Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޅ. އަތޮޅުން ފެނިފައިވާ ކޮވިޑް ކޭސްތައް

ޅ. އަތޮޅުން ފެނިފައިވާ ކޮވިޑް ކޭސްތަކާއި ގުޅިގެން ނައިފަރަށް ވާނީ ޓީމެއް ފޮނުވާފައި- މިނިސްޓަރ ނަސީމް

ޅ. ފެލިވަރުން ނެގި 104 ސާމްޕަލްގެ ތެރެއިން ނަތީޖާ ލިބިފައިވަނީ 88 ސާމްޕަލެއްގެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 31 މާރިޗު 2021 | ބުދަ 06:47
ޅ. ނައިފަރު

ޅ. ނައިފަރު

ޅ. އަތޮޅުން ފެނިފައިވާ ކޮވިޑް-19 ކޭސްތަކާއި ގުޅިގެން އެ އަތޮޅު ނައިފަރަށް މިހާރު ޓީމެއް ފޮނުވާފައިވާ ކަަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ޅ. އަތޮޅު ފެލިވަރުން ފެތުރުނު ކޮވިޑް ކްލަސްޓަރގެ ސަބަބުން ވަރަށް ގިނަ ކޭސްތަކެއް ފެނިފައިވާ ކަމަށާއި އެއީ ވަރަށް ގިނަ މީހުން މަސައްކަތް ކުރަމުންދާ ރަށެއް ކަމަށެވެ. އަދި މި ކްލަސްޓަރއާއިއެކު ކޮވިޑް ވަނީ އިތުރު އަތޮޅުތަކަށް ވެސް ފެތުރިފައި ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ނ. އަތޮޅާއި ށ. އަތޮޅު އަދި ބ. އަތޮޅުން ވެސް ކޭސްތަކެއް ފެނި ރިޕޯޓު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިކަންކަމުގައި ހަރަކާތްތެރިވާނެ ޓީމެއް ޅ. އަތޮޅަށް ފޮނުވި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޅ. ފެލިވަރުން ނެގި 104 ސާމްޕަލްގެ ތެރެއިން ނަތީޖާ ލިބިފައިވަނީ 88 ސާމްޕަލެއްގެއެވެ. މީގެތެރެއިން 66 ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު 22 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ 16 ސާމްޕަލެއްވާ ކަމަށް ޅ އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. މާޗު 24 ވަނަ ދުވަހުން ފެށިގެން ފެލިވަރު މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، ޕޮޒިޓިވްވި މީހުންނަށް ފެލިވަރު އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުން އަންނަ ކަމަށާއި، ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މިފްކޯއިން ވަނީ ހާމަ ކޮށްފައެވެ.

ހެލްތު މިނިސްޓްރީހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު