Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ސޭފަރ އިންޓަނެޓް ޑޭ" ކުރެހުމުގެ މުބާރާތް

"ސޭފަރ އިންޓަނެޓް ޑޭ" ކުރެހުމުގެ މުބާރާތުގެ ވަނަވަނައަށް ދިޔަ ކުދިން ހޮވައިފި

9 އެޕްރީލު 2021 | ހުކުރު 12:46

"ސޭފާ އިންޓަނެޓް އެމްބެސެޑަރ" ސެޓްފިކެޓާއި ބެޖް 12 ދަރިވަރަކަށް ވަނީ ދީފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 9 އެޕްރީލު 2021 | ހުކުރު 12:46
"ސޭފަރ އިންޓަނެޓް ޑޭ" ކުރުމުގެ މުބާރާތުގެ އިނާމު ހާސިލުކުރި ބައެއް ކުދިން

"ސޭފަރ އިންޓަނެޓް ޑޭ" ކުރުމުގެ މުބާރާތުގެ އިނާމު ހާސިލުކުރި ބައެއް ކުދިން

"ސޭފަރ އިންޓަނެޓް ޑޭ" ކުރެހުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ކުދިން ހޮވައިފިއެވެ.

ބައިނަލްއަގުވާމީ ސޭފަރ އިންޓަނެޓު ދުވަހާ ގުޅުވައިގެން ކުޑަކުދިންނަށް ޚާއްސަ ކުރެހުމުގެ މުބާރާތް އިންތިޒާމުކުރީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީންނެވެ. މިއަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު ފާހަގަކުރި "ސޭފަރ އިންޓަރނެޓް ޑޭ"އާ ގުޅިގެން ބޭއްވި މި މުބާރާތް ކުރިއަށްގެދިޔައީ 3 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 7 އަހަރުން ދަށުގެ އުމުރުފުރާ، 7 އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރުފުރާ އަދި 12 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރައެވެ.

Advertisement - newsAdvertisement

7 އަހަރުން ދަށުގެ އުމުރު ފުރައިން 1 ވަނައަށް ގޮސްފައިވަނީ އައިލީ ބިންތް އަލީ ޝާކިރު، ގދ. ކަނޑުހުޅުދޫއެވެ. 2 ވަނައަށް ގޮސްފައިވަނީ އައްޝަމް އަލީ ރަޝީދު، ލ. ހިތަދޫ ހުށަހެޅި ކުރެހުމެވެ. އަދި 3 ވަނައަށް ދިޔައީ ބަތޫލް ބިންތި ހަސަން ސަނީޒް، ކ.ގުރައިދޫ ހުށަހެޅި ކުރެހުމެވެ. 7 އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރު ފުރައިން 1 ވަނައަށް ގޮސްފައިވަނީ އައިޝަތު ޔޫލީ އަޒްހަން، ލ. ފޮނަދޫ އެވެ. 2 ވަނައަށް ގޮސްފައިވަނީ ފާތިމަތު ލާރާ ފާރިޝް ހުށަހެޅި ކުރެހުމެވެ. އަދި 3 ވަނައަށް ދިޔައީ ލައާލީ ޝަފްނީޒް މޫސާ، މާލެ ހުށަހެޅި ކުރެހުމެވެ. 12 އަހަރާއި 16 ދެމެދުގެ އުމުރު ފުރައިން 1 ވަނައަށް ގޮސްފައިވަނީ އާމިނަތު ފައިހާ ފަޒީލް، މާލެ އެވެ. 2 ވަނައަށް ގޮސްފައިވަނީ އަމަލް އަހުމަދު ޝިފާއު، ސ.ހިތަދޫ ހުށަހެޅި ކުރެހުމެވެ އަދި 3 ވަނައަށް ދިޔައީ އައިޝަތު ލައިޝާ ޝިހާމް، ސ.މީދޫ ހުށަހެޅި ކުރެހުމެވެ. މި ރަސްމިއްޔާތުގައި އިންޓަނެޓް ބޭނުން ކުރުމަށް ސްކޫލްތަކުގައި އިސްނަގައި ޕްރޮމޯޓްކުރުމަށް މާލޭގެ ބައެއް ސްކޫލްތަކުން ބައިވެރިވި ކުދިންގެ ތެރެއިން 12 ކުއްޖަކަށް "ސޭފާ އިންޓަނެޓް އެމްބެސެޑަރ" ސެޓްފިކެޓާއި ބެޖް ވަނީ ދީފައެވެ.

"ސޭފަރ އިންޓަނެޓް ޑޭ" ކުރެހުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ކުދިންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑ.ރ. އިބްރާހިމް ހަސަނެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީ، އަލީ ސާލިހްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބައިނަލްއަގުވާމީ ސޭފަރ އިންޓަނެޓު ދުވަހަކީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހެވެ. އެ ދުވަހަކީ އިންޓަނެޓްގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޒުވާން ޖީލު އަހުލުވެރިކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މިއަހަރަށް ބައިނަލްއަގުވާމީގޮތުން ސޭފަރ އިންޓަނެޓު ދުވަސް ފާހަގަކުރާތާ 18 އަހަރު ފުރޭނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 މެއި 2018

އިސްލާމިކް މިނިސްޓްރީން ބާއްވާ ދީނީ ސުވާލު މުބާރާތުގެ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފި

27 މެއި 2018
އިސްލާމިކް މިނިސްޓްރީން ބާއްވާ ދީނީ ސުވާލު މުބާރާތުގެ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފި
17 މެއި 2018

ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ އެއްވަނަ ކުވެއިތުގެ ހައްޔާތަށް

17 މެއި 2018
ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ އެއްވަނަ ކުވެއިތުގެ ހައްޔާތަށް
07 މެއި 2018

އިއުފަވި ޖަމިއްޔާގެ 10 ވަނަ އަހަރީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

07 މެއި 2018
އިއުފަވި ޖަމިއްޔާގެ 10 ވަނަ އަހަރީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
16 އެޕްރީލު 2018

އޮފީސް ޓެލެޑްރާމާ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި

16 އެޕްރީލު 2018
އޮފީސް ޓެލެޑްރާމާ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި
07 ނޮވެމްބަރު 2017

މާލޭ ސިޓީ ކައުންސިލުން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

07 ނޮވެމްބަރު 2017
މާލޭ ސިޓީ ކައުންސިލުން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
19 އޮކްޓޯބަރު 2017

މާލޭގަ ދިރިއުޅުން ދައްކުވައިދޭ ކުރެހުމުގެ މުބާރާތެއް ސިޓީ ކައުންސިލުން ބާއްވަނީ

19 އޮކްޓޯބަރު 2017
މާލޭގަ ދިރިއުޅުން ދައްކުވައިދޭ ކުރެހުމުގެ މުބާރާތެއް ސިޓީ ކައުންސިލުން ބާއްވަނީ
05 އޮކްޓޯބަރު 2017

ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި

05 އޮކްޓޯބަރު 2017
ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި
22 ސެޕްޓެމްބަރު 2017

މާސްޓަރ އޮފް ސީޒަނިން މުބާރާތުގެ އެއްވަނައާ އެކު ޝެފް ފަތީން އެނބުރި ރާއްޖެއަށް!

22 ސެޕްޓެމްބަރު 2017
މާސްޓަރ އޮފް ސީޒަނިން މުބާރާތުގެ އެއްވަނައާ އެކު ޝެފް ފަތީން އެނބުރި ރާއްޖެއަށް!
06 ޖޫން 2017

އާރުއޯއެލްގެ އިންޓަނެޓް ހިދުމަތް ހަމައަކަށް އެޅެން 72 ގަޑިއިރު ނަގާނެ

06 ޖޫން 2017
އާރުއޯއެލްގެ އިންޓަނެޓް ހިދުމަތް ހަމައަކަށް އެޅެން 72 ގަޑިއިރު ނަގާނެ
13 މާރިޗު 2017

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި

13 މާރިޗު 2017
ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް