާލޭގެ ވޯޓުލެވޭ އާބާދީގެ 40.8 އިންސައްތައެވެ. މިއީ އަދި ޑރ މުއިއްޒަށް ލިބުނު ވޯޓުގެ އަދަދެއް ނޫނެވެ. އަދި އިންސައްތައެއް ވެސް ނޫނެވެ. ތަފާސް ހިސާބުތަކަށް ބަލާލާނަމެވެ. 21،125 މީހުންގެ ތެރެއިން ސައްހަ ވޯޓު ދީފައިވަނީ 20،140 މީހުންނެވެ. އެއީ މާލޭގެ ވޯޓުލެވޭ އާބާދީގެ 38.95 އިންސައްތައެވެ.

ސައްހަ ވޯޓު ދިން މީހުންގެ ތެރެއިން ވެސް ޑރ. މުއިއްޒަށް ވޯޓު ދިނީ 12،449 މީހުންނެވެ. އެއީ ވޯޓުގެ 61.81 އިންސައްތައެވެ. މިހިސާބުން އަދި މާލޭގެ ރައްޔިތުން ޑރ މުއިއްޒަށް އަޣުލަބިއްޔަތު ދިން ކަމަށް ބުނެވޭކަށް ނެތެވެ. އަދިވެސް ތަފާސްހިސާބުތައް ހުޅުވާލާނަމެވެ. އެމްޑީޕީގެ ސަޕޯޓަރުން ޑރ މުއިއްޒަށް ވޯޓު ދިން ކަމަށް ބުނެ ދައްކާ ވާހަކައަކީ ވެސް ފޮލާއެކެވެ. އެވާހަކަވެސް އަދި ތަފްސީލުކޮށްލާނަމެވެ. ޑރ މުއިއްޒުގެ އަސްލު ސައިޒް ހާމަކޮށްލަން ބޭނުމެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން ވޯޓުލުމުގެ ހައްގު ލިބިގެންވާ 51،702 މީހުން ތިބި އިރު، މި މީހުންގެ ތެރެއިން ޑރ މުއިއްޒަށް ލިބުނީ މާލޭގެ ވޯޓުލެވޭ އާބާދީ ނުވަތަ ކަންކަން ނިންމުމުގައި ބަސް ބުނަން ތިބި ރައްޔިތުންގެ އެންމެ 24.07 އިންސައްތަ ވޯޓެވެ. އާބާދީގެ 4 ބައިކުޅަ 1 ބައި ވެސް ނުލިބެއެވެ. މި އަދަދަށް ބަލާއިރު، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި މާލެ ސިޓީން ޕީޕީއެމަށް ލިބުނު ވޯޓަށް ވުރެ ވެސް ޑރ މުއިއްޒަށް ލިބުނު ވޯޓުގެ އަދަދު ދެބައިކުޅަ އެއްބަޔާ އެއްވަރަށް މަދެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެއިރު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބްދު ﷲ ޔާމީނަށް ލިބިވަޑައިގެންނެވީ މާލޭގެ ވޯޓުލެވޭ އާބާދީގެ 40.5 އިންސައްތައެވެ. އެހެންކަމުން ކުރިން އަޅުގަނޑު މި ރިޕޯޓުގައި ފާހަގަކުރި ގޮތަށް އެމްޑީޕީގެ ސަޕޯޓަރުން ޑރ މުއިއްޒަށް ވޯޓެއް ނުދެއެވެ. އެއިރުވެސް ޕީޕީއެމަށް ލިބުނީ 12 ހާހެއްހާ ވޯޓެވެ. މިފަހަރު ވެސް ލިބުނީ ހަމަ އެ އަދަދެވެ. އެހެންކަމުން އަމިއްލަ ޚިޔާލީ ފޮލާއެއްގެ މައްޗަށް ބުރަވެ ހުރެ ތިމަންނާއަށް އެމްޑީޕީގެ ސަޕޯޓަރުން އަދި މާލޭގެ ރައްޔިތުން ތާއީދު ކުރި ކަމަށް ބުނެވޭކަށް ނެތެވެ. މާލެއިން ލިބުނީ އެންމެ 12،000 އެއްހާ ވޯޓެވެ. އެންމެ 24 އިންސައްތައެވެ.

މިކަމުން ދައްކައިދެނީ 7 އަހަރު ދުވަހު މިނިސްޓަރުކަމުގައި ހުރެގެން އެކުވެރިންނާއި އާއިލާ މީހުންނާއި ތިމާގެ މީހުންނާއި ޕާޓީގެ ކުދިންކޮޅަށާއި ޕީޕީއެމް އޮފީހުން ނެރޭ ލިސްޓްތަކަށް ފުލެޓް ބަހާލުން ރައްޔިތުންނަށް އޯކޭ ނޫންކަމެވެ. މިއިން ދައްކުވައިދެނީ އެއިރުވެސް ޚުދުމުޚުތާރުކަމަށް ބާރުދިން 12 ހާހެއްހާ މީހުން ޑރ މުއިއްޒަށް ބާރުދީ 7 އަހަރު މާލޭގެ ރައްޔިތުންނަށް ކުރި ޖެއްސުން އަލުން ތަކުރާރު ކުރުމަށް ފުރުސަތު ދިން މަންޒަރެވެ. މާލޭގެ ރައްޔިތުންގެ އަޣުލަބިއްޔަތެއް ނެތްތާގައި މާލޭގައި ފިޔާތޮށި ބެނާތަނުން ވި ވައުދުތައް އިންތިޚާބު ކާމިޔާބުވިކަން ޔަގީންވި ދުވަހު ދައްކާކަށް މުއިއްޒަކަށް ނުވެސް އެނގުނެވެ. ދެއްކީ ރައްޔިތުންގެ ލާރިން ވައްކަން ކޮށްގެން ޖަލުގައި އޮތް ކުށްވެރިއަކު މިނިވަން ކުރުމުގެ ވާހަކައެވެ.

ޑރ. މުހައްމަދު މުއިއްޒުމުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު