Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަބަހާނީ އާއި އީގަލްސްގެ މެޗު

އަބަހާނީ އާއި އީގަލްސްގެ މެޗު ނޭޕާލުގައި ކުޅެން ނިންމައިފި

އެއެފްސީން ވަނީ މި މެޗު މި މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 އެޕްރީލު 2021 | އަންގާރަ 22:03
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ބޫޓާނުގެ ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ބޫޓާނުގެ ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ރާއްޖޭގެ ކުލަބު އީގަލްސް ބައްދަލުކުރާ މެޗު ނޭޕާލުގައި ކުޅެން ނިންމައިފިއެވެ.

މި މެޗު މީގެ ކުރިން ބަންގްލަދޭޝްގައި ކުޅެން މަސައްކަތްކުރި ނަމަވެސް، ކޮވިޑް-19 ގެ ކޭސްތައް އެ ޤައުމުގެ އިތުރުވެ، އެ ޤައުމު ލޮކްޑައުން ކޮށްފައި އޮތުމުން މި މެޗު ބަންގްލަދޭޝްގައި ކުޅެވޭނެ ގޮތް ވަނީ ނުވެފައެވެ. އަދި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިންވެސް މި މެޗު ބަންގްލަދޭޝްގައި ބޭއްވުމަށް އެއްބާރުލުން ދީފައެއް ނުވެއެވެ. އެހެންކަމުން އޭއެފްސީން ވަނީ މި މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅެން ނިންމައި، ދަނޑެއް ހަމަޖެއްސުމަށް އަބަހާނީއަށް މިދިޔަ ހޮނިހިރު ދުވަހުގެރޭގެ ނިޔަލަށް މުހުލަތު ދީފައެވެ.

އެއާއެކު މި މެޗު އިންޑިއާގައި ކުޅެން އަބަހާނީން މީގެ ކުރިން މަސައްކަތްކުރި ނަމަވެސް، އެ ޓީމުން ފަހުން ވަނީ މި މެޗު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުޅެން ހުށަހަޅާފައެވެ. އަދި އޭއެފްސީން އަންގާރަ ދުވަހު ވަނީ ކޮލިފައިން މެޗު ނޭޕާލުގައި ކުޅެން ނިންމާފައިވާކަން ލިޔުމުން އީގަލްސް އާއި އަބަހާނީއަށް އަންގާފައެވެ.

އަބަހާނީ އާއި އީގަލްސްގެ މެޗު ނޭޕާލުގައި ކުޅޭއިރު، މީގެ ކުރިން މި މެޗު ކުޅެން އޭއެފްސީން ތާވަލުކޮށްފައި އޮތީ ބުދަ ދުވަހަށެވެ. އެކަމަކު މި މެޗު ބަންގްލަދޭޝްގައި ކުޅެވޭނެ ގޮތް ނުވުމުން، އޭއެފްސީން މިހާރު ވަނީ މި މެޗު މި މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ. ނަމަވެސް ކޮވިޑުގެ ނުރައްކާ ބޮޑުވެ، ބަނގްލަދޭޝްއިން ވަނީ ބުދަ ދުވަހުން ފެށިގެން ހަފުތާއަކަށް ވައިގެ ދަތުރުތައް ހުއްޓާލަން ނިންމާފައެވެ. އެހެންކަމުން ކޮލިފައިން މެޗު ކުޅުމަށް ނޭޕާލަށް އަބަހާނީ ޓީމު ދެވޭނެ ގޮތެއްވެސް މިހާރު ނެތެވެ.

އަބަހާނީގެ ޓީމު މެނޭޖަރު ސަތުޔަޖީތު ދާސް ރޫޕޫ ބަންގްލަދޭޝް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެ ޓީމުން މަސައްކަތްކުރަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ލަސްވެގެން ނޭޕާލަށް ދިއުމަށެވެ. އެކަމަކު ވައިގެ ދަތުރުތައް ހުއްޓާލުމުން ގޮންޖެހުންތަކެއް ހުރުމުން، އޭއެފްސީއަށް އެކަން އަންގާފައިވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ފަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި އީގަލްސް ވާދަކުރާއިރު، ޕްރިލިމިނަރީ ދެވަނަ ބުރަށް އެ ޓީމު ދަތުރުކުރީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ޕްރިލިމިނަރީ ދެވަނަ ބުރުގައި އަބަހާނީ އާއި އީގަލްސް ބައްދަލުކުރާއިރު، މި ބުރުން އީގަލްސް މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އެ ޓީމު ކުޅެން ޖެހުމުގެ އެންމެ ފުރުޞަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

އޭއެފްސީ ކަޕްއަބަހާނީ ލިމިޓެޑް ޑާކާކުލަބު އީގަލްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު