Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެންޓިލޭޓަރު މައްސަލަ

"އަޅުގަނޑާއި ނަޝީދާއި ދެމެދަކަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެ"

12 އެޕްރީލު 2021 | ހޯމަ 10:36

އެމްޑީޕީއަކީ ތަފާތު ޚިޔާލުތަކަށް ފުރުސަތު ދީގެން ހިންގާ ޕާޓީއެއްކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 12 އެޕްރީލު 2021 | ހޯމަ 10:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ނަޝީދާއި އެމަނިކުފާނާއި ދެމެދަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙް ވަނީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަކީ ތަފާތު ޚިޔާލުތަކަށް ފުރުސަތު ދީގެން ހިންގާ ޕާޓީއެއްކަމަށް ވިދާޅުވެފައެވެ. މި ސަބަބައްޓަކައި ކޮންމެ ކަމެއްގައި ވެސް މަޝްވަރާކުރުމުގެ އުސޫލު ގެންގުޅޭއިރު، ރައީސް ޞާލިޙްއާއި ރައީސް ނަޝީދާއި ދެމެދު ޚިޔާލު ތަފާތުވާކަންކަން އެބަހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، ވެންޓިލޭޓަރަކަށް އެމަނިކުފާނާއި ރައީސް ނަޝީދާއި ދެމެދަށް ނުވަދެވޭނެކަމަށް ވިދާޅުވިއެވެ. އަދި ދެ ބޭފުޅުންގެ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އެމްޑީޕީއަށް އަދި ޤައުމަށް އެއްވެސް ބުރެލެއް ނާރާނެކަމުގެ ޔަޤީންކަން ރައީސް ޞާލިޙް ދެއްވިއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކި ފަހަރުމަތިން އެމްޑީޕީގެ މެދުގައި އެކި ކަންކަމުގައި ޚިޔާލުތަފާތުވުން އޮތްކަން ހާމަކުރައްވާފައެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެންނަން ފައިސާ ދައްކާފައިވާ އެކަމަކު ނުލިބުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރައްވައި، ވައްކަންކުރާ ސަރުކާރަކާ އެކީ އޮންނަން އެމްޑީޕީ ނޭދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވެންޓިލޭޓަރު މައްސަލައިގައި ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގައި މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އަދި ފެންނާނީ ސަރުކާރުން އެކަމުގައި ބައިވެރިވެފައިވާތަން ކަމަށްވެސް ވިދާުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެކަންކަން ބަދަލުކުރަން ޖެހޭ ކަމަށާއި ދޫނުދެއްވާނެ ކަމަށެވެ. އަދި ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ ނޯންނާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވެންޓިލޭޓަރު މައްސަލައަކީ މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންނަށް ދިމާވި އެންމެ ނާޒުކު ޙާލަތުގައި މިފަދަ ކަމެއް ހިނގުމަކީ ހިތާމަކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ. ސަރުކާރުން ފިނޭންސް މިނިސްޓްރީއާއެކު ވެންޓިލޭޓަރުގެ ކަންކަން ހިނގި ގޮތް ކިޔާދެމުން އައިކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އޭރު ކުރި މަސައްކަތުން އެކި ޓައިމްލައިންތައް އެކުލަވާލިކަމުގައިވިޔަސް ނަތީޖާއެއް ލިބިފައިނުވާކަމަށެވެ.

މި ސަބަބަށްޓަކައި އެޓާނީ ޖެނެރަލް މިހާރު ދަނީ އާބިޓްރޭޝަންއަށް މައްސަލަ ހުށަހެޅުމަށް މަސައްކަތް ކުރަމުންކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ޓްރޭޑް ލޯގެ ދަށުން އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލައަށް އައްޔަންކުރާނީ އިންޓަނޭޝަނަލް އާބިޓްރޭޓަރެއް ކަމަށެވެ. އާބިޓްރޭޝަންގެ މައްސަލަ ކުރިއަށް ދިޔަނަމަވެސް އެ މައްސަލަ ޕީޖީން ވަކިން ބަލަމުންދާނެކަމަށް ޕީޖީން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް