Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަނުގައި ހަމަނުޖެހުން ހިންގުން

މިއަދު ދިމާވިކަމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާ ކުޑަކަމުން ވެގެންދިޔަ ކަމެއް – ޝަރީފް

13 އެޕްރީލު 2021 | އަންގާރަ 17:32

މިކަހަލަ ހަމަނުޖެހުމެއް މީގެކުރިން ހިނގާފައެއް ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 13 އެޕްރީލު 2021 | އަންގާރަ 17:32
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަން ކޮމިޝަނުގެ އިންތިޚާބީ މަރުކަޒު ކަމަށްވާ ބާ ޖަމާލުއްދީންގައި ހިނގައިދިޔަ ކަންތަކަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާ ކުޑަވެގެން ވީ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސުލްހަވެރިކަމާއެކު ވޯޓުގެ ނަތީޖާ ކަށަވަރު ކުރުމަށް ސެކިއުރިޓީ އުރަތައް ކެނޑުމަށް މަސައްކަތް ކުރަމުން ދަނިކޮށް އިދިކޮޅު ޕާޓީތަކުންނާއި ސަރުކާރު ހިންގާ މައި ޕާޓީގެ އިސްވެރިން ބާ ޖަމާލުއްދީންއަށް އެއްވެ ހިނގިކަމެއް ހިނގީ ޕާޓީތަކުގެ ޒިންމާ ކުޑަވެގެން ކަމަށެވެ.

Advertisement - newsAdvertisement

ޝަރީފް އިތުރަށް ވިދާޅުވީ، އަންގާރަ ދުވަހު ހިނގާދިޔަ ކަންކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށާއި، މީގެ ކުރިން ވަރަށް ވާދަވެރި ފޮށިތައް ކަނޑައިގެންވެސް ނަތީޖާ ބަލާފައިވާނެ ކަމަށާއި، އެކަމަކު މިކަހަލަ ކަމެއް އޭރު ހިނގާފައި ނުވާ ކަމަށެވެ. އަންގާރަ ދުވަހު ހިނގާދިޔަ ކަންކަމާއި ގުޅިގެން ކުރިޔަށް އޮތް ތަނުގައި މިފަދަ ކަމެއް ކުރާނަމަ ކުރާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފަހުގައި ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބީ ކަންކަމުގައި ހޭލުންތެރި މީހުންނަށް ވޯޓު ބަދަލުކުރުން ނުވަތަ ސެކިއުރިޓީ އުރަ ކެނޑުމުން ނަމްބަރު ބަދަލުވާނެ ކަން އެނގޭނެ ކަމަށާއި، ސެކިއުރިޓީ އުރަ ބަންދު ކުރުމަށްފަހު އެ އުރަ ނުކެނޑޭނެ ކަމަށާއި، އުރަ ޖެހޭނީ ވީދާލަން ކަމަށެވެ. އެހެންކަމުން ސެކިއުރިޓީ އުރައިގެ ނަމްބަރު ބަދަލުވާނެކަން އެންމެނަށްވެސް އެނގޭނެ ކަމަށެވެ. ވޯޓު އޮޅުވާލުމާއި، ވޯޓުގެ ނަތީޖާ ބަދަލުކުރުން އެއީ ނުވާނެ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި މިގޮތަށް ވޯޓު ގުނާނަމަ އާންމުންނަށް ވޯޓު ގުނާ ތަނުގައި ހަރަކާތްތެރިވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި، އެކަމަކު ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން އަދި މީޑިއާއަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޝަރީފް ވަނީ އަންގާރަ ދުވަހު ހިނގި ހަމަ ނުޖެހުމާއި ގުޅިގެން ސިޔާސީ ޕާޓީތަކުން ދައްކާފައިވާ ވާހަކަތައް ދޮގު ކުރައްވާފައެވެ. ޝަރީފް ވިދާޅުވީ އީސީން މަސައްކަތް ކުރަނީ އަދި ކުރާނީވެސް ވަކި ފަރާތަކަށް ބުރަ ނުވެ ދެފުށް ފެންނާނެހެން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް