Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ މަޝްރޫ

ތަޅުދަނޑި ދިނުން ލަސްވަނީ ފުލެޓު އަތުލުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ބޭނުންވާތީ - އަސްލަމް

އެހެން ބޯހިޔާވަހިކަން ރަޖިސްޓްރީވެފައިވާ 200އެއްހާ މީހުން ފުލެޓު ލިބޭ ލިސްޓުގައި އެބަތިބި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 1 އެޕްރީލު 2021 | ބުރާސްފަތި 05:02
ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް

ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް

ހިޔާ މަޝްރޫ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުން ލަސްވަނީ ފްލެޓު ލިސްޓުން އުނިކުރާނެ ސަބަބުހުރި މީހުން އުނިކުރުމުގެ ކުރިން ކޮންމެ މީހަކަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތުދޭން ބޭނުންވާތީ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، މިނިސްޓަރ އަސްލަމް ވިދާޅުވީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެކުލަވާލައި ނެރުނީ ފުލެޓު ކޮމިޓީއަށް ފެންނަ އަދި ޝަރުތައް ފުރިހަމަވާ މީހުންގެ ކަމަށެވެ. އެކަމަކު ފްލެޓުތައް ދޫކުރުމުގެ ކުރިން ޕްލޭނިން މިނިސްޓްރީން ބަލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ފުލެޓު ލިބޭ މީހުންގެ ލިސްޓުގައި ތިބި މީހުންނަށް މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ފުލެޓެއް ލިބިފައިވޭތޯއާއި، ނުކުޅެދުންތެރިކަން ހުންނަ މީހަކު ބަލާ ކަމަށް ބުނާއިރު އެކަން ކަށަވަރުކުރުމާއި، އެކަނިވެރި މައިންނާއި ބަފައިން ކަމަށް ބުނާއިރު އެކަން ކަށަވަރުކުރަން ވެސް ޖެހޭ ކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ބައެއް ފަހަރު ފުލެޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ނަމުގައި އެހެން ބޯހިޔާވަކިހަކަން ވެސް ރަޖިސްޓްރީވެފައި އެބަހުރި ކަމަށާއި، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންބަފައިން ކަމަށް ބުނެ އެކެއް ބަލާ ކަމަށް ދެމީހުން ފޯމުލާފައި ތިބި ހާލަތްތައް ވެސް އެބަހުރި ކަމަށެވެ. އެހެންވެ އެ ހާލަތުގައި ފުލެޓު ދެވޭނީ އެކަކަށް ކަމަށާއި ދިނުމުގައި ރަނގަޅަށް އެކަންކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

މިކަންކަން ބެލި އިރު ގާތްގަނޑަކަށް 200ހާ މީހުންގެ ނަމުގައި ސަރުކާރުން ދޫކޮށްފައިވާ އެކި ބޯހިޔާވަހިކަން ރަޖިސްޓްރީވެފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ އެއްވެސް މީހެއްގެ އަތުން ފްލެޓު އަތުލަން ބޭނުންނުވާ ކަމަށެވެ. އެފަދަ ހާލަތްތަކުގައި ރަނގަޅަށް ބަލަން ޖެހޭ ކަމަށާއި، އެވަރަށް ބަލައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އެއްވެސް މީހެއްގެ ހައްގެއް އުނި ނުކުރައްވާނެ ކަމަށެވެ.

މީގެ އިތުރަށް މި މަޝްރޫގައި ހުރި ބައެއް ކެޓެގަރީތަކަކީ ތަންކޮޅެއް ފެންވަރު ރަނގަޅު ދިރިއުޅުމަށް އަތްފޯރާނެ ފަދަ މީހުންނަށް ހުޅުވާފައިވާ ކެޓެގަރީތަކެއް ކަމަށާއި، އެ މީހުންނަށް ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ދީ އެގޮތް ބޭނުންވެ ދޫކޮށްލައިފިނަމަ އެތަންތަން ވެސް ބޭނުން ޖެހިފައިވާ މީހުންނަށް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ. އެހެންވެ އެކަންވެސް ކުރަމުން އަންނަ ކަމަށާއި، އެވަރަށް ކަންކަން ބަލައި ކިރިޔާވެސް ފްލެޓު ލިބުމުގެ ހައްގު އޮތް މީހެއް ވާނަމަ އެމީހަކަށް އެ ފުރުސަތު ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ހިޔާ މަޝްރޫގެ ފްލެޓުތަކުގެ މަސައްކަތް ނިމި އެ ފްލެޓުތަކުގެ ދާއިމީ ލިސްޓު އެކުލަވާލިއިރު މިއީ އެފަދަ ދެވަނަ ލިސްޓެވެ. ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލި ލިސްޓާއި މި ލިސްޓުގައި ބޮޑެތި ތަފާތުތަކެއް ހުރެ އެކަމުގެ ކަންބޮޑުވުންތަކާއެކު އެ ލިސްޓަށް ވެސް ބަދަލުތައް އައުން އެކަށީގެންވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ހިޔާ ފްލްޓު ލިބޭ މީހުންނަށް ފްލެޓުގެ ތަޅުދަނޑިތައް މިދިޔަ މަހު ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މަހުގެ އެންމެ ފަހު ދުވަހު ވަނީ އެކަން އޭޕްރިލް މަހު ކުރާނެ ކަމަށް އަނެއްކާ ވެސް ބުނެފައެވެ.

ހިޔާ ފްލެޓްމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
12 ޑިސެމްބަރު 2024

ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

12 ޑިސެމްބަރު 2024
ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ
12 އޮކްޓޯބަރު 2024

ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

12 އޮކްޓޯބަރު 2024
ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!
17 މާރިޗު 2024

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

17 މާރިޗު 2024
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
06 ޑިސެމްބަރު 2023

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

06 ޑިސެމްބަރު 2023
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
06 ޑިސެމްބަރު 2023

ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި

06 ޑިސެމްބަރު 2023
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
06 ޑިސެމްބަރު 2023

ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!

06 ޑިސެމްބަރު 2023
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
01 ޑިސެމްބަރު 2023

ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟

01 ޑިސެމްބަރު 2023
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
30 ނޮވެމްބަރު 2023

ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް

30 ނޮވެމްބަރު 2023
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް
29 ނޮވެމްބަރު 2023

ހިޔާ ފްލެޓް ފިނިޝިންގ އަށް ދޭން ސަރުކާރުން ވައުދުވި ފައިސާ ދޭނެ ގޮތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވަނީ

29 ނޮވެމްބަރު 2023
ހިޔާ ފްލެޓް ފިނިޝިންގ އަށް ދޭން ސަރުކާރުން ވައުދުވި ފައިސާ ދޭނެ ގޮތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު