Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ކޮރަޕްޝަން ނައްތާލުން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންގެ ސަބަބުން ކޮރަޕްޝަންނަށް މަގުފަހިވުން ކުޑަކުރެވޭނެ - މިނިސްޓަރ

7 އެޕްރީލު 2021 | ބުދަ 09:15

ހިދުމަތްތަކުގެ އަގު ދަށްކުރުމާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ރަނގަޅު ޕްރޮކިއުމަންޓް ގައިޑްލައިންއެއް އޮތުމަކީ ކޮންމެހެން މުޙިއްމުކަމެއްކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 އެޕްރީލު 2021 | ބުދަ 09:15
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންގެ ސަބަބުން ކޮރަޕްޝަންނަށް މަގުފަހިވުން ކުޑަކުރެވޭނެކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، ފުރަތަމަ ފަހަރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރުމަށްޓަކައި ޕްރޮކިއުމަންޓް ގައިޑްލައިންއާއި އަދި ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ފިނޭންސް މިނިސްޓަރ އަމީރު ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު 30ށްވުރެ މަތީގައި އުޅޭއިރު މިއިން ކޮންމެ ކުންފުންޏަކީވެސް ރައްޔިތުންގެ ސީދާ ބޭނުންތަކާ ގުޅިފައިވާ ކުންފުންޏެއްކަމަށް ވިދާޅުވެފައެވެ. މި ސަބަބައްޓަކައި، ހިދުމަތްތަކުގެ އަގު ދަށްކުރުމާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ރަނގަޅު ޕްރޮކިއުމަންޓް ގައިޑްލައިންއެއް އޮތުމަކީ ކޮންމެހެން މުޙިއްމުކަމެއްކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރު ރު ކުންފުނިތަކުން އެކުންފުންޏެއްގެ އަމިއްލަ ޕްރޮކިއުމަންޓް ޕޮލިސީއަކަށް އަމަލުކުރަމުން އަންނައިރު ޕްރޮކިއުމަންޓް ޕޮލިސީ ތަކުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުރިއިރު، މިގޮތަށް މިކަންތައް އޮތުމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރުމަށް ބައެއްފަހަރު ފުރުސަތު އޮތްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އަލަށް ލޯންޗްކުރެވުނު ޕްރޮކިއުމަންޓް ގައިޑްލައިންގެ ސަބަބުން ސަރުކާރު ހުރިހާ ކުންފުނިތަކުންވެސް އެންމެ ކުޑަ މިންވަރަށް އަމަލުކުރަންޖެހޭނެ ޕްރޮކިއުމަންޓް އުސޫލްތަކެއް ގާއިމްވެގެންދާނެކަމަށް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ކުންފުނިތަކުގެ ނިޒާމުތައް ހަރުދަނާ ކުރުންކަން ފާހަގަކުރައްވާ މިނިސްޓަރ އަމީރު ވަނީ، ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކްގެ ސަބަބުން ކުންފުނިތަކުގެ މުވައްޒަފުންނަށް ހެދިފައިވާ އުސޫލް އިތުރަށް ހަރުދަނާވެ، ޚިދުމަތް ފުރިހަމަ ގޮތުގައި ދިނުމަށް ބާރު އެޅިގެންދާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މުވައްޒަފުން ނެގުމުގައާއި މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި  މި ފްރޭމްވޯކްގައި ފާހަގަ ކޮށްފައިވާ މަޤާމުގެ ޝަރުތުތަކަށް ކުންފުނިތަކުން އަމަލު ކުރަން ފެށުމުގެ ސަބަބުން މުވައްޒަފުންނަށް އިންސާފުވެރިގޮތަކަށް އަމަލު ކުރެވޭނެކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތަށް ޤާބިލް މުވައްޒަފުންކަން ކަށަވަރު ކޮށްދޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވަނީ މި ސަރުކާރަކީ އަބަދުވެސް ކަރަޕްޝަނަށް ނޫނެކޭ ބުނާނެ ސަރުކާރެއްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. މިކަން ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު އާއްމުކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި 2020 ވަނަ އަހަރު 55 ދަރަޖައިގެ ކުރިއެރުމެއް ހޯދުމުން ސާބިތުކޮށްދޭކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް