Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއއ. މާޅޮހު ބަނދަރު

އިންތިޚާބާ ދިމާކޮށް ކަޑަޖަހާކަށް ނޫޅެން: އާޒިމް

5 އެޕްރީލު 2021 | ހޯމަ 09:18

މި މަޝްރޫއުގެ އަގަކީ 56.97 މިލިއަން ރުފިޔާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 އެޕްރީލު 2021 | ހޯމަ 09:18
އއ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އއ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އއ. މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މަސައްކަތް ކުރިއަށް ދަނީ ރައީސް ބޭނުންފުޅުވާ ގޮތަށް ކަމަށާއި ހުވެފެނުން ތަރައްގީ ދެކެން ބޭނުން ނުވާކަމަށާއި މި ސަރުކާރުން ތަރައްގީ ދެކޭނީ އަސްލަށް ކަމަށެވެ. އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ހަފުތާގައި މާޅޮހު ބަނދަރުގެ މަސައްކަތް ނިންމާލުން ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްޓީސީސީން މަސައްކަތް ކުރަނީ ބާރު ސްޕީޑުގައި ކަމަށާއި ކޮންމެ ރަށަކަށް ލިބޭ ތަރައްގީ އަކީ ގައުމަށް ލިބޭ ތަރައްގީ ކަމަށް އާޒިމް ވިދާޅުވިއެވެ. ސަރުކާރަށް ތާއީދު ނުކުރާ މީހުން ރަށްރަށުގެ ސިޔާސީ ގޮނޑިގޮނޑީގައި ތިބޭތީ އެ މީހުންނާއެކު މަސައްކަތް ކުރަން ދަތި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އާޒިމް އިތުރަށް ވިދާޅުވީ ކުރިން ހިންގަނީއަހަރެއް ގެ ތެރޭގައި 22 މަޝްރޫއެއް ކަމަށާއި އެހެންނަމަވެސް މިހާރު 50ށް ވުރެ ގިނަ މަޝްރުއޫ އަހަރެއްގެ މައްޗަށް ކުރިއަށް ގެންދާ ކަމަށެވެ. އެމްޓީސީސީން ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ގެންދަނީ އިންތިޚާބާ ދިމާކޮށް ކަޑަޖަހަން ނޫން ކަމަށާއި މިއީ ރައީސް ރައްޔިތުންނަށްޓަކައި ވެފައިވާ ވައުދުތައް ފުއްދުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި ނުބައި ތުހުތަމުތައް އަޅުވައި ވާހަކަތައް ނުފެތެރުމަށް ވެސް އާޒިމް ގޮވާލެއްވިއެވެ.

މި މަޝްރޫއުގައި 24،335 ކިއުބިކް މީޓަރު ކޮނުމާއި 394 މީޓަރު ސަރަހަދެއްގައި އެއްގަމު ތޮށިލުމާއި 407 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި 56 މީޓަރުގެ ގްރޮއިންސް ޖެހުމާއި 100 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 1970 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މަޝްރޫއުގެ އަގަކީ 56.97 މިލިއަން ރުފިޔާގެ އެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް