Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިޒާ ވެކްސިން ޖެހުން

ފައިޒާ ވެކްސިންޖެހުމަށް އެޕޮއިންޓްމެންޓަށް ގަޑިއަށް އައުމަށް އިލްތިމާސްކޮށްފި

ރާއްޖޭގައި މިވަގުތު ބޭނުންކުރުމަށް ހުއްދަ ދީފައިވަނީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް އަދި ފައިޒާ ވެކްސިން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 15 އެޕްރީލު 2021 | ބުރާސްފަތި 16:45
ފައިޒަރ ވެކްސިން

ފައިޒަރ ވެކްސިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ފައިޒާ ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓަށް ގަޑިއަށް އައުމަށް އިލްތިމާސްކޮށްފިއެެވެ.

ބައެއް ނުރައްކާތެރިބަލިތަކަށް ފަރުވާ ހޯދާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ފައިޒާ ވެކްސިން ޖަހަން އޭޕްރީލް 5 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެޕޮއިންޓްމަންޓް އުސޫލުން ބައެއް މީހުންނަށް ފައިޒާ ވެކްސިން ޖަހަން ފަށާފައިވާ ކަމަށެވެ. އެގޮތުން ވެކްސިން ޖަހަނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ޑައިލަސިސް ހަދަމުން އަންނަ މީހުންނާއި، ކެންސަރު ބަލީގެ ފަރުވާއަށް ކީމޯތެރަޕީ ހޯދަމުން އަންނަ މީހުންގެ އިތުރަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ފަދަ ބޭހެއް ބޭނުންކުރަމުން އަންނަ މީހުންނަށްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފައިޒާ ވެކްސިންއަކީ އަދި 18 އަހަރުން ދަށުގެ ކުދިންނަށް ޖަހަން ރާއްޖޭގައި އާންމު ހާލަތްތަކުގައި ހުއްދަ ދީފައިވާ ވެކްސިނަކަށް ނުވި ނަމަވެސް، އެ ހާލަތުގައި ތިބި އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންނަށްވެސް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް އެ އުމުރުފުރާގެ ކުދިންގެ ތެރެއިން ހަކުރު ބަލި އަދި ސިކްލް ސެލް އެނީމިއާ ހުންނަ ކުދިންނާއި، ޑައުން ސިންޑްރޯމް ސިސްޓިކް ފައިބްރޯސިސްއާއި ފުއްޕާމޭގެ ބައެއް އެހެން ބަލިތައް ހުންނަ ކުދިންނަށްވެސް ވެކްސިންޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރަށް އުފެދުމުގައި ހިތުގެ ބައްޔެއް ހުރެ އެކަން ރަނގަޅުކުރަން ސަރޖަރީއެއް ހަދާފައިވާ ކުދިންގެ ތެރެއިން ރަނގަޅު ނުވާ އެ އުމުރުފުރައިގެ ކުދިންނަށް ފައިޒަރ ވެކްސިން ޖެހޭނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަދައިގެން ވެކްސިން ޖަހަން ފަށާފައިވާއިރު، އެޕޮއިންޓްމަންޓަށް މީހުން ގަޑިއަށް ނާންނަކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. ކޮވެކްސް ފެސިލިޓީގެދަށުން ރާއްޖެއަށް ލިބިފައިވަނީ ފައިޒާ ވެކްސިންގެ 5500 ޑޯޒް ކަމުގައިވާއިރު، މި ވެކްސިންގެ ވައިލްއެއް ކަނޑާތާ 6 ގަޑިއިރުގެ ތެރޭގައި ބޭނުންކުރަން ޖެހޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މި ވަގުތުގައި ބޭނުން ނުކުރެވިއްޖެނަމަ 70- ޑިގްރީގައި ބަހައްޓަން ޖެހޭ މި ވެކްސިން ބޭކާރުވެ އެއްލާލަން ޖެހޭކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއާއެކު މި ވެކްސިން ޖެހޭ މީހުންގެ އަދަދު މަދުވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާރު އާންމު އުސޫލުން ބޭނުންކުރަމުން އަންނަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިންއާއި ޗައިނާގެ ސިނޮފާމް ވެކްސިންއެވެ. އޭގެ ތެރެއިން މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ މީހުން ކޮވިޝީލްޑް ވެކްސިންްގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު މިދިޔަ މަހުގެ 15ން ފެށިގެން ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒެވެ. އަދި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން މިހާރު ވަނީ ފަށާފައެވެ. ރާއްޖޭގައި މިވަގުތު ބޭނުންކުރުމަށް ހުއްދަ ދީފައި ވަނީ ކޮވިޝީލްޑް ވެކްސިންއާއި، ސިނޮފާމް އަދި ފައިޒާ ވެކްސިންއެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

21 ނޮވެމްބަރު 2022
1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

07 ނޮވެމްބަރު 2022
1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

24 އޮކްޓޯބަރު 2022
1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

10 އޮކްޓޯބަރު 2022
1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި

1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި

26 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު