Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިޚާބު

މާލެ އާއި އައްޑޫން އިތުރު ގޮނޑިތަކެއް ލިބުމުގެ ފުރުސަތު އެބައޮތް: އެމްޑީޕީ

12 އެޕްރީލު 2021 | ހޯމަ 02:02

މިއިން ކޮންމެ ދާއިރާއެއްގައި ބާޠިލު ވޯޓުގެ ގޮތުގައި 50-90 ވޯޓުކަރުދާސް ހިމެނިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 އެޕްރީލު 2021 | ހޯމަ 02:02
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނުމުގެ ކަންކަން ކުރިޔަށް ގެންދަނީ

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނުމުގެ ކަންކަން ކުރިޔަށް ގެންދަނީ

ލޯކަލް ކައުންސިލްގެ އިންތިޚާބުގެ މިހާރު ފެންނަންހުރި ނަތީޖާތަކަށް ބަލާއިރު 9 ދާއިރާއެއްގައި އެންމެ ކުރީގައި ތިބި ކެންޑިޑޭޓުންނާއި އެދާއިރާތަކަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުންނާއި ދެމެދުގައި ހުރި ފަރަގު ކުޑަކަމަށް ފާހަގަވާތީ އެދާއިރާތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެމްޑީޕީން ބުނެފިއެވެ.

އެޕާޓީން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު، މާލޭގެ 18 ގޮނޑީގެ ތެރެއިން 5 ގޮނޑި ވަނީ އެމްޑީޕީން ކާމިޔާބު ކޮށްފައި ކަމަށެވެ. އަދި އައްޑޫ ސިޓީގެ 12 ގޮނޑީގެ ތެރެއިން 6 ގޮނޑިވަނީ އެމްޑީޕީން ކާމިޔާބުކޮށްފައި ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެހެންކަމުން އެމްޑީޕީން ގެންދަނީ އެ ވޯޓުފޮށިތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމުގެ މަސައްކަތް ކުރަމުންކަމަށް އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަންކަން އެހެން ހުރުމުން އެމްޑީޕީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުޞަތު އޮތްކަމަށް ފާހަގަކުރާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން މިމޭރުމުން ނޫސް ބަޔާން ނެރެފައިވާއިރު މީގެކުރީ އިންތިޚާބުތަކުގައި އެމްޑީޕީއަށް ބޮޑު އަޣްލަބިއްޔަތެއް ލިބެމުން އައި މާލެ ސިޓީގެ ގިނަ ގޮނޑިތަކެއް މިފަހަރުގެ އިންތިޚާބުގައި ގެއްލިފައިވާއިރު މާލެ ސިޓީގެ މޭޔަރުކަންވެސް ވަނީ އެޕާޓީއަށް ގެއްލިފައެވެ. މީގެއިތުރުން އެމްޑީޕީން ސާފު އަޣްލަބިއްޔަތު ނަގަމުން އަންނަ އައްޑޫ ސިޓީގެ ސާފު އަޣްލަބިއްޔަތު ވަނީ މިފަހަރުގެ އިންތިޚާބުގައި ގެއްލިފައެވެ.

ބައެއް ފޮށިތަކުގެ ވޯޓް އަލުން ގުނައިދިނުމަށް އެދި އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.

ވޯޓްފޮށިތައް އަލުން ގުނަން ހުށައަޅާފައި ވީނަމަވެސް ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ އެއްވެސް ޝަކުވާއެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބުނަމުންނެވެ.

ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން ބޮޑު ނާކާމިޔާބީއަކާއި އެމްޑީޕީއަށް ކުރިމަތިވެފައިވާއިރު އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ މިފަހަރުގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީގެ ކޮމެޓީ އިންތިޚާބުން މުޅި ރާއްޖެއިން އެމްޑީޕީ މޮޅުވެއްޖެ ކަމަށާއި މާލޭގެ އިންތިޚާބުން ނާކާމިޔާބު ވެއްޖެކަމަށް ގަބޫލުކުރައްވާކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް