Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާމިޔާބު ދިވެހިން

މާސްޓަރ އޮފް ސީޒަނިން މުބާރާތުގެ އެއްވަނައާ އެކު ޝެފް ފަތީން އެނބުރި ރާއްޖެއަށް!

މުބާރާތް އޮތީ ދުބާއީގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2017 | ހުކުރު 09:02
ޝެފް ފަތީން، މާސްޓަރ އޮފް ސީޒަނިން މުބާރާތު ޓްރޮފީއާ އެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި

ޝެފް ފަތީން، މާސްޓަރ އޮފް ސީޒަނިން މުބާރާތު ޓްރޮފީއާ އެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި

ޔުނިލީވަރ ފުޑް ސޮލިއުޝަންސްއިން އިންތިޒާމްކޮށްގެން ދުބާއީގައި ކުރިއަށްގެންދިޔަ ނޯރ މާސްޓަރ އޮފް ސީޒަނިންގ ކެއްކުމުގެ މުބާރާތުގެ އެއްވަނަ ކާމިޔާބުކުރި ދިވެހި ޝެފް، އަޙުމަދު ފަތީން އެންބުރި ރާއްޖެ އަތުވެއްޖެއެވެ.

މި ސެޕްޓެމްބަރ މަހުގެ 17 އިން 21 އަށް ކުރިއަށްދިޔަ މުބާރާތް ކާމިޔާބުކޮށް، ހުކުރުދުވަހު ޝެފް ފަތީން ރާއްޖެއައުމުން، ޔުނިލީވަރ ފުޑް ސޮލިއުޝަންސްގެ ނޯރ ބްރޭންޑްގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރ، ބެސްޓް ބައި މޯލްޑިވްސް އިން ވަނީ އޭނާއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

Advertisement - newsAdvertisement

ޝެފް ފަތީން މި މުބާރާތް ކާމިޔާބުކޮށް، ރާއްޖެއަށް ފަޚުރުވެރި އެއްވަނަ ގެނެސްދީފައި ވަނީ، މުބާރާތުގެ ފައިނަލްގައި ސައުދީ އަރަބިއާ، އެކުވެރި އަރަބި އިމާރާތް، ޕާކިސްތާން، ސްރީ ލަންކާ، އަދި މިސްރުގެ އެންމެ މަތީ ފެންވަރުގެ ޝެފުންނާއި ވާދަކޮށްގެންނެވެ.

މި މުބާރާތުގައި ޝެފް ފަތީން ވާދަކޮށްފައިވަނީ ގަލްފު ސަރަޙައްދުން ޝެފް ޔާސީން ނޮކިލާ އަދި ޝެފް ނާހަރް އަލް ސޫބް އާއި، މިޞްރުގެ ޝެފް މުޙައްމަދު މުޚްތާރާއި، ޝެފް އަޙުމަދު އިމާދު އަދި ޕާކިސްތާނުގެ ދެ ޝެފުން ކަމުގައިވާ ޝެފް ކާޝިފް ޖާވިދް އާއި، ޝެފް ޒަރްޔާން ތުރާބްގެ އިތުރުން، ސްރީ ލަންކާގެ ޝެފް ޗަމަރަ ރައްޗިގޮޑާއާ އެވެ. މީގެ ތެރެއިން ގިނަ ޝެފުންނަކީ އެގްޒެކެޓިވް ފެންވަރުގެ ޝެފުންނެވެ.

މުބާރާތުގެ އެއްވަނައާ އެކު ރާއްޖެ އައިސް ޝެފް ފަތީން ބުނީ، ކެއްކުމުގެ ދާއިރާއިން ރާއްޖެއަށް ރަންވަނައެއް ހޯދައިދިނުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިއަދު އެ ހުވަފެން ހަޤީޤަތަކަށް ހެދިއްޖެ ކަމަށެވެ. ޝެފް ފަތީން ބުނީ މުބާރާތުގައި ކެއްކުމަށް ބޭނުންކުރަން ލިބެނީ ކޮންކޮން ތަކެއްޗެއްކަން ނޭނގި ކައްކަން ދާން ޖެހުމުންނާއި މުބާރާތުގައި ވާދަކުރަންޖެހުނީ އެކި ޤައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ޝެފުންނާއި ކަމުން ކޮންމެވެސް ވަރަކަށް ޖެހިލުންވި ކަމަށެވެ. ނަމަވެސް ދަސްވެފައި ހުރި ވަރަކުން އެންމެ ފެންވަރު ރަނގަޅުކޮށް ކެއްކޭތޯ މަސައްކަތް ކުރީ ކަމަށް ޝެފް ފަތީން ބުންޏެވެ.

މި މުބާރާތުގެ ފައިނަލްގައި ޝެފް ފަތީން ވަނީ ތިން ބާވަތެއްގެ ކެއުން ތައްޔާރުކޮށްފައެވެ. އެގޮތުން އާންމުކޮށް ނުފެންނަ ވައްތަރެއްގެ ތަފާތު ސޭންޑްވިޗަކާއި، ހޮޓް އެޕަޓައިޒަރއެއްގެ އިތުރުން، މެއިން ކޯސްއެއް ވެސް އޭނާ ވަނީ ތައްޔާރުކޮށްފައެވެ. ޝެފް ފަތީން ބުނިގޮތުގައި މެއިން ކޯސްއެއްގެ ގޮތުގައި އޭނާ ތައްޔާރުކުރި ސޫވީޑް ބީފް އިން ވައިލްޑް މަޝްރޫމް ޕިއުރޭ ވިތު އޭނާ ޕޮޓޭޓޯއެވެ. ސޫވީ ކުރުމަކީ ކެއްކުމުގައި ފަހަކަށް އައިސް ބޭނުންކުރަން ފަށާފައިވާ އާ ގޮތެކެވެ.

ކެއްކުމުގެ ދާއިރާގައި 13 އަހަރު ހޭދަކޮށްފައިވާ، އުމުރުން 35 އަހަރުގެ ޝެފް ފަތީން ވަނީ އޭނާގެ ކެރިއަރުގައި ރާއްޖޭގެ ބައެއް ރިސޯޓްތަކުގެ އިތުރުން ކެނެޑާގައި ވެސް މަސައްކަތްކޮށްފައެވެ. މި މުއްދަތުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ ފަޚުރުވެރި ވަނަތަކެއް ވެސް ހޯދާފައެވެ. އެގޮތުން ހޮޓެލް އޭޝިއާ ކަލިނަރީ ކުކިންގ އެގްޒިބިޝަންގައި ތިން ފަހަރެއްގެ މަތިން އެންމެ މޮޅު ދިވެހި ޝެފުގެ މަޤާމް ހާސިލްކޮށްފައިވާއިރު، ހޮންގކޮންގގައި ބޭއްވި މުބާރާތަކުން ދެވަނަ އަދި ޗައިނާގައި ބޭއްވި ގްރޫޕް މުބާރާތަކުން ރާއްޖެ ތަމްޞީލުކުރި ހަތަރު ޝެފުންގެ ތެރޭގައި ހިމެނި، ރާއްޖެއަށް ތިން ވަނަ ހޯދައިދީފައިވެއެވެ. މީގެ އިތުރުން ވެސް ކެއްކުމުގެ މުބާރާތްތަކުގައި ޝެފް ފަތީން ވަނީ ވަކިވަކި ކެޓަގަރީތަކުން ވަނަތައް ހޯދާފައެވެ.

ޝެފް ފަތީން މި މުބާރާތުގައި ބައިވެރިކުރުމުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި، ޔުނިލީވަރ ފުޑް ސޮލިއުޝަންސްގެ ނޯރ ބްރޭންޑްގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރ، ބެސްޓް ބައި މޯލްޑިވްސްގެ މާކެޓިންގ މެނޭޖަރ، އަލީ އަފްރާޙް ހަސަން ވިދާޅުވީ، މި މުބާރާތަށް ޝެފް ފަތީން ބައިވެރިކުރީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި 100 ޝެފުންގެ ތެރެއިން ޔުނިލީވަރއިން ޝޯޓްލިސްޓްކުރި 10 ޝެފުންގެ ތެރެއިން އެންމެ ގިނަ ވޯޓު ޝެފް ފަތީނަށް ލިބުމުން ކަމަށެވެ. މި މުބާރާތަށް ޝެފުން ހޮވުމުގައި ބަލާފައި ވަނީ ނޯރ ބްރޭންޑްގެ ސީޒަނިން ބޭނުންކޮށްގެން ޝެފުން ތައްޔާރުކުރި ރެސިޕީތަކުގެ ފެންވަރަށެވެ.

ބައިނަލްއަޤުވާމީ ފެންވަރުގެ ކެއްކުމުގެ އެކި މުބާރާތްތަކުގައި ބެސްޓް ބައި މޯލްޑިވްސްއިން ދިވެހި ޝެފުން ބައިވެރިކޮށް، އެ ޝެފުން ރާއްޖެއަށް ރީތި ނަން ހޯދައިދެމުންދާއިރު، އަފްރާޙް އިތުރަށް ވިދާޅުވީ، ދިވެހި ޝެފުންނަށް އެފަދަ ފުރުޞަތުތައް ހޯދައިދީ، ރައްޖޭގެ ކަލިނަރީ އިންޑަސްޓްރީ ކުރިއެރުވުމަކީ އެ ކުންފުނީގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.

ނޯރ މާސްޓަރ އޮފް ސީޒަނިންގ ކެއްކުމުގެ މުބާރާތް ކާމިޔާބު ކުރުމުން، ފައިސާގެ އިނާމެއް ދިނުމުގެ އިތުރުން ޔުނިލީވަރ ފުޑް ސޮލިއުޝަންސްއިން ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ އެކި ހަރަކާތްތަކުގައި ޝެފް ފަތީން ޕްރޮމޯޓް ކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

05 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު