Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެންމެ އަގުބޮޑު ފުޓްބޯޅަ ކުލަބު

ދުނިޔޭގެ އެންމެ އަގުބޮޑު ކުލަބަކަށް ބާސާ

ގަދަ 10 ކުލަބުގެ ތެރޭގައި އިންގްލެންޑުގެ ހަ ކުލަބެއް އެބައޮތް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 އެޕްރީލު 2021 | އަންގާރަ 11:51
ދާދި ފަހުން ރެއާލާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ދާދި ފަހުން ރެއާލާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ފޯބްސް މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުލަބުގެ ލިސްޓުގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާއިން މި ހިސާބުތައް ޖަހާފައިވަނީ މިދިޔަ އަހަރުގެ ރިޕޯޓުތަކަށް ބެލުމަށްފަހުއެވެ. އެގޮތުން މި ލިސްޓުގެ އެއްވަނައިގައި ބާސާ އޮތްއިރު، އެ ކުލަބުގެ އަގަކީ 4.76 ބިލިޔަން ޑޮލަރެވެ. މިއީ މިދިޔަ ދެ އަހަރާ ބަލާއިރު 18 އިންސައްތަ ކުރިއެރުމެކެވެ. އެގޮތުން ބާސާގެ ދަރަނި މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އެއް ބިލިޔަން ޑޮލަރަށްވުރެ އިތުރުވި ނަމަވެސް، މިދިޔަ އަހަރު އެ ކުލަބުގެ އާމްދަނީ އުޅެނީ 792 މިލިޔަން ޑޮލަރުގައެވެ.

މީގެ ކުރިން މި ލިސްޓުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް ދެވަނައަށް ވެއްޓުނުއިރު، އެ ކުލަބުގެ އަގަކީ 4.75 ބިލިޔަން ޑޮލަރެވެ. ދެން މި ލިސްޓުގެ ތިންވަނައިގައި އޮތީ ދުނިޔޭގެ ޗެމްޕިއަން ބަޔާން މިއުނިކެވެ. އެގޮތުން ފޯބްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ކުލަބުގެ އަގަކީ 4.22 ބިލިޔަން ޑޮލަރެވެ.

މި ފަހަރު ފޯބްސްއިން ހާމަކުރި ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުލަބުގެ ލިސްޓުގެ ގަދަ 10 ކުލަބުގެ ތެރޭގައި އިންގްލެންޑުގެ ހަ ކުލަބެއް އެބައޮތެވެ. އެގޮތުން އިނގިރޭސި ކުލަބުތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީ ލިސްޓުގެ ހަތަރުވަނަ ހޯދި މެންޗެސްޓާ ޔުނައިޓެޑެވެ. އެ ޓީމުގެ އަގު އުޅެނީ 4.2 ބިލިޔަން ޑޮލަރުގައެވެ.

މި ލިސްޓުގެ ފަސްވަނައިގައި އޮތް ލިވަޕޫލުގެ އަގު 4.1 ބިލިޔަން ޑޮލަރުގައި އުޅޭއިރު، ހަވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ އަގު އުޅެނީ ހަތަރު ބިލިޔަން ޑޮލަރުގައެވެ. ލިސްޓުގެ ހަތްވަނައިގައި އޮތް ޗެލްސީގެ އަގު 3.2 ބިލިޔަން ޑޮލަރުގައި އުޅޭއިރު، އަށްވަނައިގައި އޮތް އާސެނަލުގެ އަގު އުޅެނީ 2.8 ބިލިޔަން ޑޮލަރުގައެވެ. ދެން ގަދަ 10 ކުލަބުގެ ތެރޭގައި ހިމެނޭ ޕީއެސްޖީއަށް ލިސްޓުގެ ނުވަވަނަ ލިބުނުއިރު، އެ ކުލަބުގެ އަގު އުޅެނީ 2.5 ބިލިޔަން ޑޮލަރުގައެވެ. އަދި 10 ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާގެ އަގު އުޅެނީ 2.3 ބިލިޔަން ޑޮލަރުގައެވެ.

ފޯބްސްއިން ހާމަކުރި ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުލަބުގެ ލިސްޓުގެ ގަދަ 10 ކުލަބުގެ ތެރޭގައި ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން، އެއްވެސް ޓީމެއް ނުހިމެނޭ ލީގަކީ އިޓާލިއަން ލީގެވެ. އެގޮތުން މި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ޔުވެންޓަސް އޮތީ 11 ވަނައިގައެވެ. އަދި އެ ކުލަބުގެ އަގު އުޅެނީ 1.95 ބިލިޔަން ޑޮލަރުގައި ކަމަށް ފޯބްސްއިން ވަނީ ހާމަކޮށްފައެވެ.

ފޯބްސް މަޖައްލާބާސެލޯނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު