Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޕޯޓޯ ކަޓުވާލުމަށްފަހު ޗެލްސީ ސެމީއަށް

ޗެލްސީއަށް ކުރި ލިބުނީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 އެޕްރީލު 2021 | އަންގާރަ 23:21
ޗެލްސީ އާއި ޕޯޓޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕޯޓޯ މޮޅުވީ 1-0 ން

ޗެލްސީ އާއި ޕޯޓޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕޯޓޯ މޮޅުވީ 1-0 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޕޯޓޯ ކަޓުވާލުމަށްފަހު މުބާރާތުގެ ސެމީ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުން އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ޕޯޓޯ އަތުން ޗެލްސީ ބަލިވި ނަމަވެސް، ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުން ޗެލްސީ ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން ޗެލްސީއަށް ކުރި ލިބުނީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ދެ ޓީމަށްވެސް ގޯލާ އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕޯޓޯގެ މެހްދީ ތަރޭމީ ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ ދިފާއުކޮށްފައެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗަށް ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ޕޯޓޯގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ޕޯޓޯއިން ލީޑު ނެގިއިރު، އޯވަހެޑް ކިކަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަރޭމީއެވެ.

މި ނަތީޖާއާއެކު ސެމީގެ ޖާގައެއް ޗެލްސީ ހޯދިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ލިވަޕޫލް ނުވަތަ ރެއާލް މެޑްރިޑާއެވެ. ކުއާޓާގައި ލިވަލާއި ރެއާލް ބައްދަލުކުރާއިރު، އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ރެއާލް ވަނީ 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޗެމްޕިއަންސް ލީގުޗެލްސީޕޯޓޯ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު