Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް

ސަރުކާރުގެ މައި ސިޔާސަތަކީ ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް މީހުން ބިނާކުރުން - ނައިބުރައީސް

20 ދަރިވަރުންގެ ކޯސް ފީ އެސްޓީއޯ ސީއެސްއާރްގެ ދަށުން ދޭން ވަނީ ހަމަޖެހިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 5 އެޕްރީލު 2021 | ހޯމަ 12:58
ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ތައާރަފްކޮށްފި

ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ތައާރަފްކޮށްފި

ގައުމީ ޔުނިވަރސިޓީން ރޭޑިއޮލޮޖީގެ ޑިޕްލޮމާ ކޯސް ތައާރަފްކޮށްފިއެވެ.

މެއި މަހު ގައުމީ ޔުނިވަރސިޓީން ފެށުމަށް ތައްޔާރުވަމުން އަންނަ މިކޯހުގެ ފުރަތަމަ ބެޗްގައި ކިޔެވުމަށް ހަމަޖެހިފައިވަނީ 20 ދަރިވަރުންނެވެ.

Advertisement - newsAdvertisement

މި ކޯސް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައިސުލްޖުމްހޫރިޔާގެ ނައިިބު ފައިސަލް ނަސީމް ވިދާޅުވީ، ސަރުކާރުން މިއަހަރުވެސް އެންމެ ބޮޑު ހޭދައެއްކުރެވޭ އެއް ދާއިރާއަކީ ސިއްޙީ ދާއިރާ ކަމަށެވެ. ސަރުކާރުގެ މައި ސިޔާސަތަކީ ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް މީހުން ބިނާކުރުން ކަމަށާއި، އެހެން ބަޔަކަށް ބަރޯސާވެގެންތިބެ ގައުމު ގެންދަން ބޭނުންވާ ހިސާބަށް ނުގެންދެވޭނެ ކަމަށެވެ.

ޒުވާނުންނަކީ ޤައުމުގެ ހުރިހާ ދާއިރާތަކުން، ޤައުމު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެވޭނެ ފަދަ ޤާބިލު ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ޤައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކަށް ޒުވާނުން ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް ގައުމު މިސްރާބުޖަހާއިރު، ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމުގައިވެސް ވިދާޅުވިއެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، ޖެނެރަލް އިލެކްޓްރިކާ ގުޅިގެން މިކޯސް ފެށުމަށްޓަކައި ބޭނުންވާ ސްކިލް ލެބް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ. މެއި މަހު ކޯހަށް އިއުލާން ކުރާނެ ކަމަށާއި، 20 ކުދިންނާއެކު ފަށާ މިކޯހުގެ ފުރަތަމަ ބެޗްގައި ކިޔަވާ 20 ދަރިވަރުންގެ ކޯސް ފީ އެސްޓީއޯ ސީއެސްއާރްގެ ދަށުން ދޭން ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ތަރައްގީއާއި ސިއްޙީ ދާއިރާއަށް އާ ބޮޅެއް އިތުރުވެގެންދާ ދުވަހެއް ކަމަށެވެ. ރޭޑިއޯގްރަފީގެ ޚިދުމަތް މާލެއާ އަތޮޅުތަކުގައި ލިބެން ހުއްޓަސް މިކަމުގައި ތަމްރީނުވެފައި ތިބި ދިވެހިން ނެތްކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. މިކަމަށް އޮތް ބޮޑު ގޮންޖެހުމަކީ މީހުން ނެތުން ކަމަށާއި، މި ފަށާ ކޯހުގެ ސަބަބުން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އަތޮޅުތެރޭގައި އިތުރު ވަޒީފާތަށް އުފެދިގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.

ޔުނިވަރސިޓީން ކޯސް ހިންގާނީ ވަރަށް ފުރިހަމަކޮށް ކަމަށާއި، ތަމްރީންވާ މީހުން ވާނީ އެމީހުންގެ ފަންނުގައި ފުންނާބުއުސް ބަޔަކަށް ކަމަށް ވިދާޅުވިއެވެ. އަދި ސިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް ބޭނުންވާ ކޮންމެ ކޯހެއް ހިންގުމަކީ އުފަލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ދެއްކެވި ވާހަކަފުޅުގައި، ސިއްޙީ ދާއިރާގެ ފަންނީ މަސައްކަތްތަކުގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ބިދޭސީން ކަމަށާއި، މިފަދަ މީހުން ބިނާ ކުރުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން މި އިންސައްތަ ދަށަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް އޮތް ދަތިކަމަކީ ޒަމާނުއްސުރެ އޮތް ގޮންޖެހުމެއް ކަމަށާއި، އެހެންނަމަވެސް އެކަމަށް މިހާރު ގައުމީ ޔުނިވަރސިޓީން ހައްލު ހޯދައިދީފައިވާކަން ފާހަގަކުރެއްވިއެވެ.

ދިވެހިން ޚިދުމަތަށް ނުކުތުމަކީ ސިއްޙީ ދާއިރާއަށް ވަރަށް މުހިއްމު ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަތޮޅުތެރޭގެ އެކި މަރުކަޒުތަކުގައި 37 ރޭޑިއޯގްރާފަރުން މަސައްކަތް ކުރަމުން އަންނައިރު އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހިން ކަމަށް ވިދާޅުވިއެވެ. އަދި އައިޖީއެމްއެޗްގައި މަސައްކަތްކުރާ 20 ރޭޑިއޯގްރާފަރުންގެ ތެރޭގައި ހިމެނެނީ އެންމެ ދިވެއްސެއް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރޭޑިއޯގްރާފަރުން ތަމްރީނުވެގެން ދިޔުމުން ބޭރު މީހުން ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށާއި، ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު