Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިގްތިސާދު

އަންދާޒާތަކަށްވުރެ އާމްދަނީ އިތުރު، ދެވަނަ ކުއާޓާގައި އިގްތިސާދު މައްޗަށް ދާނެ – ސަރުކާރު

ފުރަތަމަ ކުއާޓާގެ އާމްދަނީ އަންދާޒާ ކުރިވަރަށްވުރެ އިތުރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 މާރިޗު 2021 | ބުދަ 12:46
ރައީސް އޮފީހުން ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވާހަކަ ދައްކަވަނީ

ރައީސް އޮފީހުން ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވާހަކަ ދައްކަވަނީ

ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި ގުޅިގެން، މިއަހަރު ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބުނު އާމްދަނީ އިތުރު ކަމަށާއި، ދެވަނަ ކުއާޓާގައި އިގްތިސާދު މައްޗަށް ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ރާއްޖެގެ އިގްތިސާދީ ހާލަތު 2020 ވަނަ އަހަރު ނިމުނު އިރު 26 އިންސައްތައާއި 29 އިންސައްތައާއި ދޭތެރޭގައި ދަށަށް ދިޔަކަމަށެވެ. އަދި 2021 ވަނަ އަހަރު މާބޮޑު ކުރިއެރުންތަކެއް ލިބޭނެކަމަށް މިދިޔަ އަހަރު ނިމުނު އިރު އުއްމީދު ނުކުރެވޭ ކަމަށާއި، އެއިރުގެ އަންދާޒާއަކީ ރާއްޖޭގެ ގްރޯތު ހުންނާނީ ގާތްގަނޑަކަށް 13 އިންސައްތައިގައި ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މިއަދު ރާއްޖޭގައި ފެންނަން އޮތް އިގްތިސާދީ ހާލަތު ތަފާތު ކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ މިއަހަރުގެ ކުއާޓާ 1 ނިންމާލި އިރުގައި ރާއްޖެ ހުރީ ފާސްޓް ޕޭސް ރިކަވަރީއެއްގައި ކަމަށެވެ. އަދި މިހާރު އައު އަންދާޒާއަކީ ކުއާޓާ 2 ނިންމާއިރުގައި ރާއްޖެ ގްރޯތު ޕާތަކަށް އަރާނެ ކަމަށެވެ. އެހެންކަމުން އިގްތިސާދީ ކުރިއެރުންތައް ދެވަނަ ކުއާޓާ ތެރޭގައި ފެންނަން ފަށާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިގޮތަށް ދެކޭ ބައެއް ސަބަބުތަކެއް އެބަހުރި ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ 85 އިންސައްތައަށްވުރެ މަތިން ހުޅުވި އޮޕަރޭޝަނަލައިޒް ވެފައިވާ ކަމަށެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި 90،000ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރި އިރު ފެބްރުއަރީ މަހުގައި ވެސް 90،000ށް ވުރެ މަތިން އަދި މާޗް މަސް ނިންމާލީ 100،000ށް ވުރެ ގިނަ ފަތުރުވެރިން ދަތުރުކުރުމަށްފަހުގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ހީކޮށްގެން ތިބީ މި އަހަރު އަންނާނީ 600،000 އެއްހާ ފަތުރުވެރިން ކަމަށާއި، ނަމަވެސް މިހާރުގެ އަންދާޒާތަކަކީ މިލިއަނަށްވުރެ މަތިން ފަތުރުވެރިން އައުން ކަމަށެވެ. އަދި އެގޮތަށް ޓުއަރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި، މި 3 މަސް ނިންމާލީ ކޮންމެ މަހެއްގައި ވެސް ސަރުކާރަށް އާމްދަނީ ވަންނާނެކަމަށް ހީކޮށްގެން ތިބި ފައިސާއަށްވުރެ އިތުރަށް ފައިސާ ލިބިގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ވެކްސިނޭޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ގޮސް ނިމިއްޖެނަމަ އިތުރު ރަނގަޅު ފާލެއް ފެންނާނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް މަބްރޫކް ވިދާޅުވިއެވެ. 2020 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ އިގްތިސާދީ ހާލަތަކީ މިއިން އެއްވެސް ޒަމާނެއްގައި ރާއްޖެއިން ތަހައްމަލުކުރަން ނުޖެހޭ ވަރުގެ ދަތި އުނދަގޫ އިގްތިސާދީ ހާލަތެކެވެ. އެ އިގްތިސާދީ ހާލަތަކީ ރާއްޖޭގެ އިތުރުން ވެސް މުޅި ދުނިޔޭގެ އިގްތިސާދީ ހާލަތަށް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އައި ލޮޅުމުގެ ސަބަބުން އައި ހާލަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޓުއަރިޒަމް އެމްވީމިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު