Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޑިޖިޓަލް ކޮމިއުނިކޭޝަން 101

ޑިޖިޓަލް ކޮމިއުނިކޭޝަން 101 ގެ ގޯލްޑް ޕާރޓްނަރަކަށް އޫރީދޫ!

އޫރީދޫގެ ޕާރޓްނަރޝިޕްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ޕްރޮގްރާމްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 2 އެޕްރީލު 2021 | ހުކުރު 07:27
އުރީދޫ އިން ސްޕޮންސަރކުރާ ހިލޭ ޓިކެޓް ހޯދުމަށް ލިންކު ބޭނުންކޮށްގެން ރަޖިސްޓަރީ ވާން ޖެހޭ

އުރީދޫ އިން ސްޕޮންސަރކުރާ ހިލޭ ޓިކެޓް ހޯދުމަށް ލިންކު ބޭނުންކޮށްގެން ރަޖިސްޓަރީ ވާން ޖެހޭ

ވިމެން އިން ޓެކް މޯލްޑިވްސް އިން "މާރސްޓަރ ކްލާސް: ޑިޖިޓަލް ކޮމިއުނިކޭޝަން 101" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގައި ގޯލްޑް ޕާރޓނަރެއްގެ ގޮތުގައި އޫރީދޫއިން ބައިވެރިވެއްޖެއެވެ.

ވިޔަފާރި ނުވަތަ ބްރޭންޑް ކުރިއަރުވަން ކޮންޓެންޓް ތައްޔާރުކޮށް ކަސްޓަމަރުންނާއި މުއާމަލާތުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިޕްރޮގްރާމަކީ މީސްމީޑިއާ ބޭނުންކޮށްގެން ކަސްޓަމަރުންނާއި ފުރިހަމަ ގޮތެއްގައި މުއާމަލާތު ކުރާނެ ގޮތްތައް ދަސްކޮށްދޭނެ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ޓުވިޓަރ، އިންސްޓަރގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ ކޮންޓެންޓް ތައްޔާރުކުރުމާއި ކޮންޓެންޓް ކަސްޓަމަރުންނަށް އެންމެ ފުރިހަމަޔަށް ފޯރުކޮށްދޭނެގޮތް ކިޔައިދެވޭނެއެވެ. އޫރީދޫގެ ޕާރޓްނަރޝިޕްގެ ދަށުން 12 ސްޓާރޓްއަޕް ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ޕްރޮގްރާމްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 5 ސެޝަނަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި މެންޓަރިންގ ސަޕޯރޓުގެ ބައެއްވެސް ހިމެނޭނެއެވެ. ޕްރޮގްރާމް ކުރިއަށްދާއިރު ކޮންމެ މައުލޫއަކުން ކޮންޓެންޓް އުފެއްދުމުގެ ޕްރެކްޓިކަލް ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. ބައިވެރިން ތައްޔާރުކުރާ ކޮންޓެންޓް އިތުރަށް ފުރިހަމަ ކުރުމަށް ވަކިވަކިން ބައިވެރިންނަށް އިރުޝާދު ވެސް ދެވޭނެއެވެ.

މިޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ empoweringbrands.co ގެ ޑިރެކްޓަރު އަދި ފައުންޑަރ، ވިނީތީ ސިންގ އެވެ. އެމްޕަވަރިންގ ބްރޭންޑްސް އަކީ ކޮމިޔުނިކޭޝަން އަދި ސޯޝަލް މީޑިއާ ސްޓްރެޓެޖީ އުފެއްދުމުގެ އެކި ޓްރެއިނިންގ ޕްރޮގްރާމްތައް ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމެއްގައި ކުރިން ހިންގާފައިވާ ބައެކެވެ.

އެވްރެޖް ގޮތެއްގައި ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް 2 ގަޑިއިރާއި 24 މިނިޓު އޮންލައިންކޮށް ހޭދަކުރެއެވެ. ގިނަ ކުންފުނިތަކުން މީސްމީޑިއާ މެދުވެރިކޮށް ތަކެއްޗާއި ޚިދުމަތް މާކެޓްކުރާއިރު، މިފަދަ ޕްރޮގްރާމަކުން އޮންލައިން ފަރާތްތަކަށް އިތުރު ފުރިހަމަކަމާއެކު މުއާމަލާތް ކުރާނެ ގޮތް ދަސްވެގެންދާނެއެވެ.

އުރީދޫ އިން ސްޕޮންސަރކުރާ ހިލޭ ޓިކެޓް ހޯދުމަށް ލިންކު ބޭނުންކޮށްގެން ރަޖިސްޓަރީ ވާން ޖެހެއެވެ. އަދި ޓަރގަރީއަށް ފެތޭ ފަރާތްތަކަށް ރަޖިސްޓަރ ކުރާ ތަރުތީބުން ފުރުސަތުދެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
17 ޑިސެމްބަރު 2024

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް
12 ޑިސެމްބަރު 2024

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް
27 އޮކްޓޯބަރު 2024

މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

27 އޮކްޓޯބަރު 2024
މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް
25 އޮކްޓޯބަރު 2024

އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި

25 އޮކްޓޯބަރު 2024
އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި
02 އޮކްޓޯބަރު 2024

އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

02 އޮކްޓޯބަރު 2024
އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
30 ސެޕްޓެމްބަރު 2024

އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ

30 ސެޕްޓެމްބަރު 2024
އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ
19 ސެޕްޓެމްބަރު 2024

އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

19 ސެޕްޓެމްބަރު 2024
އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު