Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަމަޟާން މަހަށް އެމްޕީއެލުން ވަމުންދާ ތައްޔާރީތައް

ރަމަޟާން މަހު މުދާ ބޭރުކުރުމުގައި ދައްޗެއް ނުވާނެ – އެމްޕީއެލް

6 އެޕްރީލު 2021 | އަންގާރަ 09:47

ރަމަޟާން މަހަށް ތައްޔާރުވުމަށް އެމްޕީއެލުން ވަނީ އިތުރު މުވައްޒަފުން ނަގައިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 6 އެޕްރީލު 2021 | އަންގާރަ 09:47
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރަމަޟާން މަހާއި ދިމާކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބަދަލުތަކެއް ގެނަސްފައިވާ ކަމަށާއި، ރަމަޟާން މަހު ވިޔަފާރި ބަނދަރުން މުދާ ބޭރުކުރުމުގައި ދައްޗެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އެމްޕީއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މިހާ ހިސާބަށްވެސް ގިނަ އަދަދަކަށް މުދާ އެތެރެކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ކުރިޔަށް މިއޮތް ފަސް ދުވަހާއި ރަމަޟާން މަހުގެ ކުރީ ކޮޅު ގިނަ އަދަދަކަށް މުދާ އަންނާނެކަމަށް ލަފާ ކުރެވޭ ކަމަށާއި، އެހެންކަމުން މުދާ ލަސްތަކެއް ނުވެ ވިޔަފާރި ބަނދަރުން ބޭރު ކުރުމުގެ ގޮތުން މީގެ ދެމަހެއްހާ ދުވަސް ކުރިން ތައްޔާރީތައްވާން ފަށާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުންޏައް އިތުރު މުވައްޒަފުން ނަގާފައިވާ ކަމަށާއި، ޚާއްސަކޮށް މުދާ ކްލިއަރ ކުރުމަށް އިތުރު މުވައްޒަފުންތަކެއް ނަގާފައިވާ ކަމަށެވެ.

މީގެ އިތުރުން ކާބޯތަކެތި ހިފައިގެން އަންނަ ކާގޯ ބޯޓުތަކުން ބަންދު ދުވަސްކަމުގައިވީ ނަމަވެސް މުދާ ހުސްކުރުމުގެ މަސައްކަތް އެހެން މަސްތަކެކޭ އެއްފަދައިން ކުރަމުން ގެންދާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެމްޕީއެލްގެ ޚިދުމަތްތައް އެހެން މަސްތަކެކޭ އެއްފަދައިން ދިނުމުގެ ގޮތުން ރަމަޟާން މަހުވެސް އެމްޕީއެލްގެ މުވައްޒަފުން ބޯޓުތައް އައުމާއިއެކު ހަރަކާތްތެރިވާނެ ކަމަށާއި، ވިޔަފާރި ބަނދަރަށް ބާރުބޮޑުވާނަމަ ދަންވަރު ޑިއުޓީއަށްވެސް މުވައްޒަފުން ނެރުމަށް ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރޯދަ މަހު އެމްޕީއެލުގެ މަސައްކަތުގެ ރަސްމީ ގަޑިތައް ކަނޑައަޅާފައިވަނީ ހެނދުނު 9:00ން ހަވީރު 4:00ށް ރޭގަނޑު 9:00ން 10:30 އަށެވެ. ނަމަވެސް އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއާ ކުރަން ޖެހިއްޖެ ހާލަތެއްގައި ބަންދު ދުވަސްތަކުގައި ވެސް އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޕީއެލުން ވަނީ މުދާ އަވަހަށް ކްލިއާ ކުރުމަށް ހުޅުމާލެ ޕޯޓަށް މުދާ ގެންދިއުމުގައިވެސް ވިޔަފާރިވެރިންނަށް ލުއިތަކެއް ދީފައެވެ. އެގޮތުން ހުޅުމާލެއަށް މުދާ ގެންދާއަގު ކުޑަ ކޮށްފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް